އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޔުނިޓް. -- ފައިލް ފޮޓޯ: މިހާރު
06 އޮކްޓޯބަރ 2023 - 23:39
މާލޭގައި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ޒަހަމްވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކު ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސްކަން އެނގިއްޖެ އެވެ.
އުމުރުން 74 އަހަރުގެ އަހްމަދު މަނިކު އެކްސިޑެންޓުވީ އިޝާ ނަމާދަށް ފަހު ސައިކަލްގައި ދަނިކޮށް ކާރެއްގައި ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ.
އަހްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕަ އެވެ.
ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި އަހްމަދު މަނިކުގެ ބޮލަށް އަނިޔާވެ އެތެރެއަށް ލޭ އެޅިފައިވާ ކަމަށް، އާއިލާގެ މީހަކު ބުންޏެވެ. އެކްސިޑެންޓުމުން އައިޖީއެމްއެޗަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު އޭނާއަށް މިހާރު ފަރުވާ ދެނީ އައިސީޔޫގަ އެވެ.
އެކްސިޑެންޓުވުމާ އެކު ހޭނެތުނު ގޮތަށް ހާލަތަށް އެއްވެސް ބަދަލެއް ނައިސް، މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާލެ އާއި ސިނަމާލޭ ބްރިޖް ހައި ވޭގައި ވެސް މިއަދު އެކްސިޑެންޓުތަކެއް ހިނގައި ޓްރެފިކަށް ވަރަށް ބާރު ބޮޑުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
07 October 2023
އެހެންނޫންތޯ ވާނީ، ފުލުހުން ނޫޅޭ ކަމެއް ހުއްޓުވާ، ރަނގަޅު ކުރާކަށް، މުޅި މާލޭގަވެސް ސިގިރެޓް ބޮމުން، ފޯނުންވާހަކަ ދައްކަމުން، އެމީހަކަށް ދުއްވުނު ވަރަކަށް ދުއްވުން އާދަވެއްޖެ، ޓްރެފިކް ފުލުހަކު މަގެއްމަތިން ނުފެނޭ،
ލިނބޯ
07 October 2023
ވަކި އުމުރަކުން ފެށިގެން އުޅަނދު ދުއްވޭ ގޮތް ހަދާއިރު ވަކި އުމުރަކާ ހަމައިން ނުދުއްވޭ ގޮތްވެސް ހަދަން އެބަޖެހޭ.
ވަހީދުބެ
07 October 2023
ކާރުތައް ސައިކަލު ލޭނަށް ވަދެ ދުއްވަން ފެށީމަ، ސައިކަލުތައް މިވަންނަނީ ކާރު ލޭނަށް... ސްޕީޑް 85 ގައި... ދެން ވިސްނާ.
މޮޅު ވާހަކަ ނުދައްކާ. ސައިކަލް ލޭން އަކީ މިހާރު ޕާކިން ޒޯން އެއް. އެމީހަކާ އެމީހެއް
07 October 2023
ނިއްޓޭ
ޙިމް.
07 October 2023
ހައިވޭ ގައި ކާރު ދުއްވަނީ ބާރު ސްޕީޑްގައި. ލޭން ބަދަލު ކޮށްލަނީ ހިތަށް އެރީމާ.