ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ: ރާއްޖޭގައި ކުރިން އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސް، ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2017 - 13:16
ރާއްޖޭގައި ކުރިން އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސް، ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި، ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ ގައުމުގައި އަމަން އަމާންކަން ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ.
"ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑެތި މަސައްކަތުގެ ސަބަބުން މީގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަތުވެއްޖެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ދަރުބާރުގެ އަށް ރައީސް ޔާމީން މިއަދު ވަޑައިގަތުމުން މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކުށް ކުރުމުގެ ހާލަތާއި ކުށުގެ ވެއްޓާ ބެހޭ ގޮތުން ރައީސް އޮފީހުން އިސް ނަގައިގެން ގައުމީ ޔުނިވާސިޓީން ހަދަން ފަށާފައިވާ ދިރާސާތަކުގެ ފުރަތަމަ ނަތީޖާތަކަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުށް ކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަހުދަތާއި އިސްލާމީ ހަޟާރަތާއި ދީނީ ރޫހު އާލާކުރުމުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މި މަޝްރޫއު ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވެފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް މިދިއަ އަހަރު ހާސިލް ކުރެވުނެވެ. ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގާފައިނުވާ ހަލުވިމިނެއްގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ސިފައިންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ: ރާއްޖޭގައި ކުރިން އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސް، ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
އެ ގޮތުން ރައީސް ވިދާޅުވީ އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައި އޮތް ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން ހުޅުމާލެ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމަލަކު އަދި އައްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހަމައެއާ އެކު، ށ. ކޮމަންޑޫ، ރ. މަޑުއްވަރީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ނައިފަރު، ދ. މީދޫ، ކުޑަހުވަދޫ އަދި އައްޑޫގައި އަޅާ 600 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ހަތަރު ރަށެއްގެ ބިން ހިއްކިއިރު، މި އަހަރު އިތުރު ތިން ރަށެއްގެ ބިން ހިއްކާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
07 February 2017
ގޭ ދޮރާއްޓަށް ވަޒަން އަރާއިރުވެސް ހަމަ އަމާން އޮމާން ދެއްތޯ
ތަކުރު
06 February 2017
ފިރުއައުނު ޒަމާނުގަވެސް މިގޮތަން ވަރަން އަމާންކޮން އޮތީ!
ޢަހުމަދު
06 February 2017
ޢަދުލު އިންސާފު މިލަފުޒު 1 ފަހަރުވެސް މުޅި ޚިތާބު ނިމުނު އިރުވެސް ޒިކުރު ނުކުރެވުނު.
ޖިްރީލް
06 February 2017
ޜަގަޅު ވާހަކަފުޅެއް އިންސާފުންބޭރުން ބައެއްމީހުނަށް އަދަބު ލިބުނަސް މަގުތައް އަމާންވެއްޖެ
ރޯޒް
06 February 2017
އަދި ދައުލަތުގެ ލާރިން ވައްކަން ކުރުން އިތުރުވެއްޖެ!
ޚާލިދު
06 February 2017
ދިވެހިން ހައިރާންކުރަން މީހާއަށް ނުކަތާވެރުގެ ބޮޑެތި ވައުދުތައް ހިފައިގެންއައިސް އެންމެ ވައުދެއްވެސް ނުފުއްދި 3 އަހަރުވީއިރު ހަމަރަނގަޅަށްވެސް ބޯގޮވައިފި ދޯ
ބުލޫސްފީލިންގްބުލޫ
06 February 2017
ފުރަތަމަ ފޮޓޯއިން ފެންނަ ކުދިންކޮޅި ކުލަބަރިތަކުން ޒީނަތްތެރިކުރެވިފާވާނަމަވެސް މޫނުމަތިން ފެންނަނީ މާޔޫސްކަން. އެއީ އަނެއްކާ ކިހިނެއްވެގެންބާ؟
ސިދާ
06 February 2017
ބަޢާވާތް ކުރުމަކީ ހާދަހާވާ ނުބައި ކަމޭ. ކުރީ ސަފުން ތިފެންނަ މޫނުތަކުން އެ ހަދާން އާވޭ.މ
ދޮގު
06 February 2017
ބިރުވެރިކަމާ ނައަމާންކަން އަދި އަޅުވެތިކަން މަގޭ ހަޔާތުގައި މަށަށްމިކުރެވެނީ ހަމަ މި ސަރުކާރުގައެވެ. ފަހަރެއްގައި ތިއަމާންކަން އޮތީ ގުދުވެގެން އާދެ ލައްބަކިޔަމުން ހިނގާ މީހުނަށްވެދާނެއެވެ. މަށަކީ އެއްވެސް އިރަކު ވެރިޔަކު ކުރިމަތީ ގުދުވި މީހެއްނޫނެވެ. އިރާދަކުރެއްވިއްޔާ ނުވެސް ވާނަމެވެ.
ރަހުމަތު ފަވާޒު
07 February 2017
ސާބަސް ދޮގު.. މަވެސް ހަމަ ތިގޮތުގަ
އަލިކަތީބު
06 February 2017
މަންޒަރު ވަރަށް ސާފް، ކުރީބަރީގަ ސިފައިންނާއި ފުލުހުން ބޮޑެތި ކުލަބަރި އަރުވާފަ. "ބިރުވެރކަމާ ނާމާންކަމަށް ހައްލު އަތުވެއޖެ".