08 އޮކްޓޯބަރ 2023 - 07:26
މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު މާލޭގައި ހިނގި އެކްސިޑެންޓުގައި ވަަރށް ބޮޑަށް އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހުމަދު މަނިކު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި އަހުމަދު މަނިކު ނިޔާވީ، އެ ރެއިން ފެށިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އެޅުމާ ގުޅިގެން ޑޮކްޓަރުން އަޮތީ އުންމީދު ކަނޑާލައިފަ އެވެ. އެކްސިޑެންޓަށް ފަހު އޭނާގެ ހޭ ނާރަ އެވެ.
އަހުމަދު މަނިކު ކާރެއްގައި ޖެހ އެކްސިޑެންޓުގައި މަޣުރިބު ނަމާދަށް ފަހު ގެ އަށް ވަޑައިގަންނަވަނިކޮށް، ބޮޑުތަކުރުފާނު މަގުން ޗީބޯ ރެސްޓޯރަންޓުގެ ކުރިމަތިންނެވެ.
ގދ. ގައްދޫ ރޯސްމާގޭ އަހުމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމިތުގެ ވެސް ބައްޕަ އެވެ.
އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންވިދާ
09 October 2023
އަހްމަދު މަނިކްއަކީ ވަރަށް އޯގާތެރި ހެޔޮ ބޭފުޅެއް
ހެޔޮއެދޭ
09 October 2023
އިސްލާމް ދީން މަތީ ފައިތިލަ ސާބިތުކޮށްގެން ހުންނެވި ވަރަށް ހުލްގު ހެޔޮ، ތެދުވެރި، އިހްލާސްތެރި، އަޒުމް ވަރުގަދަ، ގަދަފަދަ ޝަހުސިއްޔަތެއް. ދުއާއަކީ ސުވަރުގޭގެ އެންމެ މަތިވެރި ބަގީޗާގައި ލެއްވުން. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މަރީީ
08 October 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މައްޔިތާގެ ފާފަ ފުއްސަވައި ކައްވަޅުގެ ޢަޒާބުން މިންޖުކުރައްވާށި. އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމިން.
ކީކޭ ބުނާނީ
08 October 2023
ކީއްވެތަ އެކާރު ދުއްވަން އިން މީހާ ހައްޔަރު ނުކުރަނީ މިވަރުންވެސް. މީގެ ދުވަސްކޮޅެއް ކުރިންވެސް މީހަކު މަރުގެ ތުންފަތް މައްޗައް ދުއްވާލީމަވެސް ހައްޔަރުކުރީ މީހުން ސޯސަލް މީޑިޔާގަ ރުޅިއަރައިން އެހެން ކީމަ. އަނެއްކާ ދޫވެސްކޮށްލައިފި. ދައުވާއެއް ނުކުރި.
ސުލް
08 October 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މަމަސ
08 October 2023
ނަމާދުން ނިމިގެން ދަނިކޮށް. ރަނގަޅު މަރަކަށް ވާނެކަމަށް އުންމީދުކުރެވޭ. ފާފަ ފުއްސަވައި ސުވަރުގެ ދެއްވާށި
މާޝިތާ
08 October 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އިންޞާފު
08 October 2023
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މި މަރަށް އިންޞާފު ލިބެންޖެހޭ. ކާކުގެ މައްސަލައަކުން ތޯ
ބްރޯސް
08 October 2023
ފުރާނަ އަތައް ލައިގެން ޒިބްރާ ކްރޮސިންގ މަތިންވެސް ހުރަސް ކުރަންޖެހެނީ.. އަނެއް ދުވާރާ ހަމަޔައް ދެވޭނޭކަމުގެ އުންމީދެއް ނޯވޭ. މަގުހުރަސް ކުރަން ކިތަންމެ އިރަކު ހުއްޓަސް ދުއްވާއެއްޗެއް މަޑެއް ނުކުރޭ. މަޑުކުރާ މީހާވެސް އެހެން އެއްޗެހި މަޑު ނުކުރާތީ ނުހިންގިގެން ދާންޖެހޭނީ. އުސޫލު މިއޮންނަނީ ހިނގައިގަތީމާ ދުއްވާ އެއްޗިހި އެމީހާ ވަށާ ދާގޮތަށް. މިހެން ދާއިރު އަންނައެއްޗެއްގަ އިން މީހަކާ ހަތަރު ކަޅި ހަމަކޮށްފިއްޔާ އެކްސިޑެންޓު ވުންގާތީ.