އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 އޮކްޓޯބަރ 2023 - 14:52
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްގުން އެދި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.
ފަލަސްތީނަށް އިޒްރޭލުން މިހާރު ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ގުނޫތު ކިޔަން އެންގީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް އޭރު ގުނޫތު ކިޔަން އަންގާފައި އޮތީ ރޭގަނޑުގެ ނަމާދުތަކުގައި އެކަންޏެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ކިޔަން އެދިފައިވެ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.
އެ ހަމަލާތަކުގައި ރޭ ވަނީ ގާޒާގެ އުތުރުކޮޅުގައި ހުންނަ މައުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، އެތައް ހާސް ބަޔަކު ޒަހަމްކޮށްލައިފަ އެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
19 October 2023
ގުނޫތު ކީކިހާވަރެއްގެ އެއްޗެއްކަން އަޅު ގަނޑަކައް އެހާބޮޑައްނޭގޭ އެމަކު ރޯދަމަހު ފަހުދިހާގަ ދުއްވާ އިޖާބަ ކުރައްވާ ރެއެއްލެއްވިކަން އެއްޔައްވުރެ ބޮޑައްއެގޭ! ވީއިރު މަލަސްތީނު މީހުން ހާލަތުން އަރައިގަނޭތޯ މިދިއަ ރޯދަމަހު ކިތައް މީހުން ދުވާކުރިބާ؟ ނުކުރަންޏާ ރޯދަމަސް މިއޮތި ޖެހިފަ ފަހުދިހާގެ ހުރިހާރޭކުރީމަ އެދުވާހާ ދިމާވެ ފަސޭކަމާއެކު ތިކަން ނިމިދާނެ
މިވަރެއްނެތް
18 October 2023
ތިޔަފަދައިން ބަރުމާ، ޗެޗްނިޔާ، ޗައިނާ އަދި އިންޑިޔާގެ މުސްލިމުންނާއި މެދުކުރާ ލާއިންސާނީ އަމަލާއި ދެކޮޅަށްވެސް ގުނޫތުކިޔާ، ދުއާކޮށް އަދި ޗަންދާ އެއްނުކުރަނީ ކީއްވެބާ؟
މާހިރު
19 October 2023
ފަލަސްތީނުގައި މިވަގުތު އޮތީ ތިވިދާޅުވި ތަންތާގައި އޮތްފަދަ ޙާލަތެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލައްވާށެވެ. ހުކުރު ޚުތުބާ ތަކުގައިވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ރައްކާތެރިކަމަށްއެދި ދުޢާ ކުރާކަން ފާހަގަ ކުރެވެއެވެ.
ވަން މޯ
18 October 2023
ހެޔޮނުވާނެ އިސްލާމް ދީނުގަ ވާގޮތަށް ކަންކަން ކުރަން އުޅެބަލަ.
ކިނބޫ
19 October 2023
އިސްލާމް ދީނުގަ އޮތީ ކޮން ގޮތެއްތޯ ޝައިޚުލްއަކްބަރު؟