މުއިއްޒު މީގެކުރިން ބޭއްވި އިންވެންޓެއްގައި ވާހަކަފުޅު ދައްކަވަނީ: ކެމްޕެއިން ޓީމްތަކަށް ޝުކުރު އަދާކުރެއްވި
19 އޮކްޓޯބަރ 2023 - 22:02
ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރިއަށް އޮތީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި އެ މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެ، އެކުވެރިކަމާ އެކު ކުރިއަށް ދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ހަރަކާތްތެރިވި މާލެ ސަރަހައްދުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވަން ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެ ޓީމުތަކުން ކުރީ ވަރަަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެ.
"ތިޔަބޭފުޅުން ކުރެއްވީ ބުރަ އިހުލާސްތެރި ގައުމީ މަސައްކަތެއް. އެކަމަށްޓަކައި ޝުކުރުވެރިވަން. ގައުމު މިއަދު އޮތް ހާލަތުން ދިވެހިންގެ ރާއްޖެ އަށް ގެންދަން ތިޔަ ކުރެއްވީ ވަރަށް ވަރުގަދަ ގައުމީ މަސައްކަރެއް. ތިޔަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ފުރުސަތު ލިބިގެން މި ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
"ގައުމީ މަސައްކަތުގައި ބައިވެރިވި އެކި ފެންވަރުގެ އެކި ގިންތީގެ ހުރިހާ މަގާމެއްގައި ތިބި މީހުން ޝާމިލުވާ ގޮތަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
"ގައުމީ މަސައްކަތުގައި ބައިވެރިވި އެކި ފެންވަރުގެ އެކި ގިންތީގެ ހުރިހާ މަގާމެއްގައި ތިބި މީހުން ޝާމިލްވާ ގޮތަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ކަމެއް ހާސިލް ކުރުމަށް ވުރެ، އެކަމެއް ދެމެހެއްޓުމަކީ މާ އުނދަގޫ، ބުރަ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު އެދެނީ ކެމްޕެއިންގައި ދެއްކެވި އެކުވެރިކަން އެ ގޮތުގައި ދައްކަން. ގައުމު ސަލާމަތް ކުރުމަށް ނުގުޑާ ވަރުގެ އަޒުމެއްގައި ކުރިއަށް ދާން. ކުރިއަށް މި އޮތީ ވަރަށް ހާއްސާސީ ދުވަސްތަކެއް. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް."
ކެމްޕެއިން ޓީމުތަކާ އެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހުލާސާ ރިޕޯޓް ވަނީ މުއިއްޒުގެ އަތްޕުޅަށް އަރުވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިހާރު އަނަނީ ތައްޔާރީތައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޝާން އިބްރާހީމް
20 October 2023
އެންމެން އެކަތިގަނޑަކަށްވެ މުއިޒް ވެރިކަމަށް ގެނައީ. ހަމަ އެންމެ އެކަތިގަނޑަކަށްވެ މިތިބީ މުއިޒް އާ އެކީ މިގައުމު ކުރިއަރުވަން
އަސްޖަދު
20 October 2023
ގައުމުދެން އޮތް ހަރުފަތަށް ގެންދަން މުއިޒް ވަރު ވެރިއެއް ނޯންނާނެ
ކޮރަލް
20 October 2023
މަސައްކަތް ކުރަން ޖެހެނީ އެކަތި ގަނޑަކަށް ވެގެންނެވެ. އެކަމު ހިންގާފަ ހުރި އެތައް ބިލިއަން ރުފިޔާ އެއްގެ ކޮރަޕްޝަންގެ މައްސަލަ ތައް ނުބަލާ ރާއްޖެ އަށް ފާގަތި ކުރި އެރުމެއް ނެތެވެ. މައްސަލަ ތައް ނުބަލާނަމަ މުއިއްޒު ސަރުކާރުގަ ހުންނަ ބަޔަކުވެސް އުސޫލުން ބޭރުން ކަންކަން ކުރަން ފަހެއް ނުޖެހޭނެ އެވެ.
އަސްރަފަ
20 October 2023
މުއިޒަށް އިތުބާރު އެބައޮތް. އެހެން ނަމަވެސް ރޔ އަށް ދެރަ ގޮތެއް ހަދާފިއްޔާ ހަނދާން ކުރާތި އަހަރެމެން މިސަރުކާރު ނިންމާނަން. މުއިޒަށް ވޯޓްލީ މީހެއްގެ ހައިސިއްޔަތުން ބުނެލީހަމަ
ކަލޯ ދެންޖެހޭނީ ތެޅިތެޅި ހުންނަން
20 October 2023
އަޝްރަފަކަށް ދެނެއް ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނެތެވެ. ޑރ. މުޢިއްޒާއި އަދުރޭ ދެމި ގުއިރޯނުގައި ޖެހި، ތިހުރީ ވޯޓު ދީފައެވެ. ހުވާ ނުކުރެއްވެނީސް މިހާރު ވެސް އެ ނިކުންނެވީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާށެވެ. ދެން ރ. ޔާމީނަށް ވާނެ މޮޅެއް އެބައޮތް ހެއްޔެވެ؟ ޑރ. މުޢިއްޒު 10 އަހަރު ނިންމަވައިފިއްޔާ ރ. ޔާމީން ގެ ޢުމުރުފުޅު 70 އިން މަތިވާނެ އެވެ. އޭރު އެމަނިކުފާނުގެ ނަފްސާނީ ޙާލަތާއި، ޖިސްމާނީ ޙާލަތު ހުންނާނީ ކިހިނެއްކަމެއް ލަފާ ކުރަންވެސް ދައްޗެވެ.
ޒިންދާބާދް
20 October 2023
ދެން ރައީސް އަކީ މަނިކްފާނަށް ވީތީ މިތިބީ މަނިކްފާނަށް ހެޔޮވެރިކަމަކަށް މަގުފަހިކޮށްދޭން އަތާއަތް ގުޅާލައިގެން. އަދިވެސް އެއްފަހަރު ދަންނަވަން "ހެޔޮވެރިކަމަކަށް"
ވވވވ ވާހަކަ
20 October 2023
ރައީސް ޔާމީން އަށް ދެރަގޮތެއް ހަދާފިއްޔާ ނުދޭނަން މަޖިލިސްގެ މެޖޯރިޓީއެއް
އަފްރާސިޔާބު
20 October 2023
ކަލޭތަ މެޖޯރިޓީ ދެނީ؟ ކަލޯ ދެރަގޮތެއް މޮޅުގޮތެއްވާންވެސް އެހުރީ ހުކުމެއްގައި ތާށިވެފައި. ޑރ. އަށް ކޮށްދެވޭނީވެސް ގާނޫނުގެ ތެރެއިން އޮތްކަމެއް.
ކަލޭމެން ދޭނެ
20 October 2023
އަނެއްކާ ވެސް ނިކުންނާނީ ރ. ޔާމީން ގެ ފޮޓޯފުޅު ހިއްޕަވައިގެންނެވެ.
ސިލްމާ ޒާހިރު
20 October 2023
މައިބަދައިގަ ރިއްސާ ކަމަށް ވިދާޅުވެ ޑޮކްޓަރުންގެ ލިޔުން ހުށަހަޅައިގެން ރައީސް ޔާމީން ހުންނެވީ ގެކޮޅުގައި. އެއީ ޑރ. މުޢިއްޒު ކުރެއްވި އަދި ކުރެއްވޭނެ ކަމެއް ވެސް ނޫން. އޭގެ ފަހުން ފެނުނީ ރައީސް ޔާމީންގެ ފޮޓޯފުޅު ކީހާ ވައްޓާލެއްވިތަން. މިހާރު ބައްދަލުވުންތައް ސޯޝަލް ސެންޓަރަށް ބަދަލުކުރީ. ރައީސް ޔާމީނަކަށް އެއްވެސް ހެވެއް އެދޭ ބޭފުޅެއް ނޫން ޑރ. މުޢިއްޒަކީ!
އަފްރާސިޔާބު
20 October 2023
އަހަރެން ނުދެކެން ކުށްވެރިއަކުގެ ބޮޑު ފޮޓޯ އެއްޖަހައިގެން ވޯޓާ ހަމަށް ދިޔަމީހަކު. ސިޔާސީ ކުށްވެރިއަކު ނަމަ އޯކޭ. އެކަމަކު މަކަރާހީލަތް ހަދައިގެން ރައްޔިތުންގެ ފައިސާބފޭރުނު މީހެއްގެ ފޮޓޯވީމާ މައްސަލައަކީ. އަދުރޭމެންނަށް މިހަގީގަތް ވަރަށްރަނގަޅަށް އެނގޭނެ. އަދުރޭ ދޫނުކުރާތި. ވެރިކަމަކީ މާލޭގެ ހަތަރު މަތިފުށުގެ ކަމެއްނޫން ރާއްޖެތެރެއަށްވެސް ވެރިކަމުގެ މީރުކަން ލިބެންވާނެ. ގިނައީވެސް އެބައި މީހުން.
އެފުރުސަތުބެޔާ
20 October 2023
ކަލެއަށް ނުފެނުނަސް ދުނިޔެއަށް ފެންނަވަރުގެ ޕޯސްޓަރުތައްހުރީ މުޅި ދިވެހިރާއްޖޭގަ ހިއްޕާފަ..އަދިވެސް އެފޯޓޯތައެބަހުރި ހަރުކުރިގޮތަށް..ކުއްވެރިޔަކަަސް ވަގަކަށްވިޔިސް ދިވެހިންގެ ހިތްތަކުން ރޔާމީނަށްދީފައޮތް ލޯތްބާ އިޙުތިރާމު މުއިއްޒުއަށް ލިބުނު ވޯޓެލިބުނީ..އަސަރުކުރިޔަސް ރޔާމީންގެ ނަމެފަޑުނުކުރެވޭނެ..މޑޕއަށްވީގޮތް ނުވަނީސް ހަމަބިމަށް ތިރިވާންޖެހޭ ވެރިކަންކުރަން..ޕނސއަކީ ރޔާމީންއުފެއްދު ޕާޓީއެއް މުއިއްޒުއަށް ފުރުސަތުލިބުނީ ރޔާމީންދިނީމަ.
ޑަބަލް ޓޭޕް
20 October 2023
ކުރިޔަށް ހުރި ދުވަސްތައް އުފާވެރިއަމާންކޮށް އެއްބައިވަންތަ ކުރަންބޭނުންނަމަ ޝުކުރުގެލިސްޓްގަ ރޔާމީންގެ ކިޔާލަން ހަދާންނުނެތޭނެ.އަހަރެމެން ހަދާން ނުނެތޭނެ ރޔާމީންގެ ނަމެއް.މަނިކުފާނު ހިމެނޭ ޕނސގެ ލީޑަރަކީވެސް ރޔާމީން ޕޕމގެ ލީޑަރަކީވެސް ރޔާމީން ޕާޓީގެ ލީޑަރަށް ޝުކުރިއްޔާ ބުނަން ނުކެރި ވެރިކަންކުރަން ދިމާކުރުމުން ކިހިނެތް އެއްބައިވަންތަ ވާހަކަދެއްކުމުންތިއީ އިޙުލާސްތެރިއެކޭ ބުނާނީ. މުއިއްޒު މަނިކުފާނު މިހާރުވެސްތިދަނީ ތަފާތުކުރަމުން ހުވާނުކުރެވެނީސް
ޔާމީގެ ފަހުވާސަމން
20 October 2023
އެހެން ބަޔަކު ވެރިކަމުގަ ތިބިނަމަ، ގައުމު ކާފަރުވީ، ބޭރުސިފައިން އަރާ ގައުމު އަޅުވެތިކުރީ، ރައްޔިތުން ތެރޭ ފިތުނަ އުފައްދަން ނުދައްކާނެ ވާހަކައެއް ނުކުރާނެ ކަމެއްނެތް،، މުއިއްޒުމެނަށް ރަގަޅަކަށް އަހަރެން ޕނސ އަށް ވޯޓުނުދިނީ ތިބޭފުޅުން އަދިވެސް ތިބެންޖެހެނީ އިދިކޮޅުގަ ތިބެ ތަހުޒީބު ގައުމު ތަކުގަ އިދިކޮޅުގަ ތިބެ. ކަންކުރާ ގޮތުގެ ތަޖުރިބާއާ ޕްރެކްޓިސް ލިބިގަތުމުގަ، ލަފާ ވެރިކަމެއް ދެވޭނީ މިގޮތުގަ 20 ވަރަކަށް އަހަރު އަދި އިދިކޮޅުގަ ޕނސ ތިބެގެން
ތަކުރުބެއްޔާ
20 October 2023
ޕީޕީއެމް ގެ ކެމްޕޭން ޓީމްތަކާ ބައްދަލު ކުރި އިރު ޔާމީން ގެ ނަމެއް ވެސް ނުކިޔާ. ޙޮވުނީ ޔާމީން ގެ ބޮޑު ފޮޓޯ އެއް ރައްޔިތުންނަށް ދައްކައިގެން. ޖަލްސާތަކުގައި ޔާމީން ގެ ނަންޖަހާފައި ހުސްގޮޑިއެއް ބަހައްޓައިގެން. ޙޮވުމާ އެކު އެ ހުސްގޮޑިވެސް ގެއްލިއްޖެ.
އަފްރާސިޔާބު
20 October 2023
ކަލޯ އެއީ މޮޅު މީހުން ކަންތައްކުރާ ގޮތް. ކަލޭމެންނަށް ފަހުމުވާނީ ކަންނިމުނީމާ. އެއިރުވެސް އަހަރެން ބުނީމު އެއީ ވަގުތީ ކަމެކޭ. އަދިވެސް ކިޔާ ރާއްޖެ ތެރޭ މީހުންގެ 5 ކުޅަދު މަދުވާނެޔޭ. އަސްލުގައި ޔާމީނު ޕާޓީގެ ވެރިކަމެއްނޫން މިއީކީ. ޕީއެންސީގެ ވެރިކަމެއް. ރައީސާއި ނާއިބް ރައީސަކީވެސް ޕީއެންސީގެ މީހުން. ޕޕމ އަށް އެގޮނޑިވެސް ގެއްލުނީ. އެގޮނޑި ދެން ނަގާނީ ޕނސ އިން. ދެން ތިބި މީހުންވެސް ގެންދާނެ. އެނޫން ގޮތެއްނެތް.