އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާއެއްގައި، ރައީސާއެކު ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 އޮކްޓޯބަރ 2023 - 11:07
ސަރުކާރުގެ އިދާރާތަކުން އިންތިޒާމްކުރާ ހަރަކާތްތައް ސިއްހީގޮތުން ދުޅަހެޔޮ ހަރަކާތްތަކަށް ގެންދިއުމަށް ބާރު އަޅައި އެޗްޕީއޭ އިން ގައިޑްލައިނެއް ހަދައިފި އެވެ.
އެ އެޖެންސީން މިދިޔަ އޮގަސްޓް މަހު ނެރުނު ގައިޑްލައިން ވަނީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބާއްވާ ކުޅިވަރާއި ފެއާތަކާއި މިއުޒިކް ޝޯތަކާއި މުބާރާތްތައް އަދި ޖަލްސާތަކާއި އެއްވުންތައް ބާއްވާއިރު ސަމާލުކަންދަން ދޭންޖެހޭ ކަންކަން ހިމަނައިފަ އެވެ.
އެ ގައިޑްލައިން ބަހާލާފައިވަނީ މައިގަނޑު ތިން ކަމަކަށެވެ. ފުރަތަމަ ބައިގައި ހިމަނާފައިވަނީ ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓުކުރުމަށް ދުންފަތުގެ ބާވަތްތައް އިސްތިހާރު ނުކޮށް، ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ފައިދާހުރި އެއްޗެހި އެ ހަރަކާތެއްގައި ބެހެއްޓުމަށް ލަފާދީފަ އެވެ.
ދެ ވަނަ ކަމަކަށް، ތިމާވެއްޓާއި ސާފުތާހިރު ކަމަށް އިސްކަންދިނުމެވެ. އެގޮތުން، ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް އިސްކަންދިނުމަށް ގައިޑްލައިންގައި ހިމަނާފައިވެ އެވެ.
އެޗްޕީއޭއިން ވަނީ އެކްސިޑެންޓުތައް ނުވާނެ ގޮތަށް ރައްކާތެރިވުމާއި ފަސްޓް އެއިޑް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އަންގައިފަ އެވެ.
ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް، އެކަން ހާސިލްކުރުމުގެ ބޭނުމުގައި ސަރުކާރުން ބާއްވާ ހަރަކާތްތަކުގައި ސިނގިރޭޓް ބޯން ހުސްވަގުތު ދިނުމުގެ ބަދަލުގައި ކަސްރަތުކުރުމަށާއި ފެނާއި ނަމާދު ކުރުމަށް ބްރޭކް ދިނުމަށް އެޗްޕީއޭއިން އެދިފަ އެވެ.
އިވެންޓުތަކުގައި ސިއްހަތަށް ފައިދާ ހުރި ކެއުމާއި ބުއިންތައް ހުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ. ހާއްސަކޮށް ފެނާއި މޭވާ ބަހައްޓަން ޖެހެ އެވެ. އޭގެ އިތުރުން، އެނާޖީ ޑްރިންކާއި ފޯކާއި ސުޕާރި އަދި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ސޮސެޖް ފަދަ ޕްރޮސެސް ކޮށްފައި ހުންނަ މަހާއި ޖަންކް ފުޑާއި ތެލާއި ހަކުރު އަދި ލޮނު ގަދަ ކެއުންތައް ވެސް އެ ފަދަ ހަރަކާތްތަކުގައި ނުބަހައްޓަން ގައިޑްލައިންގައި އެދިފައި އެވެ.
އެޗްޕީއޭއިން ވަނީ ޓްރެއިނިން ހަރަކާތްތަކާއި ގިނައިރު އެއް ތަނެއްގައި އިށީނދެގެން އިންނަ ނަމަ ކަސްރަތުކުރުމަށާއި ސްޓްރެކްޗް ކުރުމަށް ހުސްވަގުތާއި ފުރުސަތު ދިނުމަށް އަދި ކޮންމެ 30 މިނެޓާއި އެއް ގަޑިއިރުން ކޮޅަށް ތެދުވެ، ހަރަކާތްތެރިވުމަށް ވެސް އެ އެޖެންސީގެ އުސޫލުގައިވެ އެވެ.
އެޗްޕީއޭއިން ވަނީ އެ އެޖެންސީގެ ގައިޑްލައިނަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އަމަލުކުރުމަށް އެދިފަ އެވެ. އަދި އެ ގައިޑްލައިންގައިވާ ކަންކަން ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން މޮނީޓާކުރައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށް، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓުކުރަން އުފައްދާފައިވާ އެޖެންސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހެބޫބު
24 October 2023
އެޗްޕީ އޭގެ ޙަރަކާތެއް ނެތް ހަފްލާ ތަކުގަ ފާޚާނާ ކުރާނެ ގައިދް ލައިނެއް ނެތި ކަމަކު ނުދާނެ
ޢަލީ ބަލީ
23 October 2023
ވަރައްދެރަ ދެން ޖަލްސާއައްދިޔައީމަ ލިބޭނީ އާފަލު ފަޅިއެއްކަންނޭގެ
ޒިލޭބީ
23 October 2023
"ފުޑް" ކަހަލަ އެއްޗިހި ރަނގަޅުވާނެ ނޫންތަ؟
ޖަމޯ
25 October 2023
ޒިލޭބި ރަނގަޅު ވާނެ
ދޯޕައްޓާ
23 October 2023
ތިތާގެ މުވައްޒަފުންގެ މަސައްކަތު ވަގުތު އެލޮކޭޓު ކުރެވެނީ ކޮން މިންގަނޑަކަށް ބަލާފަތޯ. ގައުމުގެ ހެލްތު ފުރޮޓެކްޝަން ކަންކަމުގަ ތިތަނުން ކުރާނެ ނުކުރާނެ ކަންކަމުގަ އިސްފަސްކުރެވިފައޮތް ތަރުތީބެއް އެބައޮތްތަ.
މުޑަހަންޖާ
23 October 2023
އިރުވައިގަ ރަތްދަކައަވީގަ މަދުރަސާކުދިން ދުވާލުދާ ހަތަރުދަމު އަވީލައިގެން ކުރިކެޓޭ އެކިޔާ ސަކަރާތެއް ޖެހުން މަނާކުރަނީ ކޮންއިރަކުތޯ. ރާއްޖޭގައި ކުރިކެޓު އެއީ ކުޅެވިގެންވާނެ ކުޅިވަރެއްނޫނޭ. އީކުއޭޓާ މެދޭމީ.
ދަރި
23 October 2023
ހޭބުއްދި ޖެހޭ ހާލަތުގައި ތިބޭ ވެރިން ތަންތަމުގެ ވެރިންނަށް އިސްކުރަން ޖެހޭ. އެޗް.ޕީ.އޭ ހިންގަނީ ބުއްދި ހަމަޖެހޭ ކަމަށް ޤާބިލު މީހެއް ނޫންކަން މިފަދަ ކަންކަމުން ދޭހަކޮށް ދޭ.
ދަތްކޮޅު ފައިބާ ވާރުވޭ
23 October 2023
ތިޔަކަހަލަ ގައިޑުލައިން ނުނެރެ ކަލޭމެން ތަންކޮޅެއް ޒިންމާދާރު ކަންކަން ކުރަން ވެއްޖެނުން! ކަލޭމެން ނޭނގޭކަމަށް ހަދައިގެން ތިޔަ ތިބޭ، ނުރައްކާތެރި ކެމިކަލްތައް ޖަހައިގެން ހައްދައިގެން ގެންނަ ތަރުކާރީއާއި މޭވާ ބާޒާރުން ހުއްޓުވިއްޔާ ވާނީ ކީތް! އަދި ކޮބާ، ފިނިކޮށްފައި، މާރުކޭޓުގައި ބަހައްޓައިގެން ނުވިކޭ ބައި އަނެއްކާ ފިނިކޮށް މިގޮތަށް ހައެއްކަ ފަހަރު ހަދާ ކުނިކޮށްފައި ރައްޔިތުން ވިއްކާ މަސްތައް! މިކަހަލަ ކަންކަން ހުއްޓުވިއްޔާ މާ ރަނގަޅެއް ނުން! ތިޔަކަހަލަ ގައިޑުލައިން ގޫގުލްކޮށްގެން ކޮންމެ މީހަކަށް ވެސް ހެދިދާނެ!
ލޮލްޒް
23 October 2023
ސިއްހަތައް ފައިދާހުރި ކާނާ 200-300 މީހުންގެ އިވެންޓަކަށް ކޭޓަރ ކުރަން ކޮބާ ބަޖެޓް؟ ސޮސެޖް ރޯލް އާއި ތެލުލި ހެދިކާ ކިރިޔާ އަތްފޯރާ ފަށުގަހުރީ. #ކްރައިސްއިންޕުއަރ
ހުސޭ
23 October 2023
ދެން ތިވާހަކަ ދައްކާވަފަވެސް..،، މިސަރުކާރުން ދެން އޮތް އަހަރަށް އަމީރު ބަޖެޓު ހުށައަޅާއިރު ފިތްކަނޑައިގެންދާވަރުގެ އަދަދު ތައް ޖަހާލާފަ އަސްލަމް ދެން މިބުނަނީ ފެނަކަޔާއި އާރުޑީސީއަށް ލައްވާފަ ތޮބި އެކްޓިވިސްޓުން ކަނޑާލާގެން ނުވާނެޔޯ؟ އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ބޭތިއްބޭނެ ގޮތެއް ހޯދަނީ އުތަ؟؟؟؟
ފެމެލީ މީހާ
23 October 2023
ފެމެލީއަށް ޓައިމް ދިނުން ނެތީ ކީއްވެ؟