ފ. މަގޫދޫން ހިއްކާފައިވާ ސަރަހައްދު: މަގޫދޫގެ އިހުތިސާސުން އެއާޕޯޓް އަޅާ ސަރަހައްދު މިހާރު ވަނީ ވަކިކޮށްފައި.-- ފޮޓޯ: މިހާރު
24 އޮކްޓޯބަރ 2023 - 13:06
ފ. މަގޫދޫގައި އެއާޕޯޓް ހަދާ ސަރަހައްދު އެ ރަށުގެ އިހުތިސާސުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަކިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތުގެ ދަށުން މަގޫދޫގެ އިދާރީ އިހުތިސާސުން، އެ ރަށުގައި އެއާޕޯޓް ހަދާ ސަރަހައްދު ވަކި ކުރި ކަމަށް ރައީސް ކަނޑައެޅުއްވި ގަރާރު ރައީސް އޮފީހުން އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.
ރާއްޖޭގައި ހުރިހާ އެއާޕޯޓެއް ވެސް ހިންގަމުން އަންނަނީ ކުންފުނިތަކާ ހަވާލުކޮށްގެން، އެ އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސުން ވަކިކޮށްގެންނެވެ.
ފ. މަގޫދޫގެ އިހުތިސާސް ކަނޑައެޅި ގޮތް.
އެމްޓީސީސީއާ ހަވާލުކޮށްގެން މި ސަރުކާރުން ހަދަން ފެށި މަގޫދޫ އެއާޕޯޓްގެ މަސައްކަތަށް އެ ރަށުން 30.8 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ. އަދި އެހެނިހެން ބޭނުންތަކަށް 17 ހެކްޓަރުގެ ސަރަހައްދެއް ހިއްކި އެވެ.
ބިން ހިއްކުމަށް ދައުލަތުގެ ބަޖެޓުން 207 މިލިއަން ރުފިޔާ ހަރަދުކުރި އިރު، އެއާޕޯޓް ހަދަން 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
24 October 2023
ކުދި ރަށްތަކުގެ ބިންތަކުން ބޮޑު ބައެއް ހަފްތާއަކު އެއްފަހަރު އަންނަ ފްލައިޓެއް ޖައްސަން އެއާޕޯޓް ހެދުމަކީ ހާދަ ބޭކާރުކަމެކޭ. އޭގެ ބަދަލުގައި ކޮންމެ ރަށެއްގެ ބަދަރާއިއެކު ސީޕްލޭން ޓާމިނަލެއް ހަދައި ސީޕްލޭން އޮޕަރޭޓް ނުކުރަނީ ކީއްވެބާ؟
ހޯރަބޯރަ
24 October 2023
"ރާއްޖޭގައި ހުރިހާ އެއާޕޯޓެއް ވެސް ހިންގަމުން އަންނަނީ ކުންފުނިތަކާ ހަވާލުކޮށްގެން، އެ އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސުން ވަކިކޮށްގެންނެވެ." ހޯރަފުށީގައި ހެދި އެއަރޕޯރޓް މެނުވީއެވެ. އެމް.ޕީ އާއި ހޯރަފުށީ ކައުންސިލްގެ "ބިޔަ" އިހްތިސާސްގައި އަދިވެސް އެެ އެއަރޕޯރޓް ހިިމެނިގެން ވެއެވެ.
ކޮރަލް
24 October 2023
ރަށެއްގަ އެއަރޕޯޓް ނޫނީ ކައިރީ ރިސޯތޓް އެއް ހަދާނަމަ ރަށ ކައުން ސިލްގެ ބާރު ދާނެ އެވެ. ދެން ހުރިހާ ފައިސާ އެއް އަންނާނީ މާލެ އަށެވެ. ރަށު ކައުންސިލް އަށް އެއަރޕޯޓް އެއް ހެދި އަސް ވާފައިދާ އެއް ނެތެވެ. އެއަރޕޯޓް އިން ރަށައް އަރާ ބަޔަކު ބޮޑޫ މަގުން ޖެޓީއަށް ގޮސް ލޯންޗް ގަ އެހެން ރަށަކަށް ނޫނީ ރިސޯޓް އަށް ދާނެ އެވެ.
ހާސަރު
24 October 2023
ޑޮމެސްޓިކް އެއްވެސް އެއަރޕޯޜޓަކުން ފައިދާއެއްވާނަމަ ތިޔަވާހަކަ ދައްކަން ރަގަޅު މިހާރު ފައިދާއެއްނުވޭ.