މިއަހަރުގެ އޭޝިއަން ގޭމްސްގައި ހަމްނާ ފަތަނީ.-- ފައިލް ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
15 ނޮވެމްބަރ 2023 - 13:16
ހަންގޭރީގައި ކުރިއަދިޔަ އެ ގައުމުގެ 19 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު، ދެ އިވެންޓަކުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
ހަމްނާ ގައުމީ ރެކޯޑް ހެދީ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުންނެވެ.
އިންޑިވިޖުއަލް މެޑްލޭ 200 މީޓަރު އިވެންޓުން ހަމްނާ ގައުމީ ރެކޯޑް މުގުރާލީ، ދެ މިނިޓް 55.12 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑް އޮތީ 2016 ވަނަ އަހަރު އޮތް 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ދެ މިނިޓް 57.23 ސިކުންތުން ފެތި އައިޝަތު ސައުސަން އަތުގަ އެވެ.
ފަންސާސް މީޓަރު ބްރެސްޓްސްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލީ، 37.88 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން ރެކޯޑް އޮތީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 38.53 ސިކުންތުން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އަތުގަ އެވެ.
މި މުބާރާތުގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ އިތުރުން ވެސް ތިން އިވެންޓެއްގައި ހަމްނާ ވަނީ ފަތައިފަ އެވެ. އެއީ 50 މީޓަރު ފްރީސްޓައިލާއި ބެކްސްޓްރޯކް އަދި ބަޓަފްލައި އިވެންޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްޔާން ./'؛
16 November 2023
ވަރަށް ބޮޑަ މަރުހަބާ. ހަމްނާ ހާދަ މޮޅޭ. ގުދް ލަކް ހަމްނާ ☺.
ޚޮރަކަ
16 November 2023
ފަންސާސް މީޓަރު ބްރެސްޓްސްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލީ، 37.88 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން ރެކޯޑް އޮތީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 38.53 ސިކުންތުން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އަތުގަ އެވެ. ކުރީގެ ރިކޯޑް މުގުރޭތަ އެޔައްވުރެ ފަހުން ނިންމައިގެން
ކެނެރީ
16 November 2023
ހިތުން މޮޅު ކޮމެންޓެއް ތި ކުރެވުނީ. އެކަމު ލިޔެފަ އޮތް ކޮމެންޓް ގަ ވެސް އަދި އާޓިކަލްގަ ވެސް އެ އެއޮތީ ފެންނަން ހަމްނާގެ ވަގުތު އަވަސްކަން. ޢަދުރޭ ކައިރިންތަ ހިސާބު ކިޔެވީ
ސޮއްޓި
15 November 2023
ދިވެހިންނަށް މުޅިންވެސް އޮންނަނީ ރެކޯޑް އާކުރުން... ވަނަ ހޯދުމުގެ ވިސްނުމެއް ނުގެންގުޅެ.... އަބަދުވެސް ޤައުމީ ރެކޯޑް އާނުވެގެން އުޅެނީ... ދިވެހިންގެ ޓެކްސް ފައިސާ ހަރަދު ކުރަނީ އަޅެފަހެ ޤައުމީ ރެކޯޑު އާކުރަންތޯ؟
ާސައުދާން
15 November 2023
ފުންމައިގެން އަރާ ބޮންތީގަ ނުހިފޭނެ ދޯ؟
ނާ.ސި.ހާ
15 November 2023
ހިތުން މޮޅު ކޮމެޓްއެއްދޯ ތިކޮއްލީ. ?
ހަމްޓީ
15 November 2023
އަސްލުވެސް ވަރަށް ރަނގަޅަށް ތިބުނީ... ހަމަ އަމިއްލަ ރެކޯޑް އާކުރުމަށާއި ވެކޭ ހަދާލަން ދަނީ....
ކަދަމަ
16 November 2023
ކަލޯ ދޭބަލަ ނިކަން މި ރެކޯޑު މުގުރާލެވޭތޯ... އެއަށްވުރެ ކަންނެތް ދޯ..