ބުޅަލެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި މީހާ: އޭނާ ބުނަނީ ވީޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށް --- ފޮޓޯ/ސޯޝަލް މީޑިއާ
18 ނޮވެމްބަރ 2023 - 19:32
މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި، މަރާލި މައްސަލާގައި ދައުރު ވަމުންދާ ވީޑިއޯއަކީ އަސްލު ވީޑިއޯއެއް ނޫން ކަމަށް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
އެ ބުޅަލަށް އެ މީހާ އަނިޔާ ކުރިކަން އެނގުނީ ވަޅި ހަރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އަދި ވަޅި ހެރުމުގެ ސަބަބުން އެ ބުޅާ ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ބަންދު މުއްދަތުގެ މަޖިލީހުގައި އެ މައްސަލައާ ގުޅިގެން އޭނާ ވާހަކަ ނުދެއްކި ނަމަވެސް، އެ ވީޑީއޯއަކީ ކޮންމެ މީހަކަށް ވެސް އެޑިޓުކޮށްގެން ހެދިދާނެ އެއްޗެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ވެ އެވެ.
އޭނާގެ މައްޗަށް ކުރަނީ ޖަނަވާރަކަށް އަނިޔާވެރިވުމުގެ ތުހުމަތެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
އާއްމުވި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު، އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރި އަށް ތިރިވުމަށްފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ މަންޒަރެވެ. އަދި ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ. އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހްމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.
އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
20 November 2023
ވީޑިއޯ އެޑިޓުކޮށްގެން ކޮންމެމީހަކަށް އަސްލާއެއްގޮތަކަށް ނުހެދޭނެ، އަދި ވީޑިއޯ އެނަލައިސްކުރުމަށްފަހު އަސްލުކަން ނުވަތަ ފޭކުކަން ޔަގީންކަމާއެކު ދެނެގެނެވޭނެ ޓެކުނޮލޮޖީ މިހާރު އެބަހުރި! މިފަދަ މައްސަލަތައްވެސް ދެން މާބޮޑަށް ދިގުދަންމަނީ، ފުލުހުންވެސް އަދި ކޯޓުތަކުންވެސް
މީހާކާ
20 November 2023
ތިޔަ ކޮލަމާފުށީ އަސްލަމް އަކީ ނުރައްކާ މީހެއް
އަސްތާ
20 November 2023
ކޮންމެ މީހަކަށްވެސް ހެދޭނެ ކަހަލަ ވީޑިއޯއެއްވިއްޔާ އޭނައަށްވެސް އެކަހަލަ ވީޑިއޯއެއް ހެދޭތޯ ބަލަން ހަވާލުކުރަންވީ.
ޙަސަން އަޙްމަދު
20 November 2023
ގިނަ ދިވެހިންގެ ވިސްނުން ހުންނަ ގޮތުން ބުޅަލެއް މަރާލުމަކީ ވަރަށް އާދައިގެ ކަމެއް. އެޔަށް ވުރެ ބޮޑެތި މައްސަލަތައް ހުރިކަން ހަނދާންކޮށްދީ ބުޅަލަށް ކުރި އަނިޔާ ފޮގުކުރަނީ އެހެންވެ. ބުޅާ ދެކެ މިވަރަށް ނަފްރަތުކުރާ އިސްލާމީ ގައުމެއް މަ ނުދެކެން. ނަމާދަށް ހުރި އަލްޖީރިއާ އިމާމު ކޮނޑަށް ބުޅަލެއް އެރި ވީޑިއޯ ވައިރަލްވިތާ ލައްކަ ދުވަހެއް ނުވޭ. ތަސައްވަރުކޮށްލާ ރާއްޖޭ މިސްކިތަކަށް ބުޅަލެއް ވަދެއްޖެއްޔާ ވާނެ ގޮތް.
ހުސެންދީ
19 November 2023
ބުޅާމެރުމަކީ ގާނޫނީ ކުރެއްތޯ ބަލަންވީ. ދުވަސްކޮޅަކުން މަދިރި މެރުންވެސް ދައުވާކޮށްފާނެ. ހެއްވާ ކަމަކީ އިންސާނަކު މަރާގެން އެޅޭފިޔަވަޅެއް ނޯވޭ.
ހުދޫދާ
19 November 2023
ދިރޭތަކެތިން ފަށަނީ. ދެން މަރަނީ އިންސާނުން. އެހެންވެ ފުރަތަމަ ފިޔަވަޅު އެޅިފަ ހުރުން ވަރަށް މުހިންމު.
އަސްލަންޓޭންކް
19 November 2023
ބުޅަލުގެ އުނދަގޫ ބޮޑުވެގެން މީހަކު ފައިސާ ދީގެން ކުރުވި ކަމަކަށްވެސް ވެދާނެ. ސަރުކާރު ފެއިލް ވީމަ މިކަހަލަ ކަންކަން ހިނގާނެ. މީހުނަށް ދީފަ ހުންނަ ދަރަނި އަނބުރާ ހޯދަންވެސް ފުލުހުން ކައިރިއަށް ނުގޮސް ގޭންގުތައް ކައިރިއަށް ދާ ކަަމަށް އަޑު އިވޭ. މީ ސަރުކާރު ފެއިލްވީމަ ވާ ގޮތް. އިބޫ އަކީ ބިޔަ ބޮޑު ފެއިލިޔަރެއް.
ދޮން މުހަންމަދު
19 November 2023
ތިޔަ ބުޅަލުގެ ދަރިންތިބިނަމަ އެކުދިންނަށް ދަރިންލިބި މާމަ ދަރިން ދުނިޔެ އަޅާދާއިރުވެސް މިގައުމުން އިންސާފު ނުލިބޭނެ.
އަފްރާސިޔާބު
19 November 2023
ނޫން އެމީހާ 10 އަހަރު ދުވަހަށް ޖަލަށް ލާން ވާނެ. އެއީ ހުރުމަތްތެރި ޖަނަވާރަކަށް ގެއްލުން ދިނީތީ.
ރަދީފްއޮފިޝަލް
18 November 2023
އަހަރެން ބުޅަލަށް ތާއީދެއް ނުކުރާނަން.މީހެއްގެ ގަޔަށް ވަޅި ހަަރައިގެން ގެންދާ ގިނަ މީހުން ވެސް 10 ދުވަހުން މިިނިވަންވޭ.ނަމަވެސް ބުޅާގެ މަގާމް ތަންކޮޅެއް މަތީގަ.ގޯހެެއް ނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
18 November 2023
ވެދާނެނޫންތޯ ވީޑިއޯ ފޭކުވެފާ، އަމަލު އަސްލުކަމަށްވެސް. މިހާރު މިރާއްޖޭގޭ ހުކުން ހަރާމްވެފާ ވައްކަން ހުއްދަވާފަހަރުވެސް އާދޭ.