22 ނޮވެމްބަރ 2023 - 20:41
ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) މިރޭ އިންތިހާބު ކޮށްފި އެވެ.
އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އިންތިހާބު ކުރުމާ ގުޅިގެން ލީޑަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ، ޕީޖީ ލީޑަރު ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ބިގޭގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ވެސް ކުރިމަތިލެއްވި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގަިއ ނެގި އެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބިގޭ އަށް 28 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޖާބިރު 20 ވޯޓު ހޯއްދެވި އެވެ. މެންބަރު ޣަނީ އަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ވަކިކުރުމަށް އެ ޕާޓީން މައްސަލައެއް ވައްދާފައިވާ އިރު ނައިބުގެ މަގާމަށް ވެސް އެމްޑީޕީގެ އިސް މެންބަރަކު ކުރިމަތިލައްވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލުމާން
23 November 2023
މީ ކާކުތަ ބިގޭއެކޭ ؟
ސިޔާމ
23 November 2023
ޒުވާން ކަމުދާ ލީޑަރ ސިޕެއް ނުލާ ނުވާނެ
ޣަނީބައި
22 November 2023
މީ ފަހު ފަހަރު ދެން މަޖިލީހުގަ ގޮޑިއެއްގަ އިންނަން ލިބޭނެ..
ާއަޅެ
22 November 2023
މަރުޙަބާ ޖާބިރު ފުއްޕާބައިގަޑުގެސައިޒު މިއެގުނީ އެއްމެ 28. އަވަހައް 20 އެކު ފަރާތަކައް ޖެހިލާ ތިޕާޓީގެ ފުއްޕާ ގުރޫޕުގެ އަސްލު ސައިޒު އޭގޭނެ އޭރުން
ނިރު
22 November 2023
ކެނެރީގޭ ނަޝީދު ހާދަހާވާ ހިތާމައެއް ކުރާނޭ.
ޖުއްބަާ
22 November 2023
ތީ ކޮންކަހަލަ ޕާޓީއެއް.... ނަމުން ޑިމޮކުރަސީ. އަމަލުން ރަންމަންފޯލި. ތީ މިހާރު ކެރަފާމެންގެ ކުޅޭކުޅޭ ޕާޓީ. މާދަމާ ޖާބިރު ތިޕާޓީގަނޑުން ކެނޑިގެންދާނެ. އޭނަ ބޭނުންވި ހުރިހާ ފަޅަކާ ރަށެއް އޭނައައް ލިބިއްޖެ.