ހޯމް މިނިސްޓަރު އިހުސާން، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ގައިދީންނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
28 ނޮވެމްބަރ 2023 - 12:28
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް އިއްޔެ ވަޑައިގަތް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ދަތުރުކުރެއްވި ލޯންޗުގައި ޑޮކްޓަރަށް ދައްކަން މާލެ އަށް ގެނައި މީހަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ލަސްވެގެން މިނިސްޓަރުގެ ކާރުކޮޅުގައި ގެންދަން ޖެހިއްޖެ އެވެ.
މިނިސްޓަރު އިހުސާން މާލެ ވަޑައިގަތް ލޯންޗުގައި އެ މީހާ މާލެ ގެނައީ އިއްޔެގެ އަސުރު ނަމާދަށް ހުއްޓާ ވެއްޓިގެން ޓެސްޓުތަކެއް ހަދާށެވެ. އެކަމަކު، އެ މީހާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށް މާލެ އަށް ގެނެސް ޑޮކްޓަރަށް ދެއްކުމުން އެނގުނެވެ.
ބަލިމީހާގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އުމުރުން 45 އަހަރުގެ އެ ފިރިހެން މީހާ މާލެ ގެނައީ ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށް އާއިލާ އަށް އަންގާފައި ކަމަށާއި ނަމަވެސް ސްޓްރޯކެއް ޖެހިފައި ހުރި ކަން އޭރު ނޭނގޭ ކަމަށެވެ.
އާއިލާ އިން ބުނީ ބަލި މީހާ މާލެ އަށް ގެންނަން ހިންމަފުށިން ލޯންޗެއް ހޯދަން ރިހެބުން މަސައްކަތް ކުރާކަން މިނިސްޓަރަށް އެނގިވަޑައިގަތުމުން، މިނިސްޓަރު ދަތުރުކުރެއްވި ލޯންޗުގައި އެ މީހާ ގެންނަން ނިންމެވީ ކަމަށެވެ.
"މާލެ ގެނެސްފައި ވެސް އެމްބިއުލެންސް ލަސްވާތީ، މިނިސްޓަރު، މިނިސްޓަރުގެ ރަސްމީ ކާރުކޮޅުގައި ހޮސްޕިޓަލަށް ފޮނުވީ ވެސް. މިނިސްޓަރު ގެ އަށް ވަޑައިގަތީ ހިންގަވާފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ މާލެ އަށް ގެނައި އިރު ވެސް އެއީ ސްޓްރޯކެއް ޖެހިފައިވާ މީހެއްކަން ނޭނގޭ ކަމަށެވެ. އެކަން އެނގުނީ މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން ކަމަށާއި މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.
ހޯމް މިނިސްޓްރީއާ އަލަށް ހަވާލުވެ ވަޑައިގަތް އިހުސާން އިއްޔެ ހިންމަފުއްޓަށް ވަޑައިގަތީ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ބައްލަވައިލެއްވުމަށް ކުރައްވާ މަސައްކަތުގަ އެވެ. ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ކުރީ ސަރުކާރުން ހެލްތު މިނިސްޓްރީގެ ދަށަށް ހިންގި ނަމަވެސް މި ސަރުކާރުން ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހާރަދުން
29 November 2023
ކޮންމެ މިނިސް ޓަރަކާ ބޮޑެތި މުސާރަ ނަގައިގެން ގޮނޑި ހޫނު ކުރާ ޕޮލިސް ކޮމިށަނަރުންނާ މަޖިލީހުގެ މެންބަރުންވެސް ތިގަޮތަށް ކަންތައް ކުރާނަމަ މިގައުމު މިއަދު އޮންނާނީ ފައަކާވެފަ....މިނިސް ޓަރަށް ﷲ ރަހްމަތް ލައްވާޝި!!
ޖުންގާ
29 November 2023
ހިއްމަފުށިން ބަލިމީހާ ލޯންޗައް އަރުވާފަ މާލެ އައުމާ މި ދޭތެރޭ އެމްބިއުލާންސް އަށް ނާދެވުނު، ފެއިލް ވީ ރައްޔިތުންތަ، ނޫނީ ސަރުކާރު ބޮޑުންތަ
ލުތުފީ
29 November 2023
މިއީ މިނިސްޓަރ ކުރެއްވި ވަރަށް ރަގަޅުކަމެއް. އުފާފާގަތި ދުވަސްތަކެއް މިނަވަރު ކުރައްވާށި. ޢާމިން
މުހައްމަދު 22
29 November 2023
ހިތުގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވާނީ އާލަމް ތަކުގެ ވެރި އިލާހް، ދެއްކުމަށް ކުރި ކަމެކޭ ނުބުނެވޭނެ، ބަލަން ތިބި މީހުން ނޫނީ މިހަބަރު ކީ މީހުން މާނަ ނަގާނެ ގޮތަކަށް ނަގަންވީ، ލޯ ސަލާމަތުން ހުރިއްޔާ ބަލަން ތިބޭ ބަޔަކަށް ފެންނާނެ، ދެން އޭގެން ބައެއް މީހުން ބުނެފާނެ ދެއްކުމަށޭ، އެބައި މީހުނަށް ރަންގަޅު ހަމަ އެއްގޮތެެއް ވެސް ނޯންނާނެ
ހުސްސޭންބެ
28 November 2023
ކޮންމެ ނިޔަތެއްގައި ކުރިނަމަވެސް ކަންދައްކަން ކުރިނަމަވެސް ވަރަށް ރަގަޅުކަމެއް. ބައެއްފަހަރު ނަމޫނާ ދެއްކުން/ކަންދެއްކުމަކީވެސް ވަރަށް ރީތިސިފައެއް. މިނިސްޓަރަށް ވަރަށް ހެޔޮއެދުމާއި ވެދުން.
ދޮން ހަސީނާ
28 November 2023
ދިވެހިންނަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. މިނިސްޓަރ ބަލިމީހާޔަށް މިކޮށްދިން ހެޔޮކަންތަށް ކަމަކު ނުދިޔަ. މިނިސްޓަރު ބަލިމީހާ ދޫކޮށް ކާރުގަ ގެޔަށް ވަޑައިގެންނަމަ ކީކޭތޯ މިބޭފުޅުން ކިޔާނީ؟
ހިންމަފުށީސޭޓު
28 November 2023
ޖަޕާނު ސަރުކާރުން ހަދިޔާކުރި އެމްބިއުލެންސްތައް ކޮބާ؟ މާލޭގައި ހާދަހާ ބައިވަރު އެމްބިއުލެންސެއް ހުރެޔޭ. ހިންމަފުށިން ފުރަމުން އެންބިއުލެންސަށް އެންގީމަ ލޯންޗް އަންނަންވާއިރަށް ޖެޓީ ކައިރިޔަށް އެމްބިއުލެންސް އޮންނާނެ. މިހުންނަނީ ފެއިލިއަރ. ކާރެއްގަ ބަލިމީހަކު ބާއްވައިގެން ދުއްވާފަ ދެވޭއިރު އެމީހަކަށް އިތުރު ބަލިވެސް ޖެހިފަ ހުންނާނީ. މާލޭގެ މަގުގެ ހާލަތުހުރިގޮތުން. ދެން ވަޒީރު ކުރެއްވި ރަނގަޅުކަމެއް. ޝުކުރިއްޔާ!
ރަށުމީހާ
28 November 2023
މިނިސްޓަރުގެ ކާރެއް ނުހުންނާނެ! އަދި ރުހުންވެސް ނުލިބޭ...މާ އަވަހަށް ޕްރޮމޯޓް ވާން އުޅޭކަށް ނުވާނެ!
ހަސަންލަތީފު
28 November 2023
ނަންފުޅާ އެއްގޮތައް ޢަމަލުހިފަހައްޓަވައިފި! މީހުންނަށް އިހުސާންތެރިވުމަކީ ﷲ ތަޢަލާ އެންމެ ލޯބިވެވަޑައިގަންނަވާކަންތަކުތެރޭގައި ހިމެނޭކަމެއް!~
އަސްލު...
28 November 2023
އެއްވެސް ގޮތަކަށް ކުރަންޖެހޭކަމެއް ނޫން ކަންދައްކަންވެސް ކުރަންޖެހޭ ކަންތަކާއި ނުކުރަންހެހޭކަންތަށް ހުންނާނެ ބޮޑުވަރުތީ....
ސިނާ
28 November 2023
ބޮޑުވަރެއްތީ ހަޖަމްކުރޭ
ޔާމިން
28 November 2023
ސާބަހޭ އިހްސާން
ދަމާކަނޑާ
28 November 2023
ދެން ރަނގަޅު އެއް ގޮތްވެސް ނެތެއްނު؟؟ އެހީ ނުވިނަމަ އެވަރު ނުބައިމީހެއްވެސް ނުހުންނާނެ!!