ރައީސާއި މޯދީ މިއަދު ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ބަދަހިކުރަން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
01 ޑިސެމްބަރ 2023 - 21:24
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލު ކުރައްވައި، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން ހާއްސަ ކޯ ގްރޫޕެއް އެކުލަވާލަން ނިންމައިފި އެވެ.
ރައީސް މުއިއްޒު އާއި މޯދީ ބައްދަލު ކުރެއްވީ ދުބާއީގައި މިހާރު ކުރިޔަށް ދާ މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ގެ ހަވާސާގެ ތެރެއިން މިއަދުގެ ވަގުތެއްގަ އެވެ. އެ ދެ ބޭފުޅުން ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ބުނިގޮތުގައި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި ދެ ގައުމު ހިމެނޭ ގޮތަށް ކޯ ގްރޫޕް އެކުލަވާލަން ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިހާބުވި ރައީސް މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި އެންމެ ގަދަ އަށް ދެއްކެވި ވާހަކައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި މިނިވަންކަން ނެތް ކަމަށް ބުނާ މައްސަލަ އެވެ.
އެހެންވެ، ރައީސް މުއިއްޒު އިންތިހާބުވުމާ ގުޅިގެން އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު އިންޑިއާއަށް ވުރެ ޗައިނާ އާ ގާތް ވާނެ ކަމަށް އިންޑިއާ އާއި ބޭރުގެ އެހެން މީޑިއާތަކުން ބުންޏެވެ.
ރައީސް އިބޫ ހުވާ ކުރެއްވި ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަތް ނަމަވެސް ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެ ގައުމުން ފޮނުވީ މިނިސްޓަރެކެވެ.
ރައީސް މުއިއްޒު ވެސް ވަނީ ސަރުކާރާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެ ގައުމަށް ރަސްމީކޮށް އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
02 December 2023
ކޮބާ ފަތު އަޑު ކިޔާފަ ގޮވި އިންޑިޔާ އައުޓް, ދަރިންނާ އެދަރިން ގެ މުސްތަގުބަލު ސަލާމަތް ވާނީ އިންޑިޔާ އައުޓް ކޮށްގެންނޭ ކިޔާ އޮޅުވާލައިގެން ވެރިކަން ހޯދަ, ދެން ތިބޭ ކަނޑުލުން ހިތި ފިލުވަން.
އިބްރ
02 December 2023
ޖަހާފައިހުރި ފޮޓޯއިން ފެންނަގޮތުގައި އިންޑިއާ ސައިޒްވެފައިވާކަން ހާމަވޭ. އިބޫ ސާލިހު މޯޑީއާ ބައްދަލުކުރައްވާއިރު ޖަހާފޮޓޯތަކުގައިވަނީ އިބޫގޮސް މޯޑީގައިގައި ބައްދާ ފޮޓޯތަކެވެ.
އެޗް އެމް
02 December 2023
ގުޅެންވީ. ގުޅިގެން އާކަންކަމާއި ބަދަލުތައް އަންނާނީ.
ކުލްސޫމް
02 December 2023
މިހާ އަވަހަށް އިންޑިޔާ އާއެކު ޑީލްހެދީ ދޯ؟ އިންޑިޔާ ސިފައިން ބާލަން ރައްޔިތުން މަގުތަކަށް ނިކުންނަންޖެހޭ.
ބެރުދުލިއަޅާދާއޫދުބެ
02 December 2023
އިންޑިޔާ އާއިއެކު ރުޅިހައިގެން ދެބުމައިއިން ގޮތްޖަހާލައިގެން ތިބެން ހަދައިގެން ގެއްލުވާނީ އަހަރުމެނަށް. ގުޅުން ދަމަހައްޓާ އިތުރަށް ވަރުގަދަވެސް ކުރަންޖެހޭނެ. އެކަމަކު އަތްނުފޯރާފަށަށް ގުޅުންބޮޑުވެ ބޮޑުކޮޅަށް ދުޅަވެ އައިސް ގޭތެރެއަށް ވަދެ މަރިޔަބާއި ކަތިވަޅިގަޑު ގެންދާ ހިސާބަށް ދެވިގެންނުވާނެ.
އަލިބެއްޔާގެ
02 December 2023
މޯދީ ކައިރީ ބުނިންތަ އިންޑިއާ ސިފައިން ގެންދާށޭ.. ބަލާ ބެލުމަށް ހީވަނީ މާ އަނގަގަދަކުރަމުން އުޅޭތީ ސައިޒް ކޮށްލަން ގެންދިއައީހެން. ބައްދަލުވުން ސިއްރުކޮށްގެން ތިއްބާ ހާމަ ކުރީ ވެސް އިންޑިއާއިން.
ރިތިކުރޯޝަން
02 December 2023
ތިތާވެސް އިންޑިޔާ އައުޓޭ ކިޔާފަ ހަޅޭއްލެވިނަމަ ރަގަޅުވީސް. އެއިރުން ތިމާއަކީ ތެދުވެރިއެއްކަން އިގޭނީ. މިހާރު ތިއީ ފޭކު ދިދަ
އަބްޑޫޅް +
02 December 2023
ބޮއްހ! ކިތައް ކުރޯޑު ހަތަރު އަނާ ފޮތި ދިންބާ؟ އިންޑިޔާ އައުޓު! ބަހަރަތު އައުޓު!
ސުދީރުމިއާ
02 December 2023
ފޮޓޯއަށް އަދި އެއްފަހަރު ބަލާ! ދިވެހި ދިދަޔަށް އިންޑިޔާ ދިދައިން ހިޔަނި އެޅި ދިދައިގެ މަތީކަނެއް އެވަނީ ފޮރުވިފައެވެ. އާދަން ނަސީރުބޭމެން ޅެމެއް ހަދާވަރު މަންޒަރެއް ފެނެއެވެ.
ރަދީފްއޮފިޝަލް
02 December 2023
ކޮންމެވެސް ކަމެއް ހޯދާތި ކަލޭ.
ކޮހިނޫރު
02 December 2023
ދިދަޔާއި އިންޑިޔާ ދިދައިގެ ކައިަރީގައި ޖައްސަވައިގެން ކޮން ސަކަރާތެއް ޖަހާ ދުވަހަކީތޯއެވެ؟ އިންޑިޔާ އައްޓް ގޮވައިގެން ވެރިކަން ހޯއްދެވުމަށް ފަހު މިހާރު ތިޔައުޅެނީ އިންޑިޔާ ފައި ބުޑުގައި ނޫންތޯއެވެ؟ އިންޑިޔާގެ ވެރިޔާކާއި އެކު ނޫނީ ރަސްމީ ބައްދަލުވުމެއްވެސް އަދި ނުބޭއްވެއެވެ. އަދިވެސް ސިޔާސީ ބޭނުމަށް ކޮސް ގޮވަމުން ދުވާށެވެ.