03 ޑިސެމްބަރ 2023 - 13:42
އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ވަނީ އެ އަންހެން މީހާ ހޯދައިފަ އެވެ.
ގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.
އެކަމަކު އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ. އޭރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް ވަނީ ގޮސްފަ އެވެ.
އެއްލާލައިފައި އޮއްވާ ފެނުނީ ބިދޭސީ އަންހެނެއްގެ ދަރިއެއް ކަމަށް ބެލެވޭ https://t.co/P8givHVQpE
— Mihaaru (@Mihaarunews) December 3, 2023
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް ނޭނގެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
03 December 2023
އިހައް ދުވަހު ސުޕުރިންކޯޓުން ބުނީ ޑީއެންއޭއަކީ ސައްހަ ގަރީނާއެކޭ އެހެންވީއިރު ތިއަންހެން މީހަޔާ އެކު އުޅުނު ފިރިހެނުން ޑީއެންއޭެ ހެދީމަ އެގޭނެ ބައްޕައަކީ ކާކުކަން އަންހެނަކައް އެކަނިނި ދަރިއަކު ނުހޯދޭނެ! މިހެންވެ މަބުނަނީ އަންހެނުން ނިކަމެތި ބަޔެކޭ
ބޭރުމީހުން
03 December 2023
ބޭރު ކުދިން ޚާއްސަކޮށް ފިލިޕީންސް ކުދިން އުޅޭ ދިވެހިންނާރައްޓެހިވެގެން، އުޅެން ފަސޭހަކަށް، އެހެންވީމަ، ތީ އެކަހަލަ އައުޓް އޮފް ވެޑްލޮކް ކަމަކަށްވެސްވެދާނެ. އެހެންވީމަ ތިކަމުގައި ޝާމިލުވާ ފިރިހެންމީހާ ހޯދުން މުހިންމު، ގެސްޓެއްގެ ފަރާތުން ވިކަމެއް ވެއްޖެއްޔާ ދެން ކުރާނެކަމެއްނެތް.
ކުރުސީއަލީ
03 December 2023
އަންހެންމީހާ ކާރީއަހާގެން ކުއްޖާ ބައްފައަކީ ކާކުތޯވެސް ހޯދަބަލަ ބިދޭސީ އައްޕައެއްތޯ ނޫނީ މަހަލްދީބު ބައްފައެއްތޯ ތިކަން ކުރީ
ރަދީފްއޮފިޝަލް
03 December 2023
ކުއްޖާގެ މަންމައާއި ސުވާލުކުރުމަށްފަހު ބައްޕަ އެއީ ކާކުކަން ވެސް ހޯދައި ޑީއެންއޭ ހަދަން ޖެހޭނެ.ދިވެއްސެއްގެ ކަމެއްނަމަ އިސްލާމްދީނުގައި އޮންނަ އަދަބު ތަންފީޒުކުރެވޭރަށް ހެއްކާއެކީ ޝަރީއަތަށް ފޮނުވައި ހައްގު ލިބޭތޯ ރައްޔަތުން ޖެހޭނެ ކަށަވަރުކުރަން.
ހުސެންް
03 December 2023
ޑީ އެން އޭ... އިސްލާމީ ޝަރީއަތުގަ ގަބޫލު ކުރާ އެއްޗެއްނޫން.. ހެހެހެހެ
ދަންތުރަަ
03 December 2023
ތިޔައީ ކުރީ ސަރުކާރުން ޒިންމާވާންޖެހޭކަމެއް
ޖާވީދު.
03 December 2023
ބ. އަތޮޅު އުތުރު ބިތު ރަށެއްގަ ގްރޭޑް 9 ގަ އުޅުނު ކުއްޖަކު ބަލިވެ އިނދެ ވިހާފައިވަނީ. މިކަމާމެދު ފުލުހުން އަމަލު މުރި ގޮތް ލިޔެލަބަަ
ރަދީފްއޮފިޝަލް
03 December 2023
ބަލިވެ އިނދެ ވިހެއުމަށްވުރެ ، ވިހެއުމަށްފަހު މަރާލުން މާނުރައްކާތެރި އަދި ހުތުރު.
ޙުސްނާ
03 December 2023
ފިރިހެން މީހާ ކޮބާ؟ އޭނާވެސް ހައްޔަރު ކުރަން ޖެހޭނެ. ޒިނޭ ސާބިތުވެ ޙައްދު ޖެހިއްޖެ ނަމަ، ދަރި ނިސްބަތްވާނީ އަންހެންމީހާ އަށް އެކަންޏެވެ. އިސްލާމްދީނުގައި ދަރިފަނި ނިސްބަތްވާ ފިރިހެންމީހާއަށް، ކައިވެނިން ބޭރުން ލިބޭ ދަރިން ނިސްބަތް ނުކުރެވެނީ ވެސް، ޒިނޭ އާއި ކައިވެނި ތަފާތު ކުރެއްވުމަށްޓަކައެވެ. އަދި ޒިޏޭގެ ނުބައިކަމާ ސުންޕާކަން މީސްތަކުންނަށް ވިސްނުވައި ދިނުމަށްޓަކައެެވެ.