އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރުގައި ސެޕްޓެމްބަރ 13، 2017 ގައި މާލެ ގެނައި މީހަކު އިންޑިއާ ސިފައިންނާއި ދިވެހި ސިފައިންވެގެން ބާލަނީ. މިހާރު ފައިލް ފޮޓޯ
05 ޑިސެމްބަރ 2023 - 11:09
އިންޑިއާއިން ބަލާނީ ރާއްޖޭގައި އޮޕަރޭޓްކުރާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު އަނބުރާ ނުގެންގޮސް، އެ އުޅަނދުތަކާ އެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވެސް ނުގެންގޮސް ވޭތޯ ކަމަށް އިންޑިއާގެ އިސް ބައެއް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، 100 ދުވަސް ތެރޭ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާއާ އެކު މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ކޯ ގްރޫޕެއް އެކުލަވާލަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ދުބާއީގައި ބޭއްވި ކޮޕް23 ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ކުރެއްވި މަޝްވަރާގައި އިންޑިއާ އިން ވަނީ ސިފައިން ގެންދަން އެއްބަސް ވެފަ އެވެ.
ރައީސްގެ އެ ވާހަކަފުޅާ ގުޅޭ ގޮތުން އިންޑިއާ އިން ރަސްމީކޮށް މިހާތަނަށް ބުނި ހަމައެކަނި ވާހަކަ އަކީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމާއި ހެލިކޮޕްޓަރާއި މަތިންދާބޯޓު ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ދެ ގައުމުން ވެސް ގަބޫލުކުރާ ކަމަށެވެ.
އިންޑިއާ ސިފައިން ގެންދަން އެއްބަސްވިތޯ އެ ގައުމުގެ ނޫސްތަކުން ކުރި ސުވާލުތަކަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ޖަވާބެއް ނުދިން ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވެ އެވެ.
"ޑެކަން ހެރަލްޑް" ނޫހުން ބުނީ ދެ ގައުމުގެ ވެރިންގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޕްރައިވެޓްކޮށް ކަމަށާއި އެހެންވެ މަޝްވަރާތަކާ ބެހޭ ގޮތުން ރަސްމީކޮށް ކޮމެންޓެއް ކުރަން އޮފިޝަލުން އިންކާރު ކުރައްވާ ކަމަށެވެ. އެކަމަކު މަޝްވަރާތަކުގައި އިންޑިއާއިން ވާހަކަ ދައްކަނީ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓު ވެސް އަނބުރާ ނުގެންގޮސް ވާނެ ގޮތަކަށް ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިބި ކަމަށް މިހާތަނަށް ހޯދިފައިވެ އެވެ. އެއީ ހެލިކޮޕްޓަރާއި މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އަދި އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން ވެސް މަސައްކަތްކޮށް، ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭންގޭ
06 December 2023
އިންޑިއާ ސިފާން ދިވެހި ސަރުކާރަކަށް ނުބޭލޭނެ, ސަބަބުތަށް ބާވަރު.. ތިވާހަކަ ދެއްކި ބަޔަކު ދެއްކީމަ ސަޕޯޓަރުންނަށް އޮޅިގެން ޤަބޫލުކުރެވުނީ, ތިވާހަކަ ދެއްކި ބަޔަކަށް ހަމަ އިނގޭނެ ތީނުވާނެ ކަމެއްކަން. ސަރުކާރާށް ތިކަން ކުރެވޭނީ ތިޔަށްވުރެން ޤައުމީސަލާމަތަށް ނުރައްކާ ޑީލް އެއް ހަދާގެން
އިބުރާހިމް
05 December 2023
އިންޑިޔާ ސިފައިން ނުބޭލޭނެ ދުވަހަކުވެސް އެމީހުން ބޭނުންވަނީ މިގައުމުގަ ތިބެގެން އެހެންގައުމްތަކާ ހަގުރާމަ ކުރަން
އަކުރަމް ކަލޯ
05 December 2023
ސިފައިންވެސް ދީފަ ހުރި ބާ ދަބަރު ބޯޓު ތައްވެސް ހަވާލުކޮށްލަންވީ. ކޮން ނުހޮރުއްޕާނެއް. އެންމެ ފަހުވެސް ދީފަ އޮތީ ބާ ދަބަރު ކިބަޅި ބޯޓު ގަނޑެއް.
ފުޅުބެ
05 December 2023
އިންޑިޔާ ސިފައިން ބަދަލު ކުރަނީ މާފަންނު ދިމްޔާތަށް.
ޢަލީއަހުމަދު
05 December 2023
ޢިންޑިޔާ ސިފައިން މިތާ ތިބީ ދިވެހީން އެދިގެން ދިވެހީންގެ ފައިދާއަށް ކަމުގާ ވާނަމަ ދިވެހީން ބޭނުން ވީމާ ދާން އެއްބަސް ނުވެ އެހާ ބަހަނާ މި ދައްކަނީ ކީއްވެބާ. މާރިޔާ އާއި ޝަމާލާއި ސިފައިން ހުރިހާ ޖެނެރަލުންށް ވާނުވާ ނޭނގޭ މިންވަރު މީގެންވެސް ވަރަށް ސާފު. ޙަގީގަތަކީ އެމީހުން މިތާތިބީ އެމީހުންގެ އަމިއްލަ ފައިދާއަށްކަން.
ކޮރަލް
05 December 2023
ނޮވެމްބަރ 3 ގެ ފަހުން އެއިރު ހުރި އިންޑިޔާ ސިަފއިން ބޭލުނީ ސަރުކާރުން ވ މަސައްކަތް ކޮށްގެންނެވެ.
އަމީނު
05 December 2023
ކޮންމެގޮތެއް ހަދައިގެންވެސް ތިމީހުން ބޭރުކުރަންޖެހޭނެ
ޖޯޝިޔާ މޯލްޑިވްސް
05 December 2023
މި އިންޑިޔާއަކީ ވަރައް އަޑިނުބައި ބައެއް މުޅިން އޮންނަނީ ހަންފެތުރުން
ކީހާޅޭން ފަރިއްސަށް
05 December 2023
ވާނެއެތި ތިވަނީ. ދެން ސަރުކާރުން ބުނާނެ ރާއްޖެއަށް ފައިދާ ވާގޮތަށް އެއްބަސްވުން ބަދަލުކުރަނިއްޔޭ. ރާއްޖެއިން ބޭނުންވާގޮތަށް. އާޚިރު ނަތީޖާއަކީ: 1- އިންޑިއާ ދުވަހަކުވެސް އައުޓްނުވުން 2-އިންޑިއާ ޖަހާބެރަށް މުއިއްޒުވެސް ނެށުން 3- މުއިއްޒުގެ ރަތްރޮނގު ފުހެވުން 4- ރާއްޖެއަށް ދެކޮޅު ނުހެދޭނޭ ހުށަހެޅުމާ/ޙާލަތު އިންޑިއާއިން ކުރިމަތިކުރުން 5- ޔާމީނު-މުއިއްޒުގެ ހަނގުރާމައިގެ ފައިދާ އިންޑިއާއިން ނެގުން 6-ވާނުވާ ނޭނގިތިބެ ސަޕޯރޓަރުން އަތްޖެހުން
އިންޑިއާއއޓ
05 December 2023
ނުދާނެ ތިމީހުނެއް! ވަކިހިއްޕާފައެތިބީ