ހައި ކޯޓް: އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން ވަނީ ހައި ކޯޓުގައި އެދިފައި --- ފޮޓޯ/މިހާރު
07 ޑިސެމްބަރ 2023 - 16:18
ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ހައި ކޯޓަށް ހުށަހަޅައި، އަދި އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން މިއަދު އެދިއްޖެ އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް އޭނާ ފުރުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ހުއްދައަކަށް އެދުމުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އައްމަޓީ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ 20 ދުވަހުގެ މުއްދަތަކަށެވެ.
އެ މައްސަލާގައި އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލިމީހާ
07 December 2023
އެންމެ ފަހުން ވެސް ފިލައިގެން އުޅެނިކޮށް ހޯދައިގެން ގެނައީ އިންޓަރޕޯލް މެދުވެރިކޮށް. އަދި އާއިލާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ. އެހެންކަމުން ދެން އޭނާ އެނބުރި އަންނާނެކަމާ މެދު ޝައްކު ނުއުފެދެންވީ ސަބަބެއް ނެތްކަން ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށް އެނގޭނެ.
ބަރުބާދު
07 December 2023
ވަރައްބަލާތި ނައްޓާލެވޭވަރައް ވަގުތު ދެވޭތޯ. ބަލާފަ އަމުރުނެރޭއިރު ޔަގީންވާންޖެހޭނެ ގައުމުގަނެތްކަން.
ސުންބުލި
07 December 2023
އޮނަރަބަލް އަލީ ވަހީދުމަތިން ހަނދާނަށް އަންނަނީ.
މޫސާކުއްދާ
07 December 2023
އައްމަޓީ އަކީ މިސަރުކާރުގައި މިހާރު ތިބި މީހުންގެ ރުހުމާއި އެހީތެރިކަމާއިއެކު ޖަރީމާ ހިންގި މީހަކަށް ވުމުން ފުރުން ކީއްކުރަން، މިނިވަންވެސް އަދިވާނެ. ޔަގީންކަމެއް!