އަލީ އާދަމް: އޭނާ ވަކި ކުރަން ނިންމީ ރަނގަޅަށް ކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ/ޖޭއެސްސީ
09 ޑިސެމްބަރ 2023 - 20:25
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ނިންމުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވައިފަ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި އަލީ އާދަމް ވަނީ ޖޭއެސްސީގެ މެންބަރަކު އޭނާއަށް އިންޒާރު ދިން ކަމަށާއި އަދި މެންބަރުން އޭނާއާ މުއާމަލާތް ކޮށްފައިވަނީ ވަރަށް "ރޫޑް" ކޮށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޖޭއެސްސީން ކޮމިޓީއަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެ ކޮމިޝަންގެ އެއްވެސް މެންބަރަކު އޭނާއާ އެގޮތަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އަދި އެކަން ތަހުގީގުގެ އަޑުއެހުންތަކުގެ ރެކޯޑިން އިން އެނގޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
10 December 2023
އަލީ އާދަމު ކުރިކަމަކާހުރެ ވަކިކުރަންޖެހިއްޖެ މައްސަލައެއްނެތް! ނަމަވެސް އެކަން އެޕުރޫވުކުރަން މިތިބެނީ އަލީއާދަމަށްވުރެން ސޯލިހު ރިޝްވަތުނުހިފާ ހަޑިހުތުރުބަހުންވާހަކަނުދަށްކާ، ދޮގެއްވެސް ނަހަދާ މީހުންގެ އަބުރަށްވެސް އަރައިނުގަންނަ، މަޖިލިސްމެންބަރުންވީމަ މިކަން ދެކޮޅުޖެހޭތަ؟ މިޔަށް ދިވެހިބަހުން ބުނެއުޅޭ ހަތްގުދުއޮތްމީހާ އެއްގުދުއޮތްމީހާ އާ ދިމާލަށް ގުދޯގުދޯ ގޮވުމޭ! މީހުންގެ މައްޗަށްގޮތްނިންމާއިރު ތިމާމެނަށްއުޅެވޭނޫޅެވޭގޮތް ބަލާލުންކީއްތޯ!
ބަރުބާދު
09 December 2023
ވަރިވާން ކޯޓައްދާހާ އަންހެނަކައް ގުޅާއިރު ފިރިމީހާޔައްވެސް ގުޅާނަމަ ދެކޮޅު އެއްވަރުވީހެއްނު!!!!.