(ކ-ވ) އަލީ ނަސީރު މުހައްމަދު، އިރުތިޝާމް އަދި މުންދު
11 ޑިސެމްބަރ 2023 - 09:58
ރާއްޖޭން ބޭރުގެ ތިން ގައުމަކަށް އާ ސަފީރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވި ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައި ވިދާޅުވީ، އެމްބެސެޑަ އެޓް ލާޖް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.
މުންދުގެ އިތުރުން އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ހަމަޖައްސަވަން ރައީސް ވަނީ ނިންމަވައިފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައިވާ ގޮތުން، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަން ކުރައްވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދު (އަލިނީ) އެވެ.
އެ ތިން ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ އެ ތިން ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު، ކުރީގެ ސަރުކާރުން ރާއްޖޭން ބޭރުގެ ގައުމުތަކުގައި ތިއްބެވި ސަފީރުން ވަނީ އަނބުރާ ރާއްޖެއަށް ގެންނަވައިފަ އެވެ.
އެކި ގައުމުތަކުގައި ތިބޭ ދިވެހިންނާ މެދު ސަރުކާރުގެ ފަރާތުން މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅޭނެ ކަމަށާއި އައްޔަން ކުރައްވާނީ ވެސް ކުރިއަށް ވުރެ ރަނގަޅަށް ދިވެހިންނަށް ކަންކަން ކޮށްދޭނެ ބޭފުޅުން ކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްމާއްތަ
11 December 2023
ޔާމީން ވެރިކަމުގަ އެމްއެމްއޭ ގޮރުނުދޯރު ކަމުގަ ހުރެ މަނީލޯންޑަރ ކުރި އަޒީމާގެ ފިރިކަލުން އަލިނީ އަކީ. އަނބިކަނބަލުންނާއި އެކު އެމެރިކާގަ އުޅެލަން. ކިހާ ސަޅި. ގުދު ބިންދައިން މުޒާހަރާ ކުރި ޕީޕީއެމް ޕީއެންސީގަ ތިބި މިކަމަށް ޤާބިލް މީހުނަށް މުއިއްޒު މިދިނީ ދޯކާ! އަލިނީއަކީ މުއިއްޒުގެ ވެރިކަން ގެންނަން އެއްވެސް ކަމެއް ކުރިމީހެއް ނޫން! ރައީސް ޔާމީން ވިދާޅުވިހެން ބާޒުތަކެއް އެމަނިކުފާނުގެ ޕާޓީ ޖަހައިގެންފި!
މަމީ ނޫޑްލިސް.
11 December 2023
ކީއްވެ ޤާނޫނުގައި ނުލިޔެ އޮތީ އެމްބެސެޑަރުކަމުގެ މަޤާމަކީ ކ.މާލޭ މީހުންނަށް ހާއްސަ މަޤާމް ތަކެކޭ. އެހެން އޮންނަ ނަމަ ގައިމު އެމަޤާމްތައް މުޅިންވެސް ދެނީ މާލޭ މީހުންނަށޭ ކިޔާފައި ކޮމެންޓް ނުކުރާނެ.
ވައި ވައި
11 December 2023
ދިވެހި ސަފީރުކަމަކީ ހަބަރު ކިޔުންފަދަ ކަމެއް. މީހަކު ލިޔެފަ ދޭއެއްޗެއް ކިޔާލަނީ. ބޭފުލުންނައް ރަގަލު ރިޓަރޔަމަންޓެއް
އަމައްޔާއި.
11 December 2023
އިބުރާހިމް ގޮތަށް މިރައީސްވެސް އެމްބެސެޑަރު ކަންދެނީ މުޅިންވެސް ކ.މާލޭ ރަށްގަނޑު ބޭފުޅުންނަށްދޯ ؟
އލދ ވާދީ
11 December 2023
އިރުތިޝާމް ޔޫކޭ ސަފީރަކަށޭ؟؟ ކަލޯގަޔާ. ތިމާއަށް ތިމާ ކިޔޭ ނުކިޔޭ ހާލުގަ ހުރި މީހަކަށް ސަފީރުކަން ދިނީމަ ގައުމުގެ ނަން ވަރަށްވެސް ދުނިޔޭގަ ވިދާނެ
ސަމްސާ
11 December 2023
ރައީސް ޔަމީނުގެ ލޯޔަލިސްޓުން އެކްސްޕޯޓް ކޮށްލަނީއެވެ.
ހޮޓްކިންގ
11 December 2023
މުއިއްޒުއަށް ކަމުދިޔައީ އުނދަގޫ ދުވަސްތަކުގާ ނުވެސް ފެނިއުޅޭނެ ތަނަކު އުޅެފައި ހިހޫތަނުން ކައިގެން އައިސްއުޅޭ އިރުތިޝާމްމެންފަދަ މީހުން. ހާލުގާ ޖެހުނު ދުވަހު ތިމާމެން ކޮޅަށް ޖެހުމަށް ބުރަމަސައްކަތްކުރި މީހުންވަނީ ބާކީކޮށްފަ. އެކަން ކުރިއަށްހުރި އިންތިޚާބުތަކުގާ ފެންނާނެ.
ވީލް
11 December 2023
ކަލޭ ވޯޓު ދިނީ ވަޒީފާ ލިބޭތޯތަ؟
އަހުމަދު ސައިފުލް
11 December 2023
މުންދޫދު އާއިލާ އުޅެނީ ޑުބާއީގަ ވީމަ، މި ފޮނިވަށައިގެން ފައިބާ މީހާ އަށް ޔޫއޭއީގެ ސަފީރު ކަމަށް މި ހަމަޖައްސަނީ!
ާއުނިމާ
11 December 2023
އިރުތިޝާމު މީ ކޮންމެ ސަރުކާރަކުންވެސް މަޤާމު ލިބެނެޖެހޭ މީހެއްތޯ،
އެމްބެސަޑަރު
11 December 2023
އިރުތިޝާމް އިޒް ދަ ނިއު މަލީހު!
ކަރީނާ
11 December 2023
ޙެލޯ އާރުޓީސް ފެނޭތަ، ހުސް މާލޭ ބޭފުޅުން
ދާނި
12 December 2023
މިއިން އެގުނީ މުއިއްޒުއަށް މަލާމާތާއި ފުރައްސާރަ ކުރި ކޮންމެ މީހަކަށް ރަނގަޅު ވަޒީފާއެއް ދޭނެކަން މިސާލަކަށް ތި ޢަލީ ނަސީރު ފުދޭ