ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ޑިސެމްބަރ 2023 - 10:27
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން އެންމެ ފުރަތަމަ ދިނީ 2020 ވަނަ އަހަރު އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްދަ އޭގެފަހުން ދެ ފަހަރެއްގެ މަތިން މަޖިލީހުން ވަނީ އިތުރުކޮށްދީފަ އެވެ.
އެ ވަގުތީ ހުއްދައިގެ ދަށުން އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާ އިރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާތީ، އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތް ކަމަށެވެ.
އެހެންވެ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސްދޭން މިނިސްޓަރުގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
"އަދި 2024 ވަނަ އަހަރުގެ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ހިމަނާފައިވާ ފަދައިން، އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއިރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ޝަފީގު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޮވިޑާ އެކު 2020 ވަނަ އަހަރުން ފެށިގެން ސަރުކާރުން ފައިސާ ޗާޕްކުރަން ފެށި ފަހުން ޗާޕްކޮށްފައިވާ 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް އިގްތިސާދު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި އެ އަދަދު މިއަހަރު ދެ ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޢިލު
13 December 2023
ގައުމައް ގެއްލުންނުވާނެހެން ކަންކަން ކުރަންޖެހޭ. މީ ރަނގަޅު ނިންމުމެއް
މުރުޝާދު
13 December 2023
މިސަރުކާރުގައި ހުރިހާ ކަމެއް މިއައްނަނީ މަޑު މަޑުން ހަމަޔަކައް އަޅުވަމުން އަދި ހުރިހާ ކަމެއް ރަނގަޅު ކުރަމުން
ޝިރުހާދު
12 December 2023
އިބުރާހިމަށް މި ދައުރު ދިން ނަމަ ގެރެ މިހާރު މި ޤައުމު އިންނާނީ އެއްކޮށް ބަނގުރޫޓު ވެފަ. އިހުލާސްތެރި ވެރިއަކަށް ވޯޓް ދެވުނީތީ ނަސީބު. ސާބަހޭ ޑރ.މުއިއްޒު
ބަކުރުބެެ
12 December 2023
އާން ދެން މަޑު މަޑުން މި ގައުމު ހަމަ މަގަށް އެޅޭނެ. ވަރަށް ރަނގަޅު ނިންމުމެއް. މިހެންވެ މުއިއްޒުއަށް މަ ތާއީދު ކުރަނީ
ކައިޑޯ
12 December 2023
އެއްވެސް ހަމައެއް ލަމައެއް ނެތި ބޮޑެތި އަދަދުން ފައިސާ ޗާޕު ކުރަމުން ގޮސް ޤައުމުގެ އިގްތިސާދަށް ވާނެ ގޮތެއް ނުބަލާ އިބޫ މުޅި ގައުމު ދަރުވާލާއިފި. މީނަގެ އައުވާނުންވެސް މީނައަށް ތާއީދު ކުރަނީ ޤައުމު އުޓުވާލަން ބޭނުންވާތީ. ޑރ.މުއިއްޒު މެންނަށް ޤައުމު ހިންގަން އިނގޭނެ
މުހައްމަދު ފައިސަލް
12 December 2023
އިބުރާހިމް ކަލޭ ތީ ވަގަކަސް އަހަރުންގެ ޑރ.މުއިއްޒު ވައްކަމަކާ ކައިރިވެސް ނުވާނެކަން މިކަމުން އިނގެނީ
ހާފުއްޅާ
12 December 2023
ގުޑް ޑިޒިޝަން ??
ސިފަތުﷲ ހަސީބް
12 December 2023
އިގްތިސާދް ހަމަޔަކަށް އަޅުވަން މި ސަރުކާރުން މަސައްކަތް ކުރާތަން އެބަ ފެނޭ.
ހާމިދު އަލީ
12 December 2023
އިގްތިސާދް ހަމަޔަކަށް އަޅުވަން އެޅި ވަރަށް މުހިއް ފިޔަވަޅެއް
ހާނިމް ޢަލީ
12 December 2023
އިބޫއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން. ފައިސާގެ އަގު ވައްޓާލީމަ