އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީސް
13 ޑިސެމްބަރ 2023 - 18:28
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެއްތްކަމުގެ މައްސަލަ ހުށަހަޅަން، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފެއްޓެވީ، އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.
"އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި، ސޯޝަލް މީޑިއާގައި ތޯރިގު ވިދާޅުވި އެވެ.
"ފުޓްބޯޅައަށް ކިރިޔާ ވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން."
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކްލަބުތަކުން، ހުށަހަޅައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ނެގުމަށް ކޮންގްރެސްއެއް ބާއްވައި އިތުބާރު ނެތް ކަމަށް ފެނޭތޯ ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ.
ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކްލަބްތަކުގެ ސޮއި ހޯދަން، މަސައްކަތް ފެށި އިރު، އަންނަ އަހަރު ބާއްވާ އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވަން، ކްލަބް އީގަލްސްގެ ނައިބު ރައީސް ކަން ވެސް ކުރިން ކުރެއްވި ތޯރިގު ވަނީ އިއުލާން ކުރައްވަފައި އެވެ.
މިހާރު ކުރިއަށްދާ ބައްސާމްގެ ދައުރު ނިމެން ބާކީ ދެން އޯތީ ހަ މަސް ދުވަހެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި ދެވަނަ ދުވަހު އެވެ. އޭގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.
މިއީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ނިއު ސަސްޕެންޑް ކުރުމުން ދެން އެ މަސައްކަތުގައި އުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލްބެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ފަހަތުގައި ހުންނަވައިގެން، ކްލަބްތައް ލައްވައި ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުއްވީ ވިކްޓަރީގެ ކުރީގެ ޗެއާޕާސަން، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އެވެ.
އެކަމަކު އެ މައްސަލަ ކުރިއަށް ނުދިޔައީ، ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ. ސޮއި ކުރި ބައެއް ކްލަބްތަކުގެ ތެރޭގައި، ބައްސާމް އަށް ފަހުން އެންމެ ބޮޑަށް ތާއިދު ކުރި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ވެސް ހިމެނެ އެވެ. އެ ހަތަރު ކްލަބުން ވެސް ސޮއި އަނބުރާ ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
14 December 2023
ބާސްކެޓް އިން ތިކަމެއް ނުވާނެ އަމިއްލަ ކުލަބުހަދައިގެން އަމިއްލަ އައް ވޯޓް ލައިގެން ހޮވިގެން ތިބޭ ބައެއް ، ގައުމީ ތީޓް ހެދިގެން ، ސޮކޫލް ތަކުގަ އުޅޭ ކުޑަ ކުދިން ތަކެއް ހާލާކުކުރަނީ ބެލެނިވެރިން ރަނގަޅު ތިމާގެ ދަރި ޓީމައް އެރުވީމަ ، އަދި ޓީމައް ވެސް ނަގަނިީ ކުޜީގަ ކުޅެފަ ތިބި މީހުން ދަރިން ފެންވަރު ނެތަސް
ބޮންބޯ
14 December 2023
ޙަމަ ތިހާލުގައި ޓެނިސް އެސޯސިއޭޝަންވެސް އޮތީ.
ސަލީމްސަރ
14 December 2023
ޓެނިސް އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަންވީ. ޢޭނަ ހީވެގެން އުޅެނީ އެއީ އޭނަގެ އަމިއްލަ ތަނެއްހެން.
ރިޒާނާ
14 December 2023
ލަދެ ނުގަންނަ މީހިނެ ވެސް ދެކެފިން އެކަމު މިވަރު ކަމެކެ އަދި މައް ނެފެނެ.
ބެލެނިވެރިން
13 December 2023
ޢެބަރަނގަޅުވޭ ބާސްކެޓް ގެ ކުލަބު ތަކުން ވެސް ތިކަން ކުރަން ވެއްޖެ
ޒީނާ
13 December 2023
މިހާރު ވެސް ސޮއެ ހަމަ ވެފަ ވަނީ. ގަދަ ނުދައްކާ އިސތިއުފާ ދީ. މަހޭ ސައުދީ އައް ގެން ގޮސް ޗިޕް ޖެހި ހެނެއް މިފަހަރަކު ނުވާނެ. މުޅި ބޯޅަ ފުނޑާލާފިއޭ .. ..
ނިއްޓޭ
13 December 2023
މިހިރަ ގަމާރު މީހާ އިސްތިއުފާ ދޭށޭ
އުދުހޭ
13 December 2023
ނަން އަނބުރާ ގެންދިޔަ ކްލަބުތަކުން ވެރިން ބްލެކްމެއިލްކޮށްގެންބާ ބައްސާމު އެމީހުން ކޮންޓްރޯކުރަނީ؟
ކެކެކެެކެކެކެކެކެ
13 December 2023
ތިޔަ ދެން ކޮންކަމެއް! ވާނެ އެއްޗެއް ވެ ނިމުނީމަ ޕޮއިންޓު ޖަހަން ސޮއި ކޮއްލިޔަސް ދެންވާނެ މޮޅެއް ނެތް! ރާއްޖޭގެ ފުޓު ބޯލް އިޒް ޑެޑް! ސޭޑް ޓު ސޭ!
ސަފޯޓަތ
13 December 2023
ކިހިނެއް އިސްތުއުފާ ދޭނި ފީފާއިން 3 ލައްކަ ޑޮލަރ ދޭވާހަކަ އެބުނަނި. މާރު ކޮށްލީމަ ހޫން އެހެރި ވާގޮތެއް.ހަހަހަހަ
ސަލް
13 December 2023
ސޭވް ދަ އެފްއޭއެމް އަށް ސްޓޭޓް މިނިސްޓަރުކަން ލިބުނު ފަހުން ހަބަރެއް ނެތް މިހާރު
ށަލްށާއޭމިރޮ
13 December 2023
ސޭވް ވީއޭ.. ޖޮބް.
ކެކެކެކެެކެކެކެކެކެ
13 December 2023
ޕާކާސް! މަގާމު ހޯދާލަން ޖެހި ސުޓަންޓެއް ތާ!