މޯލްޑިވިއަން ދެ ބޯޓު. މޯލްޑިވިއަން އިން ވަނީ އިއްތިހާދާ ގުޅިގެން ހިދުމަތް ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައި. -- ފޮޓޯ: މިހާރު
18 ޑިސެމްބަރ 2023 - 13:41
މޯލްޑިވިއަން އެއާލައިނުން ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްއާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ މި އެއްބަސްވުމާ އެކު ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން، އިއްތިހާދުން ދަތުރު ކުރާ މީހުންނަށް ފަސޭހަވާނެ ކަމަށެވެ.
Maldivian and @etihad Airways have entered into an interline agreement, facilitating seamless travel access to multiple destinations and enhancing travel convenience and options for global travelers.
— MaldivianAero (@MaldivianAero) December 18, 2023
Press Statement: https://t.co/5YyHnvz05R pic.twitter.com/GSTSNhNDkR
މޯލްޑިވިއަން ކޮމާޝަލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، މި އިންޓަލައިން އެގްރީމެންޓްގެ ދަށުން އިއްތިހާދު އެއާވޭސް އިން ފަސޭހަކަމާ އެކު މޯލްޑިވިއަންގެ ދަތުރުކުރާ މަންޒިލްތަކަށް ވެސް ދެވޭނެ ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ޗީފް ރެވެނިއު އޮފިސާ އެރިކް ޑޭ ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އެތެރޭގެ ދަތުރުތައް ކުރުމުގައި މިހާރަށް ވުރެ ފަސޭހައިން ދަތުރުތައް ހަމަޖެއްސޭނެ ކަމަށެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ވަނީ އެމިރޭޓްސްއާ އެކު ވެސް އެފަދަ އެއްބަސްވުމެއް ހަދައިފަ އެވެ.
އިއްތިހާދާ އެކު ހެދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް އަބޫދާބީއަށް ދަތުރު ކުރުމުގައި ވެސް އިތުރު ފަސޭހަތައް ގެނައުމުގެ ފުރުސަތު އެބަ އޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޝްރާގް
19 December 2023
ވަރަށް މުހިއްމު ޑީލަކަށް ވާނެ.
ދިހާމް
19 December 2023
ޓޫރިޒަމް ކުރިއަރާ ގިނަ ޓޫރިސްޓުން އަންނާނެ މީގެ ސަބަބުން
ތިމާހް
19 December 2023
ބަޔަކަށް ނޭނގުނަސް މިއީ ގިނަ ފައިދާތަކެއް ވާނެ ކަމެއް.
ކަންނާނީ
19 December 2023
ކަންވާނީ ކަން ކުރެވޭވަރު މީހުން ކަންކަމާ ހަވާލުވީމާ ކަން މިފެންނަނީ
އިލްހަމް
19 December 2023
އަވަހަށް އަބޫދާބީއަށް ދާން ރެޑީ ވާން ވީ. ތަފާތު ވާނެ މި ވެރިކަން ކިތަންމެހާވެސް
ގިޔާސް
19 December 2023
ޓުއަރިޒްމް ދާއިރާ މިދަނީ އެހެން ލެވެލް އަކަށްނު. މީ މިދައްކާ ވާހަކައަކީ. ވެރިކަން ކުރަން ދަންނަ މީހެއް އަހަރުންގެ ވެރިއަކަށް ހުރީ
ވިލޫ
19 December 2023
އަބަދު ކޮންމެވެސް ކަމެއް ނިންމާފަ އެއްނު މި ސަރުކާރުން މި ހުންނަނީ. ސަޅި ސަޅި
ވާސިފާ
19 December 2023
ސާބަހޭ ރައީސް މުއިއްޒުމީ ހަމަ ތަފާތު ފަހުލަވާނެއް.
ސަލީމު އިދުރީސް
18 December 2023
ތަރުފަރު ރޭވުގެ މަސައްތުގަވެސް އުޅިވިފަ ހުރި މީހެއްގެ ހައިސިއްޔަތުން ދަންނަވާނީ ފަތުވެރިނައް ތިއެއާލައިން މެދުވެރިކޮއް އިތުޓިކެޓު ވަކިންނުގަނެ ޔޫރަފުގެ އަދި އޭސިއާގެ ވެސް ބޮޑެތި ސިޓީތަކުން ރާއްޖޭގެ އެޙެން އެޕޯޓުތަކާ ގުޅުވައިދޭ ކަނެޓިން ފުލައިޓު އޮންލައިން ނެގޭގޮތައް އޮވެއްޖެނަމަ ތިގެންނަ ބޮޑެތި ފުލައިތައް އުދުއްސައް ފަސިން ޖަރުން ލިބުމުގަ ބޮޑުތަނުން ފަސޭހަ ވާނޭ!
އޮނަރަބްލް އަފީފު ދީދީ
18 December 2023
ތިތަނުގެ އިސްރާފްކުޑަކުރަން Domestic operation ގެ ޑެއިލީޝެޑިއުލް ދަތުރަށްބަދަލުގެނެސް އިފުރު، ދަރަވަންދޫ، ފުވައްމުލައްނޫން ޑޮމެސްޓިކް އެހެން އެއަރޕޯޓްތަކަށް މާލެއިންކުރާ ޑިރެކްޓް ދަތުރުހުއްޓާލާފަ (ފުލްލޯޑްލިބޭނަމަ ވީކެންޑް ދަތުރުއަޅަންވީ) މާލެ-ގޭން އަދި މާލެ-ހަނިމާދުއަށް އެއަރބަސް A-321 ބާއްވާފަ އުތުރުގެ ޑޮމެސްޓިކް ހަބަކަށް ހަނިމާދޫ ދެކުނު ހަބަކަށް ގޭން އެއަރޕޯޓްކަޑައަޅާ އެތަންތަނުގައި ޓްރާންސިޓްވެފައި އެހެން މަންޒިލްތަކަށް ދާގޮތަށް ހަމަޖައްސާ.
އޮނަރަބްލް އަފީފު ދީދީ
19 December 2023
މަތީގައިދެންނެވި ބަދަލުގެސަބަބުން ޙާސިލްވާނެކަންކަމަކީ ޑޮމެސްޓިކް އަދި ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ Air Connectivity ހަމަޖެހި އިޤްތިސޯދަށް ފަހިވެއްޓެއްލިބުމާއި، ކ.މާލޭ އެއަރޕޯޓްގެ ޓްރެފިކްގެމައްސަލަ ހައްލުވުން (މިހާރު ޖާގަނުލިބިގެން މަތީގައި 15 ވަރަކަށް މިނެޓް ބުރުޖަހާލަ ޖަހާލަ އޮންނަންޖޭ) އަދި ގޭންއެއަރޕޯޓާއި ހަނިމާދޫގައި އަޅުވާފައިއޮތް "މަރުގެ ތަޅު" ނައްޓާން މަޖުބޫރުވެގެން ދިއުން. މިކަމުގެސަބަބުން ޔަޤީނަށް މިދެންނެވިބަދަލު އަންނާނެ.