ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓަށް ފަހު އެއް ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުނޭ
21 ޑިސެމްބަރ 2023 - 10:21
ހުޅުމާލެ ފޭސް2 ގައި، ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ކާރު ފިލައިފި އެވެ.
އެ އެކްސިޑެންޓް ހިނގީ ކަމާލްދީދީ ސްކޫލް ކައިރިން ރޭ، 11:40 ހާއިރު އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ކާރު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވުމާ އެކު މަޑުނުކޮށް އަނެއް ކާރު ފިލީ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ކާރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކްސިޑެންޓުވި އެއް ކާރު ޖެހުނީ ކާމިލް ދީދީ ޕްރީ ސްކޫލުގެ ފާރެއްގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކާރަށާއި ސްކޫލުގެ ފާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އެކްސިޑެންޓާ ގުޅިގެން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަބަރޭ
22 December 2023
މިގައުމުގަ އެންމެ ފެންވަރުދައް މުއްސައަކީ ފުލުސް
ޢެއްލާލި ކޮމިޝަނަރު
21 December 2023
ދެން ފިލައިގެންދިޔަ ކާރުގެ ޑުރައިވަރު ކޯޓުއަމުރަކުން ހޯދާ 5ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށްފަހު، އިންސާނީހައްގާ ކަރާމަތާ މުޖުތަމައުގެ ލާބައަށްޓަކާ ދުކޮށްލާ. މިޔޮތީވާ ގައުމެއް. މިގައުމުގެ މަގުތަކަށްވުރެއް ފެމުނު މިޔަރު އައިނަކަށް ފުންމާލުންވެސް މާރައްކާތެރިކަން ބޮޑުވާނެ.
އަފްރާސިޔާބު
21 December 2023
މުޅިން ގައެއް ރުކެއް ނެތް ބިޔަ ސަހަރާއެއްގައި ހިނގި ކަމެއް. އެތައްމޭލަކަށް އެކާރު ގޮސް ޣާއިބު ވެއްޖެ. ކުލަވެސް ނޭގޭވަރަށް ސްޕީޓް ބާރުކޮށްދިޔައީ. ސީސީޓީވީ ކެމެރާއަށްވެސް ދުންބޮޑިއެއް ފެންނަނީ. އިތުރަށް ތަޙްގީގު ކުރަނީ ޖިންނީންވެސް މިހާރު ކާރު ދުއްވާތީ އެކަން ދަނެގަންނަން.
ޚަތުބެ
21 December 2023
ވައްދާނެ ގަރާޖެއް ޕާކް ކުރާނެ ތަނެއް ނޯވޭ އެކަމް ފިލަން ވީމާ ހުރިތަނުން ވެސް ގެއްލުވާލާ. ދަވާދު ލާފަ ކުލަ ބަދަލުކޮއްލީމާ ޖީޓޭއޭގަ ވާހެން މިޤައުމުގަ ޕޮލިހުންނަކަށް އައިޑެންޓިފައި ވާހެނެއް ހިޔެއް ނުވޭ
ރޭރު
21 December 2023
ތިހާ ބޮޑު ބިމެއްގަ ތިދެން ނޭނގެ ފެންނާނެ ކަމެއް
"ފިލިކާރު"
21 December 2023
ކާރުފިލިއަސް ދުއްވަންއިން މީހާނުފިލަންޏާ ރަނގަޅެއްނު!!!!!
ބަރުބާދު
21 December 2023
މިވަރުގެބަޔަކައް ކިހިނެއް ފިލައިގެންއުޅޭ މީހަކުހޯދޭނީ؟. ބޮޑުސިންގާ ކާރެއް އެއުޅެނީ ފިލައިގެން ނުހޯދިގެން.
ފަހުދު.
21 December 2023
ކާރު ފިލީ ދުއްވަން އިން މީހާ ގޮވައިގެންތޯ ބަލަންވީނު
ހަސަނާސަނާ
21 December 2023
ފޭސް 2 ގެ ނިގަ މަގުތަކުގަ ކެމެރާއެއް ނެތް. 5 އަހަރު ބޭކާރު.
ލަކުޑި ކަޅޭ
21 December 2023
މި މީހުންނައް ކޮންތަހުގީގެއްކުރެވޭނީ މާފަންނު ހަނދުވަރީހިނގުމުގަހުރިގެޔަކުންބޮޑުޓީވީޔަކާ ފަސްފޫޓުއުސްމިނުގެ އައިސްއަލަމާރިޔެއްވަގައްގެންދިޔާމަވެސް ގޭވެރިފަރާތައްފުލުހުންއެންގީ އެހިސާބުގަނޑުގެސީސީފުޓޭޖްބަލާށޯ މިވަރުގެއާލާތުން އައިއޯންނައްމިއުޅެނީ