ލޯކަލް މާރުކޭޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޑިސެމްބަރ 2023 - 15:03
ލޯކަލް މާރުކޭޓު، ހައި ކޯޓު ކައިރިއަށް ވަގުތީ ގޮތުން ބަދަލުކޮށް، މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި މަސް މާރުކޭޓް ވެސް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް އިމާރާތެއް ހަދަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ލޯކަލް މާރުކޭޓުގައި މިހާރު ހިންގާ ބިން ހުސްކޮށް، އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާނެ ކަމަށެވެ. އެއަށްފަހު، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކޮށް، އެ ދެ މާރުކޭޓު ހުސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ޕްލޭން ކުރި ކަމެކެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މާރުކޭޓް ހަދަން ބަޔަކާ އެކު ސޮއި ވެސް ކުރި އެވެ. ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން ލޭންޑު ޔޫސް ޕްލޭން ފާސް ނުކުރުމުން އެކަން ފެށޭގޮތް ނުވީ އެވެ.
މި ފަހަރު މާރުކޭޓް ހަދަނީ، ކުރިން ވެސް ހަވާލުކުރި ކުންފުނިން ކަމެއް އަދި ސާފެއް ނުވެ އެވެ.
ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވަނީ އަލަށް ހަދާ އިމާރާތުގެ ބޭސްމަންޓުގައި ޕާކިން ޒޯނެއް ވެސް ހަދާށެވެ. ގްރައުންޑު ފްލޯގައި މަސް މާރުކޭޓު ހަދާއިރު، 1،2 އަދި 3 ވަނަ ފްލޯގައި ހަދަން ނިންމާފައިވާނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. އެންމެ މަތީ ފްލޯ ދޫކުރާނީ، ނަރީޝް ވިދާޅުވި ގޮތުގައި، ފުޑް ކޯޓް ހިންގާށެވެ.
އެ މަސައްކަތް ހަވާލުކުރީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އަލަށް ތަރައްގީކުރާ ތަނަށް މަސްމާރުކޭޓަށް ބަދަލުކުރީމާ އެތަން ހުސްވާނެ. އޭރުން، އެތަން އެއްކޮށް ތަޅާލާފައި މަސްމާރުކޭޓު ހުރި ބިމަށް އަންނާނެ އާ ޑިވެލޮޕްމަންޓެއް. ދަތުރުވެރިންގެ މާރުކޭޓު އިން ތަން އެއްކޮށް ނަގާފައި އެތަނަށް އާ ޑިވެލޮޕްމަންޓެއް. އެ އެއްޗެހީގެ ތަފްސީލު ފަހުން ހާމަކުރާނަން." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
22 December 2023
ބަގުލާދޭޝް ސަރުކާރުގައި ދަންނަވައިގެން ބަގުލާ ބޭޅުން ލައްވާ ތިޔަ މާކެޓް ހައްދަވާ..ސަބަބަކީ ތިޔަ މާރުކޭޓް ގައި ތަރުކާރީ އާއި މޭވާ ވިއްކާ ސަޕްލައިކޮށް މަހުޖަނުންނަށް ވަނީ އެމީހުން.. އެންމެ ފަހުން ބަންގާޅު ބޭޅުންގެ އުދަގޫ ބޮޑުވެ ހުޅުމާލެ މާރުކޭޓް ގޮޅިތައް ވެސް ބަންދު ކޮށް އެތާގައި މިހާރު ހިންގަނީ ތައިލެންޑް ކުދިން ގެ ކޮފީ ކަޑަތަށް . ޥ.ސަލާމް
ފެންނަގޮތް
22 December 2023
ކުރިންވެސް ބަޔަކު ތިތަން ތަރައްގީ ކުރަން، ތިތާގަ ތިބޭ އެންމެން މަގުމަތިކޮށްފަ، ފާރު ބުރިއެއް ރޭނުނީ...
ރޯދަ
21 December 2023
ހެޔޮނުވާނެ ރޯދަމަސް ނިމެންދެން މާރުކޭޓު އެހަށް ބަހައްޓަބަލަ
ޢަދުލު
21 December 2023
ޒަރޫރީ ތަރުކާރީ އާ މޭވާ ލިބޭ ތަންތަން ެެކި ހިސާބުގަ ނޫނީ އެންމެނަށް ފަސޭހަވާގޮތަށް ރަށުގެ މެދުތެރޭ ހުރީމަ ފަސޭހަވާނީ. ދަރާ Viki ފައިސާ ހުސްވެފަ އޮތްގައުމެއްގަ މިފަދަ ބޮޑެތީ ހަރަދު ތައް ކުއްލއަކަށް ހިންގާލަނީ ހަމަ މޮޅީ ދޮތްތޯ. ނޫނީ ދޮގުލިސްޓުގެ ތެރޭ ހިމެނެނީތޯ
ދޮހޮއްތު
21 December 2023
އެއޮއް ބޮޑު ބިމުގަ އެންމެ 4 ބުރި.. ބުރޯ ތީތި ކަޑަ.. އެޓްލީސްޓް 14 ރަނގަޅުވާނެ
ކޮސް
21 December 2023
ސަހަރާއަށްވީގޮތް ތިތަނަށް ވާނީ. ތިވާހަކަ ބުނި މީހާއަކީ ގުނި ފައިސާގެ ކުލައެއް ވަހެެއް ރަހައެއް ނޭންގޭ މީހެއް. ކުރިހުވައަށްވެސް ވީ އެގޮތް.
ތިނަދޫ ސިޓީގެ މޭރު
21 December 2023
ދަސްކޮއްބަލަ ތިނަދޫ ސިޓީގަ މާރުކޭޓު ހިންގާގޮތަށް ހިންގަން. މިހާރު މިއުޅެނީ ސަންސެޓު ބަލަން ބޮޑު ޕްލެޓުފޯމެއް ހަދަން 7 ލައްކަ ރުފިޔާއަށް ބަޔަކަށް ދީގެން. އެތަންވެސް ވާނެ ކޮޕީ ކުރަން
ވިސްނާލާ
21 December 2023
އެހެމް މާތުކޭޓަށް ވަންނަ ދިރާ މަސްމާރުކޭޓަށް ވަންނަ ދޮރު ތަފާތު ވާންޖެހޭ. އެހެން ނޫނީ މަސްމާރުކޭޓަށް ވަދެ ފައިވާން/ ބޫޓު ހަޑިކޮށްގެން ލެއިން ތަތްތަޅުވައިގެން ގޮސް އެހެން މާރުކޭޓު ތަކަށް ވަނީމަ އެތަންތަން މުޑުދާރުވާނެ. ނަރީޝް ޥިސްނާލި ކަމެއްބާ؟
އނއސ
21 December 2023
ލޯކަލް މާރުކޭޓުން ކަރާ ހުސްވެގެން މި އުޅެނީ މި މީހުން ކަރާ ފަޅާ ވަރުން
2023
21 December 2023
ލޫލުމޯލް ޓްރިވެންޑްރަމްގަހުރި ކަހަލަ ތަނެއް ނަމަވެސް ހުޅުވާބަލަ މޯލެއްނެތީމަ ކެޕިޓަލްސިޓީއަށްވެސް ހުތުރު.... ބޮއިހަލަކި