ޚަބަރު / ޖިނާއީ އަދުލުގެ ނިޒާމު

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް އެބަ ގެންނަން: އަނިލް

ޖިނާއީ އިޖްރައާތަށް އަހުލުވެރި ކުރުވަން ބޭއްވި ޕްރޮގްރާމް ޝަރަފްވެރިކޮށް ދެއްވައި، އޭޖީ އަނިލް ވާހަކަ ދައްކަވަނީ: އަސާސީ ކަންކަމަށް އިސްލާހު ގެނައުމުގެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވި --މިހާރު ފޮޓޯ/ނިޝާން އަލީ

އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބައެއް އިިސްލާހުތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަހުލުވެރި ކުރުވަން ހިންގާ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ގާނޫނަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް ކަމާ ބެހޭ އިދާރާތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން މުހިންމު އިސްލާހުތައް ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ބައެއް ކުދި އިސްލާހުތައް އެ ގާނޫނަށް ގެންނަން ނިންމިޔަސް އެ ގާނޫނުގައި ބުނާ މައިގަނޑު އަދި އަސާސީ ކަންކަމަށް ބަދަލު ގެނައުމުގެ ވިސްނުން ކަމާ ބެހޭ އިދާރާތަކުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެ ކަންކަމަކީ ދުރު މުސްތަގްބަލަށް ވިސްނުމަށް ފަހު ގާނޫނުގައި ހިމަނާފައި ހުރި ކަންކަން ކަމަށް އަނިލް ވިދާޅުވި އެވެ.

"އެންމެ ފަސޭހަ އިން ކުރެވެން ހުރި ކަންކަން ފަސޭހަ އިން ކޮށްލުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންވާނީ. ދުރު ރާސްތާގައި އަންނާނެ ފަސޭހަތަކަށް ވިސްނާލާފައި މިހާރުން މިހާރަށް އަޅުގަނޑުމެންގެ ހުރި ވިސްނުންތައް ބަދަލުކޮށްލަން މި ގާނޫނު އެބަ ލާޒިމްކުރޭ. އެހެންވީމަ ފަންޑަމެންޓަލް ކަންކަމަށް ބަދަލު ގެންނާކަށް ނުޖެހޭ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތުމުން ޖިނާއީ އެކި މައްސަލަތަކުގައި އަމަލު ކުރަމުން ދިޔައީ އެކި ގޮތަށް ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ސަބަބުން އެކަމަށް ހައްލެއް އަންނާނެ ކަމަށެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މަރުހަލާ އިން ފެށިގެން ތަހުގީގު ކުރުމާއި ހެކި ހޯދުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގައި އަމަލުކުރަންޖެހޭ ވަކިވަކި އިޖްރާއާތުތައް ތަފްސީލުކޮށް އެ ގާނޫނުގައި ބުނެދީފައިވާ ކަން އަނިލް ފާހަގަ ކުރެއްވި އެވެ.

"އެކި މަރުހަލާތަކުގައި އެކި ގޮތަށް އަމަލު ކުރެވެމުން ދިޔައީ. އެއީ ގާނޫނާ ޚިލާފަށް ފަނޑިޔާރުން އަމަލު ކުރައްވާތީއެއް ނޫން. އެއީ މިހާރު މި ގާނޫނީ ނިޒާމުގައި ހުރި މައްސަލަތަކެއް. ޑިސްކްރިޝަންތަކެއް މުއައްސަސާތަކަށް ލިބިފައި އޮތީމަ އެންމެންނަށް އެއްގޮތަކަށް ނޫން މި އަމަލު ކުރަނީ. ސަބަބުތަކެއް ނެތި ތަފާތު ކުރުންތަކެއް ގެންގުޅެވެމުން ދިޔައީ،" އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޖީ އަނިލް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާ އެކު:--މިހާރު ފޮޓޯ/ނިޝާން އަލީ

މިއަދު ފެށި ޕްރޮގްރާމަކީ ހަމައެކަނި ބައެއް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ހިންގާ ޕްރޮގްރާމަކަށް ވިޔަސް ކުރިމަގުގައި މިނިވަން މުއައްސަސާތަކަށް ވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ޚާއްސަކޮށްގެން މިފަދަ ޕްރޮގްރާމެއް ޝަރުއީ ދާއިރާ އިން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އަނިލް ވިދާޅުވި އެވެ.

"ސްޕެޝަލައިޒް ޓްރެއިނިންތަކެއް ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އަނިލް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެ ހަފުލާގައި ވިދާޅުވި ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ދިމާވާނެ މައްސަލަތައް ދެނެގަނެ، އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެ ހަފުލާގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގައި ހުރި ގޮންޖެހުންތަކަށް، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ. އެ ގާނޫނުގެ ބޭނުން ފުރިހަމަ ގޮތުގައި ފުލުހުން ހިފާނެ ކަމަށް ސައުދީ ވިދާޅުވި އެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު

12 February 2017

ޤާނޫނުތައް އުވާލާ ވެރިމީހާ ބުނާ ކޮންމެ އެއްޗަކީ ޤާނޫނުކަމަށް ފާސް ކުރޭ.

The name is already taken The name is available. Register?

މެންޓަލިސްޓް

12 February 2017

ކުށެއްގައި ޝައްކުކުރެވޭ މީހަކު އެއްވެސް ހެއްކެށްނެތި ތަހުގީގަށޭ ކިޔާފައި ދޫނިދޫ ކުޑަގޮޅީގައި ބަންދުކޮއްގެން އަހަރު ދެއަހަރު ނޫނީ 5-6 މަސްވަންދެން ނުގެންގުޅެވޭނެ ،،، ކުށެއްސާބިތުނުވެ އެއްވެސް އިންސާނަަކަށް އަދަބެއް ނުދެވޭނެ ،، އެއީ ދީނީގޮތުންވެސް ކަނޑައެޅުގެން މަނާކަމެށް ،، ވީމާ ފުރަތަމަ އެކަންކަން ރަގަޅުކޮއްބަލަ ،،،،،، ވަރަށްވެދުން

The name is already taken The name is available. Register?

ކުކުޅު

12 February 2017

މި ސަރުކާރުގެ ވިސްނުމެކީ ކުކުޅު ހާލުގެ ވިސްނުމާތް ބުއްދިއެވެ. އެހެނީ އެސޮރުމެން ހިފުމަށްޠަކައި ފަހާ ދުވުމުން އެސޮރުމެންގެ ބޯ ނިވާކޮއްލެވުނީމަ ނިމުނީއެވެ. ފަހުން ވާނެ ގޮތަކަށް ނުވިސްނައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454