ރައީސް ޑރ. މުއިއްޒު (ވ)، އިންޑިއާގެ ބޮޑުވަޒިރު މޯދީއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
28 ޑިސެމްބަރ 2023 - 16:32
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ކަމަށް މިހާތަނަށް ލިބިފައިވަނީ 89 ކަމަށެވެ. ނަމަވެސް އެ އަދަދަށް އުނި އިތުރެއް އަތުވެދާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ. އަދި އެ ބޭފުޅުން އެކަންތައް މެނޭޖް ކުރަމުން ގެންދަވަނީ. އެކަމުގައި އަޅުގަނޑުމެންނަށް އަދި ވެސް ޕްލަސް ނުވަތަ މައިނަސްއެއް އަތުވެދާނެތީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އަދަދު އަޅުގަނޑުމެން މި ދަންނަވަނީ. އެއީ މާ ބޮޑު އިޝޫއެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ނެތް،" ޝަހީބު ވިދާޅުވި އެވެ.
"އެއީ ތި ވިދާޅުވާ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ގޮތުގައި ފާހަގަ ކުރެވިފައެއް ނުވޭ."
ވެރިކަމާ ހަވާލުވުމަށްފަހު މި ސަރުކާރުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ.
އެކަމަކު، އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ. އެއީ، ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ މިލިޓަރީ ޑޮކްޓަރުން ހިމަނައިގެންނެވެ.
ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމުގެ ވައުދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، ސަރުކާރަށް ދޮޅު މަސްވެގެން ދިޔައިރު ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދު ހާމަނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. ރައީސް އޮފީހުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް އެންމެ ގިނައިން އަމާޒުވާ ސުވާލަކީ އެއީ އެވެ.
ޝަހީބު ވިދާޅުވީ ބޭރުގެ ސިފައިންނާ ގުޅޭ ކަންކަން ކަމާގުޅޭ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުބެއްޔާ
30 December 2023
މި ސަރުކާރަށް 2 މަސް ވާން ކައިރިވަނީ އަދި މިއުޅެނީ އިންޑިއާ ސިފައިން ތިބި އަދަދު ބުނެދޭން ނޭގިގެން، ތިވަރު ބަޔަކަށް އެސިފައިން އަނބުރާ ފޮނުވާލެވިދާނެ ހެނެއް ހިޔެއް ނުވޭ.
ޔާމީނެއްނޫން
29 December 2023
ޔާމީނަށް ނޫނީ ކުރަން ނުކެރޭނެ ކަމެއް އެއީ އިންޑިއާ ސިފައިން ބޭރުކުރުން، މިސަރުކާރެކޭ އިބޫ ސަރުކާރެކޭ އިންޑިއާ މައްސަލައިގަ ވާނީ ދެން ހަމަ އެއްވަރު. އިންޑިއާއިން އަޅާދޭ ބްރިޖްގެ ދަށުވެފަ މިސަރުކާރުވެސް އޮންނާނީ.
އަފްރާސިޔާބު
30 December 2023
ޔާމީނަށްވެސް ނުކެރުނީމާތާ އިންޑިޔާ ސިފައިންތިބީ! ބުނީ އެމީހުން އެގްރިމެންޓް އުވާލީމާވެސް ނުދިޔައޭ ވިސާ ކެންސަލު ކުރީމާވެސް ނުދިޔައޭ. ބަންގާޅު މީހުންވެސް ނުދާނެ އިންޑިޔާ މީހުންވެސް ނުދާނެ ކޮންމެ ސަރުކާރެއް އޮތަސް.
ތަކުރުބެއްޔާ
29 December 2023
ދެން މިހާރު ފެންނަށް ތިބި މީހުން ބޭރުކުރަން ވީނު.. ފަހުން ފެނުނީމަ ފެންނަ ބަޔަކު ވެސް ބޭރު ކުރާނީ. ޢެންމެން ހަމަ ކޮށްގެން އެއްފަހަރާ ބޭރު ކުރަން އުޅެގެން ދައުރު ނިމޭއިރުވެސް ތިކަން ނުވާނެ. ޢެއްމަސް ވީއިރު ތިއުޅެނީ އެތެރެވި އަދަދު ނޭގިގެން. ބައެއްފަހަރު ހީވޭ ބޭރު ކުރެވެން ނެތިގެން ބަހަނާ ދައްކަނީހެން.
ނައީމ
29 December 2023
ސިފައިންނެތް ނެތޯ ބަދިގޭގައި ބަތްކައްކަން ތިބިކަމުގައިވީ ނަމަވެސް ސިފައިންވާނީ ސިފައިންނަށެވެ ވީޑިޔޯ ކުޅެ ރިލީސްކުރި ބޭފުޅުން އެހެދީ ބުހުތާން ދޮގުކަން އެގިފާޅުވީއެވެ 89 އަކީ މަދު އަދަދެއްނޫނެވެ އަދިވެސް ތިބޭނެއެވެ.
ސަތޭކައިން ފަހެއް
28 December 2023
100 ސިފައިން ހަމަނުވަންޏާ ގައުމީ ސަލާމަތަށް ނުރައްކާ ނުވަނީދޯ.. ކެމްޕެއިންގައި ކީ 2000 ސިފައިން ތިބެގެން މިނިވަންކަން ގެއްލިދާނެކަމަށް. އަދި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް، އެހެންކަމުން ތިޔ ތިބި 89 ސިފައިން ފޮނުވާލުމުގެ ބޭނުމެއްނެތް. އެއީ ގައުމީ ސަލާމަތަށް ނުރައްކާ ނުވާތީ.
ރަދީފްއޮފިޝަލް
28 December 2023
މަޖިލިސް އިންތިޚާބުން މެޖޯރިތީ ދިނީމަ މިހާރުތިބި ސިފައިންގެ .... ވެސް ބާލާނަން.
އެޗް އެމް
28 December 2023
"އިންޑިއާ އައުޓް" ސްލޯގަން އަކީ ޔާމީނީ ސްލޯގަނެއް! ޔާމީނު ޕާޓީން ވަކިވުމުން އެވައުދުތައް ވަނީ މަންސޫހުވެފަ. އެހެންނޫނަސް އެމީހުން ގެންގުޅުނު ހުސްގޮޑިއަކީ ނުފުއްދޭ ވައުދުތަކާއި ހެދޭ ގޯސްތަކަށް މިހާރު ޒިންމާވާން ޖެހޭ ގޮޑި.
ސޭކުސްތާން
28 December 2023
ހަމަޔަޤީނޭ ކުރިން އެބުނި އަދަދުތައް ދޭނީ މިއުޅޭ ހިސާބު ސޯކަން. މިހާރު އެއުޅެނީ މަޖިލިސް ރައީސްކަމަށް އަންނަންވެގެން.
އެދުރުބޭބެ
28 December 2023
"އެއީ ތި ވިދާޅުވާ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ގޮތުގައި ފާހަގަ ކުރެވިފައެއް ނުވޭ." މިހެންވީމަ ދޯ އިހުމީހުން އެކިޔަނީ ކީހާޅެން ފަރިއްސަށް ވެއްޖެޔޭ.
ފަެރުން
28 December 2023
ޕީއައްޗީޑި ސެޓުފިކެޓު ކޯހުގައި ގުނަން ދަސްކޮށް ދިނުން ނޯވޭ.