ސިވިލް ކޮފީ ސޮސައިޓީ އިން ގިފްޓް ކާޑު ވިއްކަން ފެށުން އިފްތިތާހު ކުރަނީ: މާލޭގެ އިތުރު ތަންތަނުން ވެސް ގިފްޓް ކާޑު ލިބެން ހުންނާނެ --ފޮޓޯ/ބީއެމްއެލް
12 ފެބުރުއަރީ 2017 - 20:06
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު މާލޭގެ ވިޔަފާރި ކުރާ ގިނަ ތަންތަނުން ގަންނަން ލިބޭނެ އިންތިޒާމް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ތައާރަފްކުރި ގިފްޓް ކާޑު، ސިވިލް ކޮފީ ސޮސައިޓީ ކެފޭ އިން ވިއްކުން އިފްތިތާހު ކުރަން މިއަދު ހަވީރު ބޭއްވި ހަފުލާގައި ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" އެ ތީމް ހިމެނޭ ގިފްޓް ކާޑު މެހެމާނުންނަށް ހިލޭ ހަދިޔާކޮށްފަ އެވެ.
އެ ހަފުލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވެރިންނަށް ދޭން ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށެވެ. އިތުރު ތަންތަނުން އެ ކާޑު ގަންނަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ވަރަށް ރީތިކޮށް ޑިޒައިން ކޮށްފައިވާ މި ކާޑު ނަގުދު ފައިސާގެ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުން ކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އެ ކާޑުގެ މިއަދު އިފްތިތާހުކުރި "އަހަރެންގެ ބޭންކް" ތީމަކީ ދިވެހިންނާއި އަދި ދިވެހި މުޖްތަމައާ ގުޅުން ބަދަހިކުރަން ބީއެމްއެލް އިން ފަށާފައިވާ ކެމްޕެއިންގެ ތީމެވެ.
މާލޭގެ 18 ތަނަކުން ގިފްޓް ކާޑު ގަންނަ ލިބެން ހުންނާނެ އެވެ. އެއީ ސިވިލް ކޮފީ ސޮސައިޓީގެ އިތުރުން ޖޭޒް ކެފޭ، ގިފްޓް ސްޕޮޓް، ޓޯޓަލް ފިޓްނެސް ގްރޫޕް، ޑިޖާވޫ، ފްލޮރެސްޓް، ލެ ޕާފިއުމް، ލެކިއުޓް، އެޑް އޮން ސްޓޯ، ސޮނީ ސްޕޯޓްސް، ރައުންޑް ވަން ބުކް ޝޮޕް، ރާދަ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް، އެސްޓާސް، ޗާނދަލިޔާ އޮފީސް ޖަޔަންޓް، ޖާނދަލިޔާ ބުކްޝޮޕް، ޗާންދަލިޔާ ބުކް ސެންޓަރު އަދި ނޮލެޖް ބުކްޝޮޕެވެ.
ގިފްޓް ކާޑުގެ 200ރ. ގެ ކާޑާއި 300ރ. ގެ ކާޑާއި 500ރ. ގެ ކާޑުގެ އިތުރުން 700ރ. އަދި 1000ރ. ގެ ކާޑު ވެސް ލިބެން ހުރެ އެވެ. ޕީއޯސް މެޝިންތައް ބޭނުންކޮށްގެން އެ ކާޑުން ކޮންމެ ވިޔަފާރިއެއް ކުރެވުނަސް އޭޓީއެމްތަކުން ފައިސާއެއް ނުނެގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
13 February 2017
ކޭޝްކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރީމައި އިތުރަށް ޕަސަންޓޫ ނެގުން ހުއްޓޭނެ ގޮތެއް ހަދައިދެއްވަންވީ. ޓިކެޓެއް ނުނެގޭ، ފޯނެއް ނުގަނެވޭ، އިލެކްޓްރޯނިކްސް ގިނަ އައިޓަމްވިއްކާ ތަންތަނުނެވެސް އެބަ ނަގާ. އެހެންވީމަ ބޭންކުަން ކަނޑާއެއްޗެއް ކުޑަކޮށްގެންވެސް އެކަންކުރެވޭތޯ ބަލާބަލަ. އެއީނުން ފަސޭހައަަކީ. ފައިސާ ބޮނޑި އެއްހިފައިގެން މިދާންޖެހެނީ މިއިން އެއްޗެއް ގަންނަން. ރުފިޔާގައި ރުލެއް ނުޖެއްސޭ، ލަނބާ ނުލައި ފަތްނުޖަހާ އެ ގެންގުޅެން ޖެހެނީ. މަގޭ ބޭންކެކޭ ނުބުނޭވޭނެއެއްނު އެހެންވީމަ.
1234
13 February 2017
ވަރަށް ފަހުން ތީގެ ކާޑެއް ގަންނަން ފިހާޔަކަށް ދިއުމުން ދިއްކޮއްލީ ހެޕީ ޓީޗަރސްޑޭ ޖަހާފަ އިންކާަޑެއް، އެކަމު އަހަރެން ގަންނަން ބޭނުންވީ ނިއުޔެއަރ ގިފްޓެއްދޭން. ދެންބުނީ މިއޭ ލިބެން ހުރި ކާޑަކީ. އެއްވެސް ކަމަކަށް ހާއްސް ނުކޮށް ހުންނަ ކާޑް ލިބެންޏާ އޯކޭ. ފިހާރަތަކުގަ ތިބޭ މީހުން ވަރަށް ކަންނެއްވާނެ އެހެންވީމަ ބަދަލް ނުކޮށް ބަހަައްޓަނީ
ފައިނު
13 February 2017
ތިކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ތަންތަން ގިނަ ކުރުމުގެ ގޮތުން އެންމެ ފުޅާ ޕީއޯއެސް ނެޓްވޯކް އިތުރަށް ފުޅާކޮށްދިނުމަށް އެދެން. ތިޔަ ކުރައްވާ މިންނަތް މަސައްކަތަށް ޝުކުރިއްޔާ
ހަކަބީ
13 February 2017
500 ރުފިޔާއިން މަތިނަމަ މިކާޑު ރަގަޅު. 100 ރުފިޔާއަށް އަނެއްކާ މީގެ ކާޑެއް ގަތީމަށްވުރެ ލާރި ދިނިއްޔާވެސް ރަގަޅު. އޮޑް ޑިނޯމިނޭޝަންސް ތައާރަފްކުރަން ވީނު
ޢަލީ
12 February 2017
ތީގެ ކާޑެއްބޭނުން ކޮއްގެން ހުޅުމާލެއިން 1400 އަކަފޫޓުގެ ބިމެއް ލިބޭނެ ގޮތްޖަދާނަމަ މާރަނގަޅު އިންޓްރަސްޓް ނުނަގަ އެއީދޯ ރަޔިތުން އެންމެ ބޮޑައްބޭނުން ޖެހިފަވާ ކަމަކީ
ދޮޅިދާން
12 February 2017
ގައުމުގައި ފައިސާނެތިގެން ބޭތުލްމާލު ގެ ލިކިއުޑިޓީ އިތުރުކުރަން ޖަހާމަޅި ހައްތާވެސް
ނަވާލް
12 February 2017
ތި ސަޅި ކާޑެއް. ކޮންތާކުން ލިބޭނީ