31 ޑިސެމްބަރ 2023 - 16:27
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރަ އާ ގުޅިގެން، ވެލާނާ އެއާޕޯޓުގައި ފެން ބޮޑުވެ، އޮޕަރޭޝަންސްތަކަށް ބުރޫ އެރުމުގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވެއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަންސްތަކަށް ބުރޫ އަރައި، ބައެއް ފްލައިޓުތައް ޑިލޭވެ، އެނެއް ބައި ފްލައިޓުތައް ކެންސަލްވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ވެސް ހިމެނެ އެވެ.
ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން އެއާޕޯޓުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
އެހެންކަމުން، ފުރަންދާ މީހުން ދުރާލައި ޝެޑިއުލް ބަލައި، ވަގުތު އޮއްވައި ޗެކްއިން ކުރުމަށް އެމްއޭސީލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފަ އެވެ.
ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ވަނީ އޮރެންޖު އެލާޓެއް ނެރެފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ ކ. ގުރައިދު އަށް ކަމަށެވެ. އެ ރަށުގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނިލާ
01 January 2024
ތާކުންތާކު ނުޖެހޭ މީހުނަށް ވަޒީފާ ދިނުން ހުއްޓާލާ. ތިފަދަ ވަރަށް ގިނަ މީހުން އަދިވެސް އެބަތިބި
އޮނަރަބްލް އަފީފު ދީދީ
31 December 2023
ޔޯރޮޕާއި، ކެނަޑާ، އެމަރިކާ އޮސްޓްރޭލިއާ ފަދަ އެތައް ޤައުމަކުން ރާއްޖެއަންނަ ފަތުރު ވެރިންނަކީ އަހަރު ދުވަހުން ފައިސާ ޖަމާކޮށްގެން ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރިކަން އޮތް އެއް ޤައުގައި ޗުއްޓީހަދަން މިތަނަށް އަންނަ ބައެއް. # ގެއިންނިކުތްނަތާ 20 ސަކަށް ގަނޑިއިރުފަހުން އަންނަ ފަތުރުވެެރިޔާ އިންނަބޯޓް ކ.އަތޮޅުމާލެއަށް ނުޖެއްސުނީމާ ރާއްޖޭގެ އެހެން އެއަރޕޯޓަކަށް އެބޯޓަށްޖެއްސޭނެގޮތް ހަދާފައިނުވާތީ ސިލޯނަށް ޑައިވާޓް ކުރުމަކީ އެމީހުނަށްދޭ އަނިޔާއެއް.
އޮނަރަބްލް އަފީފު ދީދީ
31 December 2023
ތިއީ ފުރަންހަމަޖެހިފައިވާ ގަނޑިއަށް ދުވަހަކުވެސް ފުރިބައެއްނޫން. މޯލްޑިވިއަންއަކީ ބޯޓްތައް ކެންސަލް ކުރުމާއި ޑިލޭ ކުރުމުގައި ހައްދުން ނެއްޓިފައިވާ ބައެއް. # ކ.އަތޮޅު މާލޭ އެއަރޕޯޓަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ޑައިވާރޓް ކުރާންޖެހުނު ހުރިހާ ފްލައިޓް ތަކެއް ސިލޯނަށް ދާންޖެހުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އޮތް ހަނިމާދުއާއި ގޭން އެއަރޕޯޓްގައި އަޅުވައިގެން އުޅޭ "މަރުގެ ތަޅު" ގެ ސަބަބުން ނޫންތޯ!؟ ކީއްވެ ކަމުގެ ޙަޤީގަތް ހާމކުރަން ޖެހިލުންވަނީ!؟
ބާބް
01 January 2024
ގަމާރު ބގ އަފީފު. ދިވެހިރާއްޖޭގެ ގާނޫނަށް އުޅެން ދަސްކޮށްބަލަ. ގާނޫނު އަސާސީގައި މާލެޔަކީ ކ. ޢަތޮޅުގެ ރަށެއްކަމަށް ނުބުނޭ. ކަލޭ ކިތަންމެ ބޮޑަށް މާލެދެކެ ރުޅިއަޔަސް ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ބުނެފައިވަނީ މާލެ.
ޅޮސް
31 December 2023
ކޮމަންޓު މި ކުރަނީ ހާދަ ޖާހިލު މީހުނޭދޯ، އިންސާނުން އެހާ މޮޅުވެފާ ބާރު ގަދަކަމަށް ހީވަނީތަ؟
އޮނަރަބްލް އަފީފު ދީދީ
31 December 2023
ޤުދުރަތީ ކަންކަމަކާއި ނުކުޅެވޭނެކަން ނޭގޭތީއެއްނޫން މިއުޅެނީ!! ކ.އަތޮޅު މާލޭގެ ވަށައިގެން ޖަހާފައިވާ ގެރިގާ ތޮއްޓަކީ ފަހަރެއްގައިވެސް ކަނޑުގެ ލޮނުގަނޑަށް ގޮންޖަހާން ލާފައިވާ ތޮއްޓެއްނޫން. # ހަމައެގޮތަށް ކާޑުގުދަނާއި، ކަރަންޓް ޕްލާންޓްތަކާއި، ކޮމިއުނިކޭޝަން ޓަވަރ ތަކާއި ހޮސްޕިޓަލްފަދަ ތަންތަން ހަމަބިމަށްވުރެން 4 ވަރަކަށް ފޫޓްމައްޗަށް އިމާރާތުގެ ތެރެއަށް ފެން ނުވަންނަގޮތަށް ފަރުމާކޮށް ހެދުމަކީވެސް ޖާހިލުކަން ނުވަތަ އަޤީދާ ބަލިކަށިވުމެއްނޫން އިގޭތޯ!
ކަކުނި
31 December 2023
މިހާރު ހުންނާނީ ބޮޑު ޗުއްޓީ ލިބިފަ މަޖަލުގަ ހޭދަ ކުރެވިފަ... އެގޮތް ކަމު ނުގޮސްގެން މިގޮތައް ބަދަލު ކުރަން އުޅުނު މީހުންނަން ވަރައް ސަލާމާ ހެޔޮ ދުއާ އަރިސް ކުރަން... ޑިސެންބަރ އައް އަންނަ ކޮންމެ ބުޑު ޗުއްޓީ އެއްމިހެން ގޮސްސިޔާ އަދި އޭގަ ރަނގަޅުވާނީ އެމީހުން ނައް އޭރައް ރާކަނި މަސް ކެވޭނީ
ދަލޭކަތްދަ
31 December 2023
ޑިސެންބަރ އައް ބޮޑު ޗުއްޓީ ބަދަލު ކޮއްދެއްވި އެންމެހާ ބޭފުޅުންނައް ވަރައް ބޮޑައް ޝުކުރު ދަންނަވަން... އެހެނީ ބޮޑު ޗުއްޓީއެއް ފެށިގެން ނިމޭ އިރު ވެސް މި އުޅެނީ ތާކައް ޗުއްޓީ ހޭދަ ކޮއްލަން ނުދެވުނުތާގަ މަގު މައްޗައް ވެސް ނުނިކުމެވިގެން މިއޮއްބޮޑު ޗުއްޓީ ގޭތެރޭގަ ނިމިގެން މިދަނީ
ބާބް
01 January 2024
ކޮން އިރަކުތަ ޑިސެންބަރަށް ބޮޑުޗުއްޓީ ބަދަލުކުރީ. ގައިމު ސޯލިހު ސަރުކާރުގައި ޑިސެންބަރު ޗުއްޓީއަށް ކަނޑައަޅާފައިވާ 14 ދުވަހަށްވުރެން އިތުރަށް 1 ދުވަސްވެސް މިޗުއްޓީގައި ނުލިބޭ.
ޟަބުނީ
31 December 2023
މީތަ ޖޫން ޖުލައި ޗުއްޓީގަ ވިއްސާރަކަމުން ދިވެހިން ނުލިބިގެން އުޅެ ޑިސެމްބަރ ޗުއްޓީ؟