ޖުލައި 20، 2022: ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ހުންނަ ދިޔަވަންނަ ކުޅި ތެރޭގައި، ލަންކާގެ އަސްކަރީ އުޅަނދެއްގައި ސިފައިންގެ ބަޔަކު ހަތިޔާރާ އެކު ދުއްވަނީ: މި ދުވަސްކޮޅު ލަންކާގައި ސިފައިންނާއި ފުލުހުން ގެންދަނީ ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން. --އޭއެފްޕީ
03 ޖެނުއަރީ 2024 - 06:10
ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ދެ ހަފްތާ ކުރިން ފެށި ބޮޑު އޮޕަރޭޝަނުގައި އިއްޔެ ވެސް 822 މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ މެންދުރު 2:00 އަށް ނިމުނުެ 24 ގަޑިއިރު ތެރޭ 800 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު ކުރިން ވަނީ 20،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 60 މީހެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
މުޅި އޮޕަރޭޝަންގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ޥާއިރު އެ މީހުންނާ ގުޅުން ހުރި ތަންތަނުގައި އެތައް މިލިއަން ރުޕީސްގެ ޑްރަގްސް ފެނިފައިވެ އެވެ.
އިއްޔެ ވަނީ ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ވެސް، ގާނޫނާ ހިލާފަށް ހަދާފައިވާ ކަމަށް ނިންމައި ތަޅާލައިފަ އެވެ. އަދި މި ވިޔަފާރީގައި އުޅޭ މީހުންގެ އަތުން ފެނުނު އަގު ބޮޑު މުދާ ދައުލަތަށް ނަގަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނަ
05 January 2024
ގދ ގައްދޫ އަކީ ޑުރަގު ހާއްޔެއް ރައްޔިތުން ތިބީ ގޮތްހުސްވެފަ ގައްދޫ އަކީ މާޜާމާރީ ވަޅިޖެހުން މީހުންމެރުން ނަމުނާ އެންމެ ގިނަ ރަށް ކޮބާސަރުކާރުގެ ކަންބޮޑުވުމެއްނެތް
ޢާދަނުބެ
03 January 2024
މި ގައުމައްވެސް ބޭނުންވަނީ މި ފަދަކެރޭ ވެރިން ގައުމު ހަމަމަގައް އެޅުވޭނީ ކެރޭ ގަޓްހުރި ވެރިންނަށް މުޅި ގައުމު މަސްތުވާތަކެތީގަ ޖެހި ގޭންގުތަށް ހަދައިގެން ދުވަހެތްދުވަހަކަށް ގޭންގުތަކުގެ މީހުން ބާރު ގަދަވެ ސަރުކާރު ނުފޫޒުގަދަ މަގާމުތަކަށް އައުމަކީ ވަރަށްވެސް ބިރުވެރި ކަމެތް
އެކްސްމީ
03 January 2024
މި ލެވެލް ގެ އެއްޗެއް ރާއްޖެގަވެސް ޖައްސަންވީ. ބުޑުން ބުރި އަރުވާލަން ވީ.
ފޮނިޓައްޕު ހަސަނު
03 January 2024
މިރާއްޖޭގައި ވާގޮތަކީ އެއިރެއްގައި އޮންނަ ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އަދި އިދިކޮޅު ޕާޓީގެ އިސްމަގާމު ތަކުގައި ވެސް ތިބީ ޑްރަގުގެ ބޮޑުން، މަޖްލިސްގައި ވެސް އަބައި މީހުން މަދެއް ނުން. ވީމާ މިރާއްޖެއަކު ތިގޮތަކަށް ނުޖެއްސޭނެ.
ސެމި
04 January 2024
ރާއްޖޭ ކަސްޓަމްސް ޕޮލިސް މޑނފ އަދި ކޯޓްތަކާއި ސަރުކުާރުގެ ބޮޑުންތިބެނީ ޑްރަގްލޯޑުން ގަނެލާފަ! މިކަން ރާއްޖެހުއްޓުވަން ޑީޕް ކިލީންނިންއެއް ޖައްސަންޖެހޭނީ!
ތިމާވެށި
03 January 2024
ސަމާލު ވާން ޖެހެ އެވެ. މިދުވަސް ކޮޅު ، ލަންކާ ގަ ޑްރަގް ވިއްކާ މީޙުން ވޯކްޕާމިޓް ގަ ފިލަން ރާއްޖެ އައިސްދާނެ އެވެ.
ކޮރަލް
03 January 2024
ރާއްޖޭގަ މިފަދަ އޮޕަރޭޝަން އެއް ހިންގައިފިނަމަ މާ ގިނަ ފައިސާ އާޑްރަގް ފެންނާނެ ކަމަށް ބެލެވެ އެވެ. ސެންޓްގޭ ގޯޅިގަނޑުގަ އެހެރަ ތަށް ވަސް މީހުން ވަންނީ ކިއުގަ އެވެ. ހިސާބު ގަނޑުމީހުން ވެސް އުޅެނީ ބިރުންނެވެ. ފުލުހުން ގޯޅިތެރެ އަށް ވަދެ ސުވާލު ކޮށްލާފަ ދާނެ އެވެ. މިކަހަލަ ވ ގިނަ ތަންތަން އެބަ ހުއްޓެވެ. މިމީހުނާ މިކަން ހުއްޓުވަން އުޅޭ ކޮންމެ ވެސް ބަޔަކާ ގުޅިފަ ވެ އެވެ. މުއިއްޒު އަށް މިކަން ހުއްޓު ވިދާނެ އެވެ.
ލޭޒީ މޯލްޑްވްސް
03 January 2024
"ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ ވެސް 822 މީހަކު ހައްޔަރުކުރި". މީންވައިލް އަޅުގަޑުމެން ގެ ފުރަމާލެ މަގުމަތިން ސިގިރޭޓް ބަޓް ހޮވަމުންދާމީހުންނާ ކަކޫ ބެންޑުވެފައިވާ ޕާޓޭން ގޯޅިކަންމަތިން މިނިވަންކަމާއެކު. ސުވާލު ކުރާނެ މީހެއްނެތް. ކުނިކޮތަޅުވެސް ހުޅުވަނީ. ކުރީ ދުވަހަކުވެސް އޭގެ ސޮރަކު ކޮތަޅެއް ހުޅުވައިގެން އުޅެނިކޮށް އަތުގައި ކުޅުކަހަލަ ދިޔާ އެއްޗެއް ހޭކިގެން ރުޅިއައިސްގެން އޭތި މުޅިތަނަށް ބުރުއްސާލައިގެން އުޅުނު.
ބަކަމޫނުސް
03 January 2024
އޭގެސޮރެކޭ ނުކިޔާ އޭގެ މީހެކޭ ކިޔާބަލަ. ސޮރޭކީމާ މާނައޮޅޭ
ޝެލަރީ
03 January 2024
ދިވެހީންގެ ރާއްޖޭގަ ހިމާޔަތާ ރަށްކާތެރިކަން
އޮނަރަބްލް އަފީފު ދީދީ
03 January 2024
ދިވެހިރާއްޖެއަކީ ފުލުހުންގެ މާބޮޑު މަސައްކަތަކާއި ނުލާވެސް އަހަރަކު އެތައް ޓަނެއްގެ ޑްރަޤް ފެންނަމުންދާ އަދި ޤައުމުގެ ޒުވާން އާބާދީގެ ހެޔޮވަރު އަދަދެއް މަސްތުވެ ބިތްޖެހި މަގުމަތިވެފައިވާ "ނުރައްކާތެރި ދަރަޖައަކަށް" ޑްރަޤް ބޭނުންކުރުމާއި ވިއްކުމާއި ޓްރެފިކް ކުރުމުގެ އިތުރަށް ޑުރަޤް އުފުލާ ހަބެއްގެ ގޮތުގައިވެސް ބޭނުން ހިފަމުން އަންނަ ޤައުމެއް. މިތަނުގައި އެތައް ބައިވަރު El Chapo ފަދަ ކިންގުންނާއި އެމީހުންގެ ކުދިކުދި ބައިވަރު ޑޮގްސް އެބަގެންގުޅޭ.