ވިލިމާލެ އާއި މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހެލްތް މިނިސްޓްރީ
03 ޖެނުއަރީ 2024 - 13:02
ކުރީގެ ސަރުކާރުތަކުން ވިލިމާލެ ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އަޅާނުލާ ކަމަށާއި އެކަން ނިމުމަމަށް ގެނެސް އެ އަވަށް ތަރައްގީ ކޮށްދޭނީ މި ސަރުކާރުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، އެ ހިދުމަތް ތައާރަފު ކުރުމުން އެ އަވަށަށް ކޮށްދޭން ހުރި މަސައްކަތްތައް ނުނިމޭ ކަމަށެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ސީ އެމްބިއުލާންސްގައި އިތުރު އާލާތްތައް ހަރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންދާނެކަން ފާހަގަ ކުރައްވައި ހަލީލް ވިދާޅުވީ، މި ސަރުކާރުން ވިލިމާލެ ތަރައްގީ ކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ އޭގެ [ހުޅުމާލެ 100 އެނދު ހޮސްޕިޓަލުގެ] ޑިޒައިނިން ފޭސްގައި. މާ ލަސްތަކެއް ނުވެ ތިބޭފުޅުންނަށް [ވިލިމާލެ ރައްޔިތުންނަށް] ފެނިގެން ދާނެ މި ފެށުނު އާ އަހަރުގެ ތެރޭގައި އެކަން ހަގީގަތަކަށް ވަމުންދާކަން،" މިނިސްޓަރު ވިދާޅުވި އެވެ.
"ތިބޭފުޅުން [ވިލިމާލެ ރައްޔިތުން] ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި މި އަވަށް އޮތް އޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަ ތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ."
ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެކަންކަން ވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކެބިނެޓު ވަޒީރުން ތިބީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި. އަޅުގަނޑުމެން އެދެނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް. އެއީ އަޅުގަނޑުމެން ތިބެގެން ކިތަންމެ މަސައްކަތެއް ކުރިޔަސް މިކަން ފުރިހަމަވާ ތަނެއް ނުފެންނާނެ ރައްޔިތުންގެ ބައިވެރިވުން ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް އެދި، އެކަންކަން ސަރުކާރާއި ހަމައަށް ގެނައުމަކީ ލިބޭނެ ފަސޭހައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
04 January 2024
ތަރައްގީ ކުރަންޏާ ވިލިނގިލީގެ ނަން ރަސްވިލިނގިއްޔަށް ބަދަލުކޮށްބަލަ. އޭރުން ތަރައްޤީ ވާނީ.
ޙަދީޖާ އިބްރާހިމް
03 January 2024
ވިލިމާލެ ހުރިހާ ރައްޔިތުންނައް ލުއި ފަސޭހަތަކެއް ވެގެން ދާނެ ސަރުކާރެއްމީ
ނާޢިމް
03 January 2024
ވިލިމާލެއަށް ގެންނާނެ ތަރައްގީއާއި މެދު އެއްވެސް ޝައްކެއްނެތް
މާނިއުު
03 January 2024
ރައީސް މުއިއްޒުގެ ސަރުކާރުން ވިލިމާލެ ވާނީ، ރައްޔިތުން މިތިބީ އަބަދުވެސް އެއްބާރުލުން ދޭން ތައްޔާރައް
ފަރު
03 January 2024
ފޭބި ސަރުކާރުން ވިލިމާލެ ތަރައްގީ ކުރުމުގެ ބޭނުމުގައި އެއޮތީ ބުރިޖެއް އަޅަންފަށާފަ މިސަރުކާރުން އަދި ނުފެނޭ ތަރައްގީގެ އެއްވެސް މަސައްކަތެއް ފަށާތަނެއް ހުސްވާހަކަ ދައްކަނީ ދުވަސްތައް ފާހަގަ ކުރުމުގެ ނަމުގައި ހުސްބޭކާރު ޚަރަދުކުރަނީ
އެމެރިކާ
03 January 2024
ބާރަށް އަތްޖަހާފަ ވިލިމާލޭ އެންމެން ޕީއެންސީ ނެރޭ ކެންޑިޑޭޓަށް ވޯޓްދޭތި. އިންތިޚަބު ވަރަށް ކައިރިވެއްޖެ.
މުޑަހަންޖާ
03 January 2024
އ.ދ އޮމަދޫއާއި ނ.ކުޑަރިކިލީގަ އިންޖީނުލީ ހުރިހާ ވެހިކަލެއް ހުއްދަ އެކަމަކު ކ.ވިލިނގިލީގަ ދިވެހި ސަރުކާރުން އޮންނަނީ މަނާކޮށްފަ، އެއީ ނަސްލީ ތަފާތުކުރުން. ސަރުކާރު ކުރިމަތީ މިހުރިހާ ރަށެއްގެ ރައްޔިތުންގެ ސިއްހަތު ހަމަހަމަވާންޖެހޭނެ. އެހެނެއްނޫން ކ.ވިލިނގިލީ މީހުން އެގޮތަށް ބޭނުންވެގެން އެރަށު ކައުންސިލުން އެގޮތަށް ނިންމައިފިއްޔާ އަހަރެމެން ބުނާނެއެއްޗެއްނެތް.
ލިއުސަން.
03 January 2024
މާލެއަށް ކަމެއްކޮށްދޭވާހަކަ ބުނާއިރަށް ރާއްޖެތެރޭ މީހުން ކެކިއަރައިގަންނަނީ އެރަށްރަށަށް ކޮށްދީފައި ހުރި ކަންކަން މަދީތަ ؟ ވަރުގަދަ ވެއްޖެ ކަމެއް.
ދޯޕައްޓާ
03 January 2024
އޭ މިރަށު އާބާދީ ތި ވިލިނގިއްޔަށްވުރެ މާބޮޑޭ އެކަމަކު ހޮސްޕިޓަލެއްނުހުރެއޭ އެތައް ގަޑިއިރަކުންނޭ ހޮސްޕިޓަލަކާހަމައަށް ދެވެނީ، ދެން ކީއްވެހޭ ވިލިނގިލީގަ ސަރުކާރުން ހޮސްޕީޓަލް ހަދާފަ އެހަރީ މިރަށުގަ ހޮސްޕިޓަލް ނަހަދާ.
މުސްދިގު.
03 January 2024
ތިޔަބުނާ އަޅާލުން އަލާލި ކަމަށްވާނީ މާލޭ ރަށްކޮޅުގެ މީހުންނަށް ރަން އިލޮށިން ކާންދިނީމަ. މިރާއްޖޭގެ އެެހން ރަށްރަށުގެ ހާލަތު އިގޭ މީހަކު ތިތަނުގައި އެބަހުރިތަ؟ ހޮސްޕިތަލޭ ކިޔާފައި ބޮޑެތި ނަންބޯޑް އަޅުވާފައި ހުންނަ ތަންތަނުގައި ޑޮކްޓަރެއްނެތް. ޕެނަޑޯލް ގުޅައެއްނޫނީ ބޭހެއް ލިބޭކަސްނެތް.
ދަބަރުކޭ
03 January 2024
އަޅާނުލަޔޯލަ!! ކ.އ މާލޭގެ ސާހިބުންނާ ސާހިބާއިން ތިރަށުގަ ވަޒަންވެރިވުމާއެކީ ތިރަށުގެ ހުރިހާ މަގުތަކެއްގަ ގާއަތުރައިގެން ހަދާފަ ކަފިހިހުރަހަށްދާންދެން ކުރެހީ އެކަމަކު އިންޖީނުލީ އުޅަނދު ދުއްވުން މަނާރަށެއް ތިޔާ. މިހާރުވެސް 2 ހާހެއްހާ މީހުން އުޅޭއިރު ރަށުގެ ދެކޮޅުގަ 900 މިލިއަން ޑޮލަރުގެ ދެބުރިޖު އެއަޅަނީ، އަޅާނުލައޭ އެބަކިޔައެއްނު.