ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްޖަހާފައި.-- ފޮޓޯ: އަހުމަދު މުނައްވަރު/ ފޭސްބުކް
04 ޖެނުއަރީ 2024 - 10:39
މާލޭގެ ޒިކުރާ މިސްކިތަށް ބިސް ޖެހީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒިކުރާ މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށް ބިސްތަކެއް ތަޅާލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނަކު ދެނެގަނެވިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތަށް ބިސް ޖެހި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަކީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.
"ހިސްޓްރީ އޮންނަ މީހެއް. އެކަހަލަ (ނަފްސާނީ) މައްސަލަ ތަކުގެ ހިސްޓްރީ އޮންނަ މީހަކަށްވުމުން އޭނަ ހައްޔަރެއް ނުކުރެވޭނެ. އާއިލާއިން ދަނީ ޖެންޑާއާ ގުޅިގެން އޭނައަށް ދޭން ޖެހޭ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިސްކިތަށް ކުޅު ޖެހުމާއި މިސްކިތުގައި ހުންނަ ހަތިމުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް ކުރިން ހިނގާފައިވެ އެވެ.
އޭގެތެރެއިން ވެސް ގިނަ މައްސަލަތަކުގައި ހިމެނެނީ، ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ނުވަތަ އެކަހަލަ ކަމެއް ތަހައްމަލް ކުރަމުންދާ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލްް
04 January 2024
ނަފްސާނީ ބަލީގެ މީހުން ދީނާ ހިލާދު ހަރަކާތްތަކަށް ބިސްނުޖަހައި މިސްކިތަށް ބިސްޖަހަނީ ކީއްވެ.
ރޯނުއެދުރުކަލޭފާނު
04 January 2024
ވެދާނެ ނަފްސާނީ މައްސަލަ ހުރި މީހަކަށްވެސް. މިސްކިތަށް ކުޅުޖެހުން، މުޞްހަފަށް ކުޅުޖެހުން ފަދަ ކަންކަން ކުރީމާ ނަފްސާނީ މައްސަލަ ފާހަގަވަނީ. ހައްޕު
ބަރުބާދު
04 January 2024
ތިޔަބަލީގެ ގިނަމީހުން މިހާރު ތިބޭނީ ކުރީގެ ހަކުރާގޭގަ ހަދާފަހުރި ބޮޑުއިމާރާތެއްގަ ވަރައް އިއްޒަތާއެކު، އަވަހައް އެތަނައްގެންދޭ.
ބަރުބާދު
04 January 2024
ނަފްސާނީ ބަލިމީހާޔައްއެގޭ މިސްކިތައް ފާޚާނާކުރާށާ ބިސްޖަހަން، އެކަމަކު ނަފްސާނީ ބަލިމީހާޔަކައްނޭގޭ އަމިއްލަދެފައިދަޑިޔައް ދެކަމުގޮސް، އަމިއްލަ ބޮލައް ބިސްތަޅާކައް.
ދެރަކަމެއް
04 January 2024
ތީ މިހާރު މުޅިދުނިޔެއަށްވެސް ފެތުރެމުންދާ ވަބާއެއް. ދީނަށް ފުރައްސާރަވާފަދަ ކަމެއް ކުރާމީހާއަކީ ނަފްސާނީ ބަލިމީހަކަށްވަނީ. އެހިސާބުން އެނިމުނީނ
ކިރު ސައި
04 January 2024
ބަލި މީހުން ބަލިކަން ގަބޫލުނުކުރާނީ އަދި އެއަށްވުރެ ބަލި މީހުން. އަގީދާ ބަލިމީހުން. ފީ އިލޮށީގެ އީމާންތެރިން/
ކަނޑު އަލީ
04 January 2024
ނަފްސާނީ ބައްޔޭ ކިޔައި ދީނާއި ނުކުޅޭ! ތިޔަ ހިންގާ ޕުރަޕެގެންޑާ މިހާރު ދިވެހިން ދަނެ ފަރިތަވެއްޖެ. ރުޅި ނާރުވާ އިނގިއްޖޭ
ކިމް
04 January 2024
ޢޮފްކޯސް.
ލަވާލީ
04 January 2024
ކުރީ ސަރުކާރުގަ ހިނގިކަމެއްނަމަ އަލީރަމީޒުމެންގެ "ފުރާނަ އަލްބަމް" އަނެއްކާވެސް ނުކުތީސް
އައިމިނާ
04 January 2024
ހަމްދަރުދީވަން. މަޢާފްކުރުން އެދެން. ނަފްސާނީބަލީގެ މީހުންނަށް ހަމައެކަނި މިސްކިތްތަކާ ބެހޭ ހިތްވާ ކަމުގައި ވަނީނަމަ އެއީ މައްސަލައެއް ނޫންތޯ.