މީގެ ކުރިން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގްސް.
06 ޖެނުއަރީ 2024 - 19:37
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ މިމަހުގެ ދެވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ އެ ޕެކޭޖުން މަސްތުވާތަކެތި ފެނިފައިވަނީ އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
އޭގެ ބަރުދަނުގައި 1.1 ކިލޯ ހުރިއިރު އެ މަސްތުވާތަކެތި ސިންތެޓިކް ކެތިނޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އެ ޕެކޭޖް ބަލައި ދިޔަ 20 އަހަރު ދިވެހި ފިރިހެނެކެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
07 January 2024
މާދަމާ އޭނަދޫކޮއްލާނެ ޕާރސަލްބަލާދިޔަކަސް އޭގަހުރިއެއްޗެހި ބަލާދިޔަމީހާގެ އެއްޗެއްކަމައް ހެކިބަސްނުދީގެން ސާބިތުނުކުރެވޭތީ!!!!!
ޖަމަލޭ.
06 January 2024
ސިންގަޕޯކަގަލަ ގައުމުތަކަށް ޑުރަގު އެތެރެކުރާކަށެއް މީހުންނަކަށް ނުކެރޭ މިގައުގަ ކަނޑުމަގުން ވައިގެ މަގުނު ޕޯސްޓު މެފުވެރިކޮށް ނޫނީ އެއެއްޗެހި ރޮލާ ދިރުވާލައިގެން އެބަގެނޭ. ކީއްވެ މިގައުމު މާ ބަލިކަށީ