މަންޓާ އެއާގެ ބޯޓަކަށް ވަރަށް ބޮޑަށް ގެއްލުނެފައި.-- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
12 ޖެނުއަރީ 2024 - 11:17
މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި، މަންޓާ އެއާގެ ސީޕްލޭން އަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ބޯޓަށް ގެއްލުންތަކެއް ވެފައިވާ ވީޑިއޯއެއް މިއަދު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މަންތާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު، މާލެ އަތޮޅު ފަޅެއްގެ ޑޮކެއްގައި އެ ބޯޓު އަޅާފައި އޮއްވައި ކަހާލައިގެން ގޮސް ކަމަށެވެ.
"ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅޭއިރު ވާކަހަލަ ކަމެއް މިއީ. އެއީ އެހާ ބޮޑު ކަމެއް ނޫން. ބޯޓު ކަހާލައިގެން ގޮސް ޖެހިފަ ގެއްލުން ވެފައި އެ ހުރީ. މަރާމާތަށް ފޮނުވާލާފައި މިހާރު ވާނީ. ރިޕެއާ ކުރަން އަޅުގަނޑުމެން ފޮނުވަނީ ދ. އަތޮޅުގައި އޮންނަ އަޅުގަނޑުމެންގެ ތަނަށް."
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
moosun gose ve Manta Air aircraft akah bodu genlumeh vejje. pic.twitter.com/woKujHI875
— Accidents in Maldives (@AccidentsMV) January 12, 2024
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ހުރަސްކުރާތީ، ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.
މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރ. އަތޮޅުން ފެށިގެން ލ، އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެ އެވެ.
ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
MySuperGreenDOTcom
13 January 2024
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅޭއިރު ވާކަހަލަ ކަމެކޭބުނެ ހިތްހަމަޖައްސާލަންޖެހޭ ޒާތުގެ ކަމެއްނޫންތީކީ، އަޅުގަނޑުގެ ވިސްނުމަށް ގަބޫލުކުރެވެނީ ކޮންމެވެސް ބައެއްގެ ފަރުވާކުޑަކަމުން ދިމާވިކަމެކޭތީ، މިދުވަސްވަރަކީ މޫސުންގޯސްދުވެސްވަރެއްކަން ނޭންގެނީތޯ، ތިޔަފަދަކަމެއް ހިނގާފާނެތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައްނޭޅީކީއްވެތޯ؟ އެހެންނޫނަސް ތިޔައީ ކަނޑުގައި ދުއްވާއުޅަނދެއްނޫން ދުއްވަނީ އެއަރ ގައި، ކަންޑުގައި ޖައްސާ ނުވަތަ ޕާކުކުރާއުޅަނދެއް
ސާމިހް ކެޕްޓަން
12 January 2024
އަސްލު ސީޕްލޭން ކެބިން ކްރޫއިނަށް ރަނގަޅަށް ވާއައްސަން ނޭނގެނީ. އޯވަނައިޓަށް ބޯޓު ސެކިއޯ ކުރާއިރު ކެޕްޓަންވެސް ޖެހޭނެ ބަލަން ބޯޓު ރަނގަޅަށް ސެކިއޯ ވެފަތޯއޮތީ. ތީގަ އުޅުނު ހުރިހާ ކްރޫއިނަށް އެކްޝަން ނަގަންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
12 January 2024
މަންޓާ ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު ވިދާޅުވިފަދައިން ވީޑިއޯ އަކުންވެސް ބޯޓުގެކުރި އެއްކޮށްފުޑުފުޑުވުން ނޫން "މާބޮޑު ގެއްލުމެއް" ފެންނާކަށްނެތް. # އެވިއޭޝަން ދާއިރާގެ މިފަދަކަންކަމަކީ ފަޅާއެލުމުން ސިއްރު ސިއްރުން އަމިއްލައަށް ރިޕޯޓެއްނެރެލާފައި އަމިއްލަ ހެގަރެއްގައި ބޯޓްމަރާމާތުކޮށް އަމިއްލައަށް އިންސްޕެކްޓްކޮށްގެން އަނެއްކާ ދަތުރަށްނެރެވޭގޮތަށް އެހާފަސޭހަގޮތަކަށް ރާއްޖޭގައި އޮންނަކަމެއްތޯ ޕައިލެޓް މިނިސްޓަރ ސާފުކޮށްދެއްވުން އެދެން.
މޯޑޭ
12 January 2024
މި އަފީފު މީހާދަ އޭވިއޭށަންވެސް އެންގޭ ދީދީ އެކޭދޯ ! މީނަ ވައްތަރީ އައްޑިހައިގެ އަހަރުތަކުގަ އެއަރްޕޯޓްގަ އުޅެފަހުރި ޕުރޮފެސަރަކާ!