ޔުނާން: އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައި
12 ޖެނުއަރީ 2024 - 17:07
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހުޅުމާލޭ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ 2020 ވަނަ އަހަރު ހައްޔަރު ކުރުމަށްފަހު ރިހުލާ ހުރީ މިދިޔަ އަހަރުން ފެށިގެން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އޭގެފަހުން މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ޔުނާން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އޭނާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭނާގެ ބަންދާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފުލުހުން އިއްޔެ ވަނީ އާ އަމުރެއްގެ ދަށުން ޔުނާން ހައްޔަރުކޮށްފަ އެވެ.
ޔުނާންގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޔުނާނާއި ރިހުލާގެ މައްޗަށް ދައުވާކުރާ މައްސަލަ ހުޅުމާލޭ ކޯޓުގައި މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫނާން
13 January 2024
މިއީ ދިވެހިންނަށްވެސް ހުތުރު އަރުވާ މީހުން. ފިލްމެއް ކުޅެލެވުނީމާ ލިބޭ ކުޑަކުޑަ މަޝްހޫރުކަން އިތުރު ކޮށްލުމަށްޓަކައި މޮޅު ކަންކަން ކޮށްލަނީ. ގިނަ ދިވެހި ސްޓާރުންގެ ކިބައިގާ އަޚްލާޤީ އެއްވެސް ފެންވަރެއް ނުހުރޭ. އަޚްލާޤުގެ އިތުރުން އެކްޓިންވެސް ރަނގަޅެއް ނޫން. އޯވަރ އެކްޓިން. ފިލްމެއްގައި އެމީހުން ރޯނަމަ، ބަލާ މީހުން ހޭނެ،. އެއީ، އެކްޓިންނަށް ކުޅަދާނެ ވީމާ ވާގޮތް.
ގުލްޒާރު
13 January 2024
އެހެނތާ ވާނީވެސް.. އެންމެ ފިލްމެއްގެ ސްކްރީނުގެ ކަނެކުން ކިރިޔާ ފެނިލިޔަސް އެމީހަކު އޮންނަނީ މަޝްހޫރު ފިލްމީތަރީގެ ލަގަބުދީފަ ވިއްޔާ
ޖީހާން×××
14 January 2024
އާދައިގެ ނިކަމެތި މިހާ ވީމަ ތޯ ބަންދުގަ ޖަލުގަ އޮަންނަން ޖެހެނީ. ކޮބާ ތޯ ރޯޔަލް ރޭޕްކެސް މީހުން. މަޖިލިސް މެމްގަރުގެ ފިރި މީހާ ވީމަ އަރާމުގަ އުޅެންވީ ދެއްތޯ؟ އެމީހުންނަށް ހަމަޔަށް ޤާނޫނެއް ނުހިނގާދޯ؟. ޔުނާނުގެ ކުއް ދިފާއުކުރަނީ ކީ ނޫން. މިރާއްޖޭގަ ކަން ހިނގާގޮތް ބުނެދިނީ ....