ޚަބަރު / އިލެކްޝަންސް ކޮމިޝަން

ވޯޓުލީ 17،000 މީހުން، އީސީން އަންދާޒާކުރި ވަރަށް ވުރެ ވެސް މާ ދަށް އަދަދެއް!

މާލޭގެ މޭޔަރާއި ތިން މެންބަރުންގެ ބައި-އިލެކްޝަންގައި މީހަކު ވޯޓު ލަނީ، އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭ ސިޓީ ކައުންސިލް މޭޔަރާއި ތިން މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެގެ އިންތިހާބު ބާއްވާފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނާއި، މެދު ހެންވޭރު އަދި ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުން ސަރުކާރުގެ އެހެން މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ، އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުލެވޭ އާބާދީގެ 32 ޕަސެންޓް މީހުން ކަމަށާއި މިއީ އަންދާޒާ ކުރި އަދަދަށް ވުރެ މާ ދަށް އަދަދެއް ކަމަށެވެ.

ހަބީބް ވިދާޅުވީ، އާންމުކޮށް ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދު މަދު ނަމަވެސް މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބެއް ކަމުން ވޯޓު ލާން ގިނަ ބަޔަކު ނުކުންނާނެ ކަމަށް ލަފާކުރި ކަމަށެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު މާލެ މޭޔަރުގެ އިންތިހާބުގައި 40.93 ޕަސެންޓް މީހުން ވޯޓު ލި އެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަކަން ފާހަގަކޮށް، ހަބީބް ވިދާޅުވީ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މިކަހަލަ އިންތިހާބުތަކުގައި މަދުވާ ސަބަބު ބަލަން ޖެހިފައިވާ ކަމަށެވެ.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާން ކޮށްފައި ވާއިރު މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކޮށްފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.

30 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގތގރރ

15 January 2024

ޕާރޓީތަކަށް ފައިސާ ދިނުން ހުއްޓާލާ އޭރުން ރަނގަޅުވެދާނެ.. ޕާރޓޠ ހަދައިގެން ވަގު މެންބަރުން ލައިގެން އުޅެނީ ސަރުކާރުންދޭ ފައިސާ ނަގަން.

The name is already taken The name is available. Register?

ލޮއްލަ

14 January 2024

ރައްޔިތުންނަށް މިހާރު އެނގޭ ތިޔަ އިންތިޚާބު ތަކަކީ ބޭކާރު އެއްޗެއްކަން. ކެމްޕޭނުގައި އަރުވަނީ ހުސްފޮނުކަން. އާޚިރުގައި އާދައިގެ ރައްޔިތުމީހާއަށް ތިޔަކުން އެއްވެސް މަންފާއެއް ނުކުރާކަން. ވޯޓު ލާން ތިޔަ ދިޔައީ ޕާޓީ ކުދިންނާ ވޯޓު ގަތް މީހުންނާ ވޯޓަށް ދަރާފަ ތިބި މީހުން.

The name is already taken The name is available. Register?

ަސދފ

14 January 2024

ވޯޓުނުލުމަކީވެސް ހަމަ ރައްޔިތުންގެ ބާރު..

The name is already taken The name is available. Register?

އަހުމަދު އަލިމަނިކު

14 January 2024

ކަމުދާ ކެންޑިޑޭޓެއް އެއްވެސް ޕާޓީ އަކުން ދައްކާފަ ނުވޭ. އެހެންވެ އަހަރެމް ވޯޓްލަން ނުދިޔައީ. އަހަރެމެންނަކީ ދިވެހިން. މީހަކު ދައްކާހާ މީހަކަށް ވޯޓެއް ނުލާނަން. އަބަދު ފަސްބައި ކިލަނބު މީހުން ނެރުނީމަ ރުހުން ނުދޭންވެގެން ނުދިޔައީ. ބަޔަކަށް ހީވާނެ ހޮވުނީމަ ވަރަށް ގަދައޭ ތިމަންނަމެން. އެކަމު ހަޤީގަތަކީ ދިވެހިން ބޭކާރު ކަންކަމާ ނޫޅޭނެކަން މި ބުނެދެނީ.

The name is already taken The name is available. Register?

އާޒިމް7499

14 January 2024

ފްލެޓަށް ލީމަ ޝަރުތު ހަމައެއް ނުވޭ، ގޯއްޗަށް ލީމަ ޝަރުތު ހަމައެއް ނުވޭ، އެހެންވީމާ ވޯޓު ލާން ވެސް ޝަރުތު ހަމައެއް ނުވާނެ

The name is already taken The name is available. Register?

ރުއްވަލު ގްރޫޕް

14 January 2024

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ ތިޔަ ކައުންސިލްތަކަކީ ރައްޔިތުން ބަލައިގަންނަ ތަންތަނަށް ނުވާތީ. ރަށުތެރޭ މޫކަނޑަން އުޅޭ އަޑުގަދަ ގުރޫޕާއި، ނުކިޔަވައި، ސްކޫލްގައި ލާނެތްކަން ދައްކަން އުޅުނު ގްރޫޕްތަކުން ރައްޔިތުންގެ މައްޗަށް ބަސްކިޔަން އަންނަ ސިސްޓަމެއް ރައްޔިތުން ބަލައި ނުގަންނާނެ. މެރިޓް އުސޫލަކުން ތިޔަ ތަންތަނަށް މީހުން ހޮވާނަމަ ހަރަދުކުޑަވެފައި ނިޒާމު މާ ހަރުދަނާވާނެ.

The name is already taken The name is available. Register?

ޥަނގާރު އަލީ

14 January 2024

މިކަމުން އެނގެނީ، ގަބުޅިނކަތީބުން މާއަގުގައި ބަލައިގަންނަކަން. ވޯޓެއް ލައިގެން ވާދަވެރި ވޯޓެއްވިއްޔާ ކާމިޔާބު ކުރާނި އަޑުގަދަ ބަރަށް ހަޅޭއްލަވާ މީހުންނަށް ފުރައްސާރަ ކުރާމީހުން. ހެޔޮލަފާ ޢަޚްލާޤެއް ހުރިމީހަކު ކުރިމަތިވެސް ނުލާނެ. އަބުރު ސަލާމަތުން ބާއްވަން ބޭނުންވާތީ

The name is already taken The name is available. Register?

ކޮރަލް

14 January 2024

ވޯޓް ލާން ދާން ޖެހޭ ސަބަބެއް ނެތެވެ. ކުރިއަށް އޮތީ މަޖްލިސް އިންތިހާބެވެ. ބޮޑެތި ޕާޓީ ތަކުން ގިނައިން ވޯޓް ހޯދަން އަންނަނީ އަސާސީ ފެންވަރުގެ މީހުންނެވެ. އިސީ ފުރަތަމަ ތައުލީމީ މަސައްކަތް ކޮށްގެން މަޖްލިސް އަށް ކުރިމަތި ލެވޭ ތައުލީމީ ފެންވަރެއް ކަނޑަ އަޅާ ބަލާށެވެ. ދެން ދެއިރު ދެދަޅައަށް ޕާޓީ ބަދަލު ކުރުން ހުއްޓުވަ ބަލާށެވެ.

The name is already taken The name is available. Register?

ގތފވޔހވބޔ

15 January 2024

އެވެސް ވިޔަފާރިއެކޭ..ނުހުއްޓުވޭނެދޯ؟؟ ދެން ކޮބާ ދައުރެއް ފުރިހަމަ ކުރީމާ އެބޭފުޅުން ތިބެންވީ ގޭގަ ފައިތަޅުވަން..ސަރުކާރުން އެމީހުން ބަލާ ވިއްޔަ

The name is already taken The name is available. Register?

ސަބަބުހޯދާ

14 January 2024

ކޮންމެވެސް ނޫހަކުން މި ބުނާ އެނާލިސިސް ހަދާލަބަލަ! 54،680ގެ ތެރެއިން މާލެ، ވިލިމާލެ، ހުޅުމާލޭގެ ރަޖިސްޓަރީގައި ތިބި އާބާދީ(ރަށްތައް ވަކިން އެނގޭގޮތަށް)އާ ދަފްތަރު އާބާދީ އަށް ބެހުމަށްފަހު، ކޮންމެ ބަޔަކުން ވޯޓުލީ ނިސްބަތް. މިއީ ލާމަރުކަޒީ ނިޒާމު އެކުލަވައިލައިފައިވާ ގޮތުގެ މައްސަލައެއްތޯ ނުވަތަ ސަރުކާރުން (ކައުންސިލް ހިމެނޭގޮތުން) އަސާސީ ޚިދުމަތް (ޚާއްސަކޮށް ބޯހިޔާވަހިކަން) ފޯރުކޮށްދިނުމުގައި އުޅޭ މައްސަލައެއްކަން އެނގިގެންދާނެ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 January 2024

އިންތިޙާބުތަކުގެމަތިން ދިވެހިން ފޫހިވުމުގެކުރިން ލާމަރުކަޒީ ޤާނޫނުއިސްލާޙްކޮށް މިހާރުއޮތް ދާއިރާތައް ނުވަތަ ކައުންސިލްތަކުގެބަދަލުގައި ރާއްޖެ އިދާރީ ޤާނޫނީ 3 ދާއިރާއަކަށް ބަހާލުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި އިންތިޙާބީ ޤަވަރުނަރަކު ބެހެއްޓުމަށްފަހު މުނިސިޕަލް ކައުންސިލްތަކެއްހަދަން ޤާނޫނަށްބަދަލުގެނައުން ރަނގަަޅު.

The name is already taken The name is available. Register?

ލޮއްލަ

14 January 2024

މާލޭ ސަރަހައްދު އެއީ ހަމައެކަނި ދިވެހިރާއްޖެ ކަމަށް ކަނޑައަޅައި ސައުތު އަދި ނޯތު އެއީ އެހެން ދެ ގައުމުކަމަށް ކަނޑައަޅައި ރަޖިސްޓްރީތަށް ބަދަލު ކުރާން ވެއްޖެ. މިނޫން ގޮތަކަށް މަމެން ރާއްޖެތެރެއަށް އެއްވެސް މޮޅެއް ހެވެއް ނެތް. ކީއްކުރާން ނަގާ ވޯޓުތަކެއްބާ..؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454