ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޒަމީރު އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއެއް ނަންގަވަނީ: ރާއްޖެ އިން ދަމަހައްޓާނީ ވަން-ޗައިނާ ޕޮލިސީ ކަމުގެ ޔަގީންކަން ދެއްވި.
14 ޖެނުއަރީ 2024 - 20:01
ރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަނީ "ވަން ޗައިނާ" ޕޮލިސީ ކަމަށާއި ކުރިމަގުގައި ވެސް އެ ސިޔާސަތުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ދީފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ ޔަގީންކަން ދިނީ ޗައިނާއާ ވަކިވެގަނެ، ވަކި ދައުލަތެއް ހަދައިގެން އުޅޭ ޓައިވާނުގައި ރިޔާސީ އިންތިހާބު ބާއްވައި، ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ އިންތިހާބު ކޮށްފައި ވަނިކޮށެވެ.
ޓައިވާނުގައި އެ އިންތިހާބު ބޭއްވީ ކުރިން އެކަން އެ ގޮތަށް ކޮށްފި ނަމަ، ނުތަނަވަސްކަން އިތުރަށް ބޮޑުވާނެ ކަމުގެ އިންޒާރު ޗައިނާ އިން ދީފައި ވަނިކޮށެވެ.
ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ "ވަން-ޗައިނާ"ގެ ޕްރިންސިޕަލްގައި ރާއްޖޭން ސާބިތުކަމާ އެކު، ދެމިތިބި ކަމަށާއި އެއީ ރާއްޖެ އާއި ޗައިނާގެ ގުޅުން އޭގެ މައްޗަށް ބިނާވެފައިވާ އަސާސް ވެސް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އެ ޔަގީންކަން ޗައިނާ އަށް ދެއްވާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭން ގަބޫލު ކުރާ ހަމައަކީ މުޅި ޗައިނާ ރަމްޒު ކޮށްދޭ ދައުލަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަމަށާއި ޓައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް ކަމަށެވެ. ޗައިނާގެ އިސްތިގުލާލާއި ސިޔާސަދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކީ ރާއްޖެ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް، ޓައިވާންގެ އިންތިހާބާ ގުޅުވައި ރާއްޖޭން ނެރުނު ބަޔާނުގައި ބުންޏެވެ.
ރާއްޖެ އިން ވަނީ ޓައިވާނާ އެކު އެއްވެސް ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދީފަ އެވެ. އަދި ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ފޯރުވުން ވެސް ރާއްޖެ އިން ކުށްވެރި ކުރި އެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރުތަކުން ވެސް "ވަން ޗައިނާ" އުސޫލުގައި ދަމަހައްޓާފައިވެ އެވެ. ނަމަވެސް އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ރިޕަބްލިކް އޮފް ޗައިނާ" އަށް ސަފީރަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. ރިޕަބްލިކް އޮފް ޗައިނާ އަކީ ޓައިވާނެވެ.
އެކަމަކު، ފަހުން އެ ސަރުކާރުން ވަނީ އެކަން އެގޮތަށް ކުރެވުމުން ޗައިނާގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ސަރުކާރުން ނެރުނު ބަޔާނުތަކުގައި ވެސް "ވަން ޗައިނާ" އުސޫލު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
16 January 2024
ކޮމެންޓުތައް ކިޔާލީމަ ތާރީހު ދިވެހިން ނުކިޔާކަން ސާފު. އދ ގަ އޮތް އެއްޗެއް ވެސް ނުކިޔާކަން ސާފު. ހުޅަނގުގެ ޕުރޮޕަގަންޑާ ނޫސްތަކުން ކިޔާހާ ބަންޖެއް ރިޕީޓުކުރާކަން އެނގެނީ ލޮލް
މުހައްމަދު އަނަސް.
15 January 2024
ވަރަށް ރަނގަޅު ކަމެއް. ގައުމަށް ފައިދާވާ ގޮތަށް ނިންމުންތައް ބައްޓަންކުރަންވާނީ.
މޫސާ ޔައިޝް
15 January 2024
ސާބަހޭ ރައީސް. އަބަދުވެސް ގައުމު އިސްކުރަން ވާނީ.
ޖަސްބާ
15 January 2024
ބާރާބަރު ނިންމުމެއް. އެއްއިރެއްގަވެސް ތައިވާން ' ހޮންކޮންގް އެއީ ވަކި ދައުލަތެއްނޫން. އެޔީ ސީދާ ޗައިނާގެ ރަށްތަކެއް. ހުޅަނގާއި ފައްޅިތަކުން ފަންޑުކުރާ ދޮ ޑޮމޮކޮރޮޓޮސޮ ކިތަމެ ދުންވިޔަސް ދިވެހިން އެޔަށް ވުރެ ހޭލުންތެރި.
ހައްޕު
15 January 2024
ހިލްމެއްނެތް މީހަކު ވެރިކަމުގައި ހުރީމަ މިހެންވާނެތާ!
އަހަންމަދާ
15 January 2024
މިއީވާ ބައެއް އަލަށް ވެރިކަމަަކަށް އާދެވުނަސް ތިވަރުވާހަކަށް ނުވާނެ. ޗައިނާ ބުނާހާ ގޮތެއް ހެދުން އެއީ މި ގައުމުގެ މިނިވަން ކަން ބާ؟
ށަފަރުކަތްދަ
15 January 2024
ޤައުމިއްޔަތު ދިރުވާއާލާކުރުމާއި ރައްކާތެރިކަން ކަށަވަރުވީ އަވަށްޓެރި ޤައުމުތަކޤއި ޖެހި ޤައުމުވިއްކާލާފަވެސް ޖީބު ބޮޑުކޮށްލެވުނީމަނުން
ވަކިކޮޅަކަށް ނުޖެހޭގޮތައް ތިބެމާ؟
15 January 2024
އޭ، ކީއްތިކުރީ؟ ތީތި ކަޑަ. ތިކަހަލަ ކަންކަމުގައި އަހަރަމެން ބައިވެރިނުވިއްޔާ ރަނގަޅުވާނީ
ތަކުރުބެއްޔާ
15 January 2024
ރަސްމީ ސިފައެއްގައި ސިޔާސީ ގުޅުން ނުބޭއްވިޔަސް ހުރިހާ ގައުމާކާއި އެކުވެސް އެކުވެރިކަން ބޭއްވަން ވާނެ. އެންމެ ރަގަޅު ގޮތަކީ ތިކަހަލަ ކަންތަކަށް ބަޔާން ނުނެރެ އަޅާ ނުލާ ތިބުން. ތިހެން ބަޔާން ނެރުނީމަ ގައުމުތަކާއި ޖެހުން ނޫން ކަމެއް ނުވާނެ. ތައިވާނަކީ ވެސް ވަރުގަދަ އިގުތިސާދެއް އޮތް ގައުމެއް. އަދި އެލެކްޓްރޯނިކް ޗިޕް އުފައްދާ އެންމެ ވަރުގަދަ އެއް ގައުމު. އެމެރިކާވެސް ސިޔާސީ ގުޅުން ގާއިމުނުކޮށް ތައިވާނާ ގުޅުން އެބާއްވަނީ.
ލާމިއުު
15 January 2024
ކާންޓް ޗޫސް ތައިވާން އޮވާރ ޗައިނާ
އަފާާ
15 January 2024
ނޯ ޓު ޓައިވާން