އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
18 ޖެނުއަރީ 2024 - 09:10
މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ނިންމުން އަވަސް ކުރަން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ނިންމީ ސަރުކާރުން ކައުންސިލްގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ނޫން ކަމަށް އެކްޓިން މޭޔަރު އަހުމަދު ނަރީޝް ރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ކައުންސިލުން ނިންމައިފައި އޮތީ 100 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލު ކުރުމަށެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ގޮވައިލައްވާފަ އެވެ. އާޒިމްގެ އިތުރުން ވެސް އެމްޑީޕީގެ އިސް ބޭފުޅުން މިކަމާ ގުޅިގެން ކައުންސިލާއި ސަރުކާރަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވަނިކޮށް، އިއްޔެގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ނަރީޝް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލް ފްލޯ އަށް ހުށަހަޅައި މަޝްވަރާކޮށް، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިޔަތުން އެގޮތަށް ބޭނުންވީމަ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ނަރީޝް ވިދާޅުވި އެވެ.
- ވިލިމާލޭގެ ކޮމާޝަލް ބިލްޑިން.
- މާލޭ ހޯލްސޭލް ސެންޓަރު.
- މާލެ މިކްސްޑް ލޯކަލް މާރުކޭޓް.
- 14 ޕާކިން ބިލްޑިންގް.
- މާލެ ސިޓީ ކައުންސިލް އޮފީސް ބިލްޑިން.
- ވިލިމާލެ އައުޓްޑޯ ކުޑަކުދިންގެ ޕާކް.
- ވިލިމާލޭގައި 500 ހައުސިން ޔުނިޓް.
- ސިނަމާލެ ފްލެޓްތަކުގެ ރީޑިވެލޮޕްމެންޓް މަޝްރޫއު.
- ވިލިމާލޭގެ އަންހެނުންގެ މާރުކޭޓް އަދި ފުޓްސަލް ކޯޓު.
- މާލެ ފެސިލިޓީސް އަޕްގްރޭޑް ޕްރޮޖެކްޓް.
އެ މަޝްރޫއުތައް ނިންމަންޖެހޭ މުއްދަތުތަކާއި ޕްރޮގްރެސް ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް ވެސް ސިޓީ ކައުންސިލުން ވަނީ އެކުލަވާލައިފަ އެވެ.
ނަރީޝް އެހެން ވިދާޅުވި ނަމަވެސް، ކައުންސިލުން ކުއްލި ގޮތަކަށް މި ނިންމުން ނިންމީ މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވެފައި ވަނިކޮށް އަދި އޭނާގެ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ދަނޑިވަޅެއްގަ އެވެ.
މަޝްރޫއުތައް ސަރުކާރަށް ބަދަލުކުރަން ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވީ އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި މުހައްމަދު ޝާހިދެވެ. ކައުންސިލްގެ ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިއިރު އެއީ ރައީސް އޮފީހުގެ މިނިސްޓަރުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅެކެވެ. ޝަހީދުގެ ހުށަހެޅުމަށް ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ތާއީދުކުރެއްވި އެވެ. އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
20 January 2024
ރަނގަޅު. އަތެއްނުބާނާ. ރައީސް އޮފީސްތެރެއިން މަޝްވަރާ ކޮށްލާފަ އައިސް ޕްރޮޖެކްޓްތަކަށް ބާރު ހިންގޭގޮތަށް ބަދަލުކޮށްލީ. އެހެންނު؟ ކޮން ބައެއް ތީ. ރައީސް ޔާމީން ކޯޓަށް ގެންދާ ދުވަސްދުވަހު އެތަނަށް ގޮސް ރޮއި ބިންމަތި ފުރޮޅި އުޅުނު "މުނާފިގުންތަކެއް". ކޮންމެ ފަދަ ބޮޑު ދޮގެއްވެސް ހަދާފާނެ. އަނެއްކާ ނަރީޝް ތީ ގުދުރަތީގޮތުން އުފެދިފަ ހުރި ފައިސާ ގުނާ މެޝިން ދޯ؟
ފަލަޑޭ
19 January 2024
ސިޓީ ކައުންސިލުން ހިންގާފަ ހުރި ޖަރީމާ އާޒިމު ޖެހޭނެ ބަލަން
އަފްރާސިޔާބު
18 January 2024
އެހެން ވިއްޔާ ދެން ކޮންކަމެއްތޯ ކުއްލިގޮތަކަށް އެހެންތަނެއްގެ މުވައްޒަފަކު ސިޓީ ކައުންސިލުގެ މަސައްކަތްތަކެއް ސަރުކާރާ ހަވާލު ކުރަން ހުށަހަޅައިގެން ކައުންސިލުން ތި ނިންމީ. އަތެއް ނުބާނަޔޯ ސަރުކާރަކުން. އަތެއްނުން ބޭނީ ހަތަރެއްސް ފައި ބާނއިގެން ޖަހައިގަތީ ނޫންތަ؟ މަށަށް ހީވަނީ ސިޓީ ކައުންސިލުގެ ހުސްތޮށި ގަނޑުހެން އައު މޭޔަރަށް އޮންނާނީ ލިބިފައި.
ބަރުބާދު
18 January 2024
ތޮށިގަނޑުވެސް ނުލިބޭނެ ސަރުކާރާއުދިކޮޅައް ހަޅޭއްލަވާފައައިސްގެން. ސައިޒްވާންޖެހޭނީ.
ކޮމެންޓް ބޯއީ
18 January 2024
ޕީޕީއެމް ވެރިކަމަށް އަންނަ ކޮންމެ ފަހަރަކީ ލާމަޒުކަޒީ ނިޒާމު ފުނޑާލާފައި، މާލެއަށް ބާރުތައް ޖަމާ ކުރުމުގެ 5 އަހަރަށް ވެއްޖެ.
ބަރުބާދު
18 January 2024
މީގަ އެމްޑީޕީމީހުން މާބާރައް އަޑުގަދަކުރުމުގެ ބޭނުމެއްނުފެނޭ، ސަރުކާރުގެ ބާރުހިނގާ ވަޒީފާއަކައް އަންނައިރު ގަދަބަސްބުނެފަ ގިރުވާންކޮޅައްޖަހައިގެން އައީމަ ވާނެހަތަރެތިތިއޮތީވެފަ. ސަރުކާރުގެ ކޮއްޓެއްގަ ބަދެވިފައިންނަ ކުކުޅަކައްވެގެން އިންނަންޖެހޭނީ.
ޙޭއަރާ
18 January 2024
އަދިވެސްރައްޔިތުންހޭއަރަންނުވޭބާ. ބަދަލުބޭނުންވީމަ ރަގަޅަށްބަދަލު އެބަދައްކާދޭ. އިރުދައްކާފަ ހަނދޭބުނެ އެގޮތުގަހިފަހައްޓަންވެސް ފަހަށްނުދާނެ. ޔާމިނުވާ އެއްޗަކަށްނުވި. މާލެގެ ރައްޔިތަކަށް އެއްވެސްކަމެއް ރަނގަޅުވިޔަކަ ނުދޭނެ. ކުރީސަރުކާރުން ދިންގޯތިތަކުގަވެސް މީހުންނަށްއުޅެވޭނެގޮތެއް ނުހަދާނެ. ކައުންސިލުންބޭރުން މީހުންވައްދައިގެން މިހާރުވެސް ހިތުހުރިއެއްޗެއްއެހަދާލީ ރައްޔިތުންކައިރިއަށް ވޯޓަށްސަލާންޖަހަން ތައްޔާރީގައޮއްވާ.ގަޓުވާއެބަހުރި
ފަހުދު.
18 January 2024
ބިރުން ހަޖަމުގެ މައްސަލަ ދިމާވީ
އާރުޓީ އައުޓް
18 January 2024
މާލޭ ކައުންސިލަށް ރާއްޖެތެރޭ މީހުން ހޮވީމަ ވާނެ ހުރިހާގޮތެއް ވެނިމިއްޖެ!
ޖާހިލިއް ޔ
18 January 2024
ފެށީ ވެސް ދޮގާއި މަކަރާއި ހީލަތުން! އެބައެއްގެ ގައިގާ އަށެގެންފައި ހުރި މުނާފިގު ޖާހިލު ސިފަތަށް ނައްތާލެވޭނީ އަމިއްލަ އަށް
ވޯލް
18 January 2024
ޤާނޫނުން ކައުންސިލަށް މަތިކޮށްފަ އޮތް ކަންކަން ކުރަން އެހެން ބަޔާކާ ހަވާލު ކުރެވިދާނެ ކަމަށް ނުދެެކެން. އެހެނީ އެހެންވާން ވެއްޖެއްޔާ މާދަން ކައުންސިލްގެ ހިންގުންވެސް މިނިސްޓްރީ އޮފް ސިޓީސްއަށް ދޭންވީ. ޕީޕީއެމް އާއި ރ.ޔާމީނާ އަދި ރ. މުއީޒު ކިތަންމެ ސުވަހެއް ވިއަސް ލާމަރުކަޒީ ގެ ވިސްނުން ބަލައެއް ނުގަންނާނެ އަދި ލާމަރުކަޒީކޮށް ރާއްޖެ ނުވެސް ހިންގާނެ ހިންގަވެސް ނުވެސް އެނގޭނެ.