ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވަނީ: ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އޮންނާނީ އަންނަ މަހުގެ 5ގައި-- ފޮޓޯ: މިހާރު
18 ޖެނުއަރީ 2024 - 09:38
ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ފަށާ ފުރަތަމަ ޖަލްސާ ބާއްވާ ދުވަސް މި އަހަރުން ފެށިގެން ބަންދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ޖެނުއަރީ 21، 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.
ރައީސް އޮފީހުން ބުނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ، މީގެ ފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ ފަށައިފަ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ އެވެ.
ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބް
20 January 2024
މަޖުލީހަކީ ދައުލަތުގެ އެއް ބާރު. މަޖުލީސް ހުޅުވާ ދުވަސް ބަންދު ދުވަހަކަށް ހަދައި އެދުވަހު ކްރިކެޓުމެޗު ކުޅުންފަދަ ޚާއްސަ ކަންތައްތަކެއް ކުރިން ފެނުނު. މިއީ މިހިނދަށްވެސް ބޭނުންތެރި ކަމެއްކަމަށް ބެލެވޭ. މަޖުލީހުގެ ހައިބަތާ ގަދަރު އުފުލަންވީ މަޖުލީހުމެންބަރުންނަށް އޮންނަ އިމްތިޔާޒު ތަކުން އެކަންޏަކު ނޫން. މުޅި މަޖުލީހާމެދު އާންމުން ގެ ނަޒަރިއްޔާތު ރަނގަޅުކޮށްގެން.
ޗައިނާ އިން އިންޑިއާ އައުޓް
18 January 2024
މަ މޮޅުވާން ކޮންމެ ކަމެއް ކުރަނީ، ނޫނީ ބަޔަކަށް ޖެއްސުމަށް. ވިސްނައިގެން ކަމެއް ކުރާ ތަނެއް ނުފެނޭ. ކޮންމެވެސް ޖަޒްބާތެއްގަ ކަމެއް ކުރާތަން އަބަދުވެސް ފެންނަނީ.
މުނީޒާ
18 January 2024
މަސައްކަތް ކުރާ ދުވަސްތައް އިތުރުކުރަންވީ.މިހާރުވެސް ރޯދަމަހު ފަހު 10 އެއް ޗުއްޓިއަށް ހަދާލީ. މިހެން ހެދުމުން ގައުމުގެ އުފެއްދުންތެރިކަން ކުޑަވެ ރައްޔިތުން ކަންނެއްވަނީ. ގިނަވަގުތު މަސައްކަތް ކުރަންވީ ސިންގަޕޫރަށް ހަދަން.
ބޭނުމީ
19 January 2024
އެންމެންވެސް ބޭނުންވަނީ މަސައްކަތެއްނުކޮއް ހުރިހާކަމެއް ހިލޭ ލިބެން. ސަރުކާރުގެ ސިޔާސަތުތައްވެސް ގިނަފަހަރު ހުންނަނީ މަސައްކަތްނުކޮއް ދިރިއުޅެން ހިއްވަރުދޭކަހަލަ ގޮތަކައް. މިހެންވުމުން ރައްޔިތުންގެ ކުރިމަތީ މަސައްކަތްކުރުމުގެ ރޫހު ގެއްލި ގައުމުގެ އުފެއްދުންތެރިކަން ކުޑަވޭ. ބޭނުމީ ސިންގަޕޫރައްވާން އެކަމަކު އެތާ ރައްޔިތުން މަސައްކަތްކުރާގޮތައް މަސައްކަތްނުކޮއް.
ރާބަ ޑާ
18 January 2024
ޗުއްޓީ ނުދީ ތީނަ ތި ބަޔާން ނުކިއިއްޔާ އެންމެ ރަނގަޅު ކަމެއް ބެލެވެނީ!
ސައިމާ
18 January 2024
ތިޔަދެން ސިއްރުސިއްރުން ކުރަން ތިޔަ އުޅެނީ ދޮގު މައްޗަށް ދޮގުހަދަންތޯ؟ ބަޔަކަށް ނީވޭނެހެން ސިއްރުސިއްރުން ތިޔަކަން ކުރުމުގެ ބޭނުމެއް ނުވިސްނުނެވެ.
ސައިމަލާ
18 January 2024
ކާކުތަ ސިއްރުން ކުރަން އުޅެނީ. ޓީވީ ހުޅުވައިގެން އިނދެބަލަ. ދައްކާނެ.
މަގެ ކަމަނަ ސައިމަލޭ
20 January 2024
ޓީވީ ހުޅުވައިގެން އިނދެވޭނީ ގޭގަ ހުރެވިގެން ދޯ. އޮފީހުގަ ޓީވީ ބެލޭކަށް ނެތޭ
ނިލިސް
18 January 2024
ޒަމާނުންސުރެ ކުރަމުން އައި ކަމެއް ހުއްޓާލުމަކީ އާދަކާދޔާ ބީރައްޓެހި ކަމެއްދޯ
ފަރަޖް
18 January 2024
ރައްޔިތުންނަށް އޮޮޅުވާލި ރައީސް! ޕްލާސްޓިކް ގޮނޑީގެ ކެމްޕޭނު!
ކޮމެންޓް ބޯއީ
18 January 2024
މުއިއްޒު މިދަނީ ފަހަތަށް. ސަގާފަތުގެ ކަންކަން ބަދަލުކުުރުމާއި، ލާމަޒުކަޒީ ނިޒާމާ ދެކޮޅު ސަރުކާރެއް މީ
ޑުރައިވަރ
18 January 2024
ވެލާނާ އެއާރފޯޓް މުއަށްޒަފުންނަށް މި އަންގަނި ޑޮލަރބޭނުންނުވާ މުއަށްޒަފުން އެޗްއާރަށް އަންގާށޭ. މީ ކިހާ ހެންވާކަމެއް ކާކުތަ ޑޮލަރބޭނުން ނުވާނި..ކޮންމެވެސް އެއްޗެއް ކިޔާގެން އެވެސް ކަނޑާަލަށް ތި އުޅެނި. ރިސްކު ކަޑާލި ގޮތަށް. މިއޮތީވާ ސަރުކާރެއް. ހެޔޮ ތި ބަޔާނެއް ނުދިނަސް. ފޫހިވެއްޖެ. ފެއިލުވެފަ ތި އޮތީ
ލައިލާ
18 January 2024
ދޮގުވެރި ކެހިވެރި ސަރުކާރެއް. ރަށްއިތުންނަށް ހުވަފެން ދަށްކާގެން އައިސް ދިމާ އިދިކޮޅަށް ގައުމް ހިންގަނި... މުއަށްޒަފުން ކަޑަނި.. ފުލަޓާ ގޯތިތައް ހިފަހަށްޓާގެން ތިބެނި. ރަށްރަށު ފަށައިފަ ހުރި ފުރޮޖެކުޓްތައް ހުއްޓިފަ. އިންޑިޔާއި ޖެހިގަންފި ހުރިހާ ގެންލުމެއް ރަށްއިތުންނަށް.