މޯލްޑިވިއަންގެ ބޯޓެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖެނުއަރީ 2024 - 10:53
ގއ. ވިލިނގިލީގައި ހާލު ސީރިއަސްވި 13 އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާއަށް މާލެ ގެނައުމަށް 12 މިނެޓުގެ ތެރޭގައި އާސަންދަ އެޕްރޫވްކުރިއަސް މާލެ ނުގެނެވި ލަސްވީ ފްލައިޓަށް ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލަކުން ކަމަށް، އާސަންދައިން ބުނެފި އެވެ.
އެ ކުންފުނިން ރޭ ނެރުނު ބަޔާނުގައި ބުނީ އިމަޖެންސީ އިވެކުއޭޝަނެއް ހެދުމަށް ވިލިނގިލީ ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:00 ހާއިރު ހުށަހެޅި ކަމަށެވެ. އެ ރިކުއެސްޓު، 12 މިނެޓުގެ ތެރޭގައި އެވްރޫކޮށް، ފްލައިޓުން ޖާގަ ލިބޭތޯ ބަލަން ހޮސްޕިޓަލުގައި އެދުނު ކަމަށް ބުންޏެވެ.
އެންމެ އަވަހަށް ޖާގަ ލިބެން އޮތީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:55 ގައި އެ އަތޮޅު ކޫއްޑޫއިން ކަމަށްވުމުން، ވީ އެންމެ އަވަހަކަށް އެ ކުއްޖާ މާލެ ގެނައުމަށް ހަމަ އެ ދުވަހު ފްލައިޓެއް ޗާޓަރުކުރުމަށް އިސް ނެގިކަމަށް އާސަންދައިން ބުންޏެވެ.
އެއާއެކު، ކޫއްޑުއަށް އެ ދުވަހުގެ މެންދުރު 2:55 ހާއިރު ލޭންޑުކޮށް، ހަވީރު 4:20 ހާއިރު މާލެއަށް އާދެވޭނެ ކަމަށް މޯލްޑިވިއަން އެއާލައިނުން އެންގި ކަމަށް ބުންޏެވެ.
އެހެންވެ، ވިލިނގިލިން ބަލި މީހާ އެއާޕޯޓަށް ގެންދަން 2:45 އަށް ސީ އެމްބިއުލާންސް ހަމަޖެއްސި ފަހުން، ކައްދުއަށް ދާ ޝެޑިއުލް ފްލައިޓެއްގައި ޖާގަ އެބަހުރި ކަމަށާއި އެ ފްލައިޓު ކޫއްޑުއަށް ޑައިވާޓްކޮށް، އެ ކުއްޖާ މެންދުރު 1:50 ހާއިރު މާލެ ގެންދެވޭނެ ކަމަށް ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށާއި ނަމަވެސް، ޝެޑިއުލް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ފަހު ވަގުތު އެ ބޯޓު ޑައިވާޓް ނުކުރެވުނީ ކަމަށް އާސަންދައިން ބުންޏެވެ.
"ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޗާޓަރޑް ފްލައިޓެއް ބާއްވައި، ޖެނުއަރީ 18، 2024 ގައި ކޫއްޑޫ އެއާޕޯޓުން ހުޅުލޭ އެއާޕޯޓަށް ބަލިމީހާ ގެނެވުނީ ހަވީރު 5:15 ގައި." އެ ކުންފުނިން ބުންޏެވެ.
އެ ދުވަހުން ފެށިގެން 13 އަހަރުގެ ފިރިހެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، އިއްޔެ ހެނދުނު 11:00 ހާއިރު އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރު އަމަލު ކުރަމުން އައި އުސޫލުގައި ބަލި މީހާ އުފުލުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ.
އޭނާ ވިދާޅުވީ އިމަޖެންސީގައި މީހުން އުފުލެނީ ހޮސްޕިޓަލުން ފުރަތަމަ މޯލްޑިވިއަންއަށް ޑިކްލެއާކޮށް، އާސަންދަ އެޕްރޫވްކޮށް އެކަން އާސަންދައިން މޯލްޑިވިއަންއަށް އެންގުމުން ކަމަށެވެ. އަދި ބަލި މީހާ ގެންނަނީ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކުން ހުސްވަގުތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިއްޔެއިން ފެށިގެން އަމަލު ކުރަން ފެށި އުސޫލުގައި އޮންނަނީ ހޮސްޕިޓަލަކުން މޯލްޑިވިއަނަށް އިމަޖެންސީ ހާލަތެއް އަންގާ ހިސާބުން އާސަންދައިގެ އެޕްރޫވަލްއަށް މަޑުނުކޮށް، ބަލި މީހާ ގެންދަން އިސްކަންދޭ ގޮތަށެވެ.
"އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން ބަލި މީހާ އުފުލާނެ. ވަގުތުން ވަގުތަށް މިއަދުން ފެށިގެން ދެން އެ ކަންތައް ހިނގަމުން ދާނެ. އެހެންވީމާ އެ އަންނަ ލަސްވުމެއް ދެން ނޯންނާނެ. މިއީ ސީދާ ރައީސްގެ އިސްނެންގެވުމަކަށް ރައްޔިތުންނަށް ހިދުމަތް މިހާރުން ފެށިގެން ދިނުމަށް ގެނައި ބަދަލެއް،" އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާ
22 January 2024
މިސަރުކާރުން މިކަހަލަ ކަންކަން ސިއްރެއް ނުކުރާނެ.
ވިލިގިލި
22 January 2024
ސަރުކާރުން ކަމުގެ ހަގީގަތް ސިއްރުކޮށް މޮޅު ވާހަކައެއް ހަދާލީ ނޫންކަމެއްވެސް އަހަރެމެންނަކަށް ނޭގެ.. ސަރުކާރުން ދައްކާ ބަހަނާތާ ފެންނާނީ.. ފަތިހު ޗާޓަރު ކުރުމަށް އާސަންދައިން ނިންމި އިރު، އެކަމަށް ޚާއްސަ ޑޯނިޔާ ނުވަތަ ހެލިކޮޕްޓަރ ބޭނުންކުރި ނަމަ ހެދުނު 9 ޖެހުމުގެ ކުރިން މާލެ ގެންދެވޭނެހެން ހީވަނީ. ނަމަވެސް ސަރުކާރުގެ ބޯހަރުކަމުން އެހެން ނަހަދާ މޯލްޑިވިއަންގައި އެދުނީމާ ވާނީ ލަސް، މޯލްޑިއަނުންވެސް މުޅި ޝެޑިއުލް ބަދަލުކޮށްގެން ދޯ ޗާޓަރެއް އެޅޭނީ
ހާޝީމް
22 January 2024
މިކަހަލަ ކަންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ވަނީ އެއާ އެމްބިއުލާންސް ގެންނަވާނެކަން އިއުލާންކޮށްފައި. ރައްޔިތުންގެ ދަތިތަށް މި ދަނީ ފުރަތަމަ ދުވަހުން ފެށިގެން ހައްލުކުރުމަށް މަސައްކަތް ކުރަމުން.
އިޝާމާ
22 January 2024
މިސަރުކާރާ ދިމާލަށް ފާޑު ކިޔާ ހުރިހާ ފަރާތްތަކަށް ކަން ވި ގޮތް ބަލާފަ ވާހަކަ ދައްކަން ގޮވާލަން.
އިސްމާއިލް ބުޝްރީ
22 January 2024
ފްލައިޓްއަށް ދިމާވާ ޓެކްނިކަލް މައްސަލައަކީ އަދި ކޮންމެ ބޯޓެއް ދުއްވިޔަސް ހަމަ ވެދާނެ ކަމެއް. މިސާލަކަށް ޑޯނިޔާގައި ޓެކްނިކަލް މައްސަލައެއް އުޅެގެން ދަތުރުނުކުރެވުނުނަމަ މިމީހުން ބުނާނީ ކީކޭބާ؟
ޕިނޯކިޔޯ.
21 January 2024
ތިވަރަށް ދޮގު ހަދާކަށް ނުވާނެ...ނޭފަތް ދިގު ވެދާނެ.
އަލީމު
21 January 2024
ތިވާހަކަ އަޑު އަހާކަށްބޭނުމެއްނޫން. ހެލިކޮޕްޓަރާ، ޑޯނިޔާ ބޭނުން ނުކުރީ ކީއްވެގެން ކަން ކިޔައިދީބަލަ؟ އަދިވެސް "ސައްލާ" ނުނިމެނީތަ؟
ޢައްސާނު
21 January 2024
ހަދާފަ ނުހަދާނެ ދޮގެެއް ނޭނގިގެން ތެޅިފޮޅެނީ.
ނަސީމްް
22 January 2024
ކަމުގެ ހަގީގަތް ބަޔާންކުރީމާ އެއީ ދޮގުކަމަށް ހަދާ ތެޅިފޮޅޭ ވަރެއްވެސް އަދި ނުވޭ.
ޚިންޑި
21 January 2024
ކުރީ ސަރުކާރު ހަދާން ކޮއްދެން އައިސަރުކާރެއްމީން. އެހެންވީމަ އެއްވެސް ޒިމްމާއެއް މިސަރުކާރަކާ ހަވާލެއް ނުވާނެ. ބުނެވިއްޖެ ކުރީ ސަރުކާރު ކަމުނުގޮސްގެން މިސަރުކާރުގެ ގެނައީ. ޢަދިވެސް ކުރީ ސަރުކާރާ އަޅައިގަނެގެން މިއުޅެވެނީ
އިއްޒަތު
21 January 2024
އެމް.ޑީ.ޕީގެ ސަރުކާރު ގޯސްވީމާ ރައްޔިތުން މިސަރުގެނައީ! ބަލަ އިބޫގެ ސަރުކާރުން އިމަރޖެންސީ ބަލިމީހުން އުފުލީ އިންޑިއާއިން ހަދިޔާކޮށްފައިވާ ފްލައިޓާއި ހެލިކޮޕްޓަރުގަ އޭރު މައްސަލައެއް ދިމާނުވޭ! މިވެގެންއުޅޭގޮތް ނޭގޭތީބުނެލަން ގޮތްދޫނުކުރުމުގެ ނަތީޖާ މިދަނީ ފެންނަމުން.
ރަމަ
21 January 2024
ކޮން މޯލްޑިވިއަންގެ ވާހަކައެއްތޯ ތިދައްކަވަނީ މުއިއްޒުގެ ގޮތްދޫނުކުރުމުގެ ނަތީޖާ ދިވެހިންނަށް ފެނިގެން މިދަނީ!ކަމާއިބެހޭ ވެރިއަކު ދެންނެވިކަމަށްވޭ ޑޯނިޔާ ހަމަޖައްސައިދިނުމަށް އެހެންނަމަވެސް އެކަން ނުކުރެވުނީ ވެރިމީހާގެ ހުއްދަ ނުލިބުމުން އިންޑިއާއައުޓް ކެމްޕޭނުގެ ދަށުން މީހެއްގެ ފުރާނަސަލާމަތްކޮށްނުދީ ސިޔާސީ ކަންތައްތަކެއް ތިކަމުގެތެރެއަށްވައްދާ ދެންކޮންހާ ވާހަކައެއްތޯ ކަންކަން އޮޅުވާލަން ތިދައްކަވަނީ
ކަމާ
21 January 2024
ކަމާބެހޭ ވެރިޔަކު ބުނީ ދޯނިޔާ ހަމަޖައްސާދޭށޭ. ބުހުތާނު ދޮގު ހަދައިގެން ހިފެހެއްޓޭތޯ ބަލާތި އޭރުން ހިތައް ފިނިކަންލިބޭނެ