25 ޖެނުއަރީ 2024 - 20:57
މާލޭގައި ބިދޭސީއަކަށް މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މުތީ ގޯޅީގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:26 ގައި ކަމަށާއި އަނިޔާވި ބިދޭސީ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިރޭގެ މާރާމާރީގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އަނިޔާވި ބިދޭސީ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާތަން ފެނެ އެވެ.
މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްގެން ގެންދާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިތާނު
26 January 2024
މާރާމާރީ ހިންގިމީހާ އަވަހަށް ޑިޕޯޓްކޮށްލަންވީ.. އަދި އެމްޕްލޯޔަރުގެ އެއްވެސް އިހުމާލެއް އޮތްތޯ ބަލައި ކޯޓާވެސް ކެންސަލް ކުރަންވީ. އެކިއެކި ވިޔަފާރި ރަޖިސްޓްރީކޮށް ކޯޓާ ނަގާފައި އެއްވެސްކަމެއް ނުކޮށް ބިދޭސީން އެތެރެކޮށް ރަށުތެރެއަށް ދޫކޮށްލައިގެން އުޅޭ މީހުންނާއިމެދުވެސް ފިޔަވަޅު އެޅިގެން ބިދޭސީން މައްސަލަ އެއްކޮށް ހައްލު ކުރެވޭނީ.
ޢަދި
26 January 2024
ރަނގަޅު ޥާހައެއް ކޯޓާ ވިއްކަނީ 25 ހާހަށް 30 ހާހަށް
ބޮން އިހްސާން
25 January 2024
ހޯމްލޭންޑް ސެކިއުރިޓީ ވަރަށް ވަރުގަދަ މިހާރު
އެހެއްތޯ
25 January 2024
ތިވާނީ ލާރިއާހެދި ކަމަށް.
ބަރުތީލަ
25 January 2024
ލާރިއާހެދި މާރާމާރީ ހިންގަންޖެހޭތަ؟