ރައީސާއި މޯދީ ބައްދަލު ކުރައްވަނީ. އެގައުމުގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 93 މިލިއަން ޑޮލަރު ދޭން ވަނީ ކަނޑައަޅަފައި -- ފޮޓޯ: ރައީސް އޮފީސް
01 ފެބުރުއަރީ 2024 - 13:00
އިންޑިއާއިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދޭން ކަނޑައަޅައިފި އެވެ.
އިންޑިއާގެ ބަޖެޓުގައިވާ ގޮތުން މި ފައިސާ ރާއްޖެ އަށް ދޭން ކަނޑައަޅާފައި ވަނީ ހިލޭ އެހީގެ ގޮތުގަ އެވެ. އިންޑިއާ ސަރުކާރުން ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވައިލަނީ އޭޕްރީލުން އަނެއް އަހަރުގެ މާޗް 1 ވަނަ ދުވަހަށެވެ. އެހެންވެ، މި ހިނގާ 2023-2024 ގެ ބަޖެޓުން ރާއްޖެއަށް ވަނީ 93 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ކަނޑައަޅާފައި އޮތެވެ.
އެ ގައުމުގެ 2022-2023 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އެވެ
އިންޑިއާއިން އަންނަ އަހަރުގެ ބަޖެޓަށް ބޭރުގެ ގައުމުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި 650 މިލިއަން ޑޮލަރު ދޭން ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑު އަދަދެއް ދޫކުރަން ނިންމާފައި ވަނީ ބޫޓާނަށެވެ. އެ ގައުމަށް ދޭން ނިންމާފައި ވަނީ ވަނީ 94 މިލިއަން ޑޮލަރެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައި ވަނީ ރާއްޖެއަށެވެ. އިންޑިއާއިން އެހީ ދޭ އެހެން ގައުމުތަކުގެ ތެރޭގައި ނޭޕާލާއި ބަންގްލަދޭޝާއި ލަންކާ އާއި މޮންގޯލިއާ އާއި މޮރީޝަސް އާއި ސީޝެލްސް ފަދަ ގައުމުތައް ހިމެނެ އެވެ.
އިންޑިއާގެ ބަޖެޓުގައި ރާއްޖެ އަށް ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އިރު، ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
މި އަހަރުގެ ރާއްޖޭގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ބޭރު ގައުމުތަކުން 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. އެ ފައިސާއިން އަދި މިހާތަނަށް އެއްވެސް އަދަދެއް ހިލޭ އެހީގެ ގޮތުގައެއް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވާސަލާމް
02 February 2024
އިންޑިޔާ ގެ ރައްޔިތުންނަށް ކަންތައް ކޮށްދޭން ބަޖެޓްކޮށްބަލަ. އަހަރުމެން ބޭނުމެއް ނޫން އިންޑިޔާ ގެ ވެލިފުކލެއްވެސް
މަސައްކަތުމީހާ
02 February 2024
ހިލޭ އެއްވެސް އެއްޗެއް ބޭނުމެއްނޫން. ބޭނުމީ މަސައްކަތް ކޮށްގެން ގައުމު ހިންދެމިލަން. ސިންގަޕޯރ މިސާލަކަށް ނަންގަވާ.
ކަކުނިބޯ
01 February 2024
ޙަހަހަ ތިއީ ވެރިކަންބަދަލުކުރުމަށާ މިތަނުގައި ހަމަނުޖެހުން އުފެއްދުމަށް ކަނޑައެޅިފައިސާ ތިއީ މިޤައުމުގެ ތަރައްޤީއަށް ކަނޑައެޅިފައިސާއެއްނޫން . ޢިބިލީސްވެސް ހެޔޮނަސޭހަތެއްދިން އެއީ ކުރުސި އެކަމު އިބިލީހަށްވުރެ ނުބައި ވިސްނުންގެެގުޅޭބައެއްތީ
އަލީބެ
01 February 2024
ދިވެހތީ މުހިންމު ވާހަކައެއްނޫން. މަސްދޯނިތަކަށް އަރާ ޖައްބާރުކަން މިހާރުވެސް ދައްކަނީ
ތޫރި
01 February 2024
ހިލޭ އެހީ ދޭ އިރު އެއްކޮޅުން މިއޮތީ އިންޑިއާއަށް އެވަރަށް ދަރާފަ. އެއްވެސް ހަމަޖެހޭ ގޮތަކަށް އޮތް ހިސާބުކިތާބެއް ނޫނެއްނު ތިއީކީ. ތިޔަ ދޭ ހިލޭ އެހީއިން އެމީހުންގެ ލޯނު އަދާކޮށްލަންވީ އިހަށް.
އަސީލު
01 February 2024
އިންޑިއާއަށްވެސް އިނގޭ ރާއްޖެއަށް އެހީ ނުވަންޏާ ދިވެހިން ދާނީ ބޮޑަށް ޗައިނާ އާ ދިމާލަށްކަން. އެހެން ވެއްޖިއްޔާ އިންޑިއާއަށް ގެއްލުން. އެހެންވެ އެމީހުން ހަރަދު ކުރާނެ. މުއިއްޒު މީ ސްމާޓު ގޮލައެއް
ކިހިނެއް
01 February 2024
ތިޔަކީ ރަމްޒީ އެއްޗެއް. ތިނުލިބޭނެ ތީގެ އަސްލު ހަގީގަތެއް ވެސް ނޭނގޭ.
ނަނާ
01 February 2024
ތިހެން މެޓަލެއް ދިއްކޮށްލިޔަސް އަހަރެމެން ނުހެއްދޭނެ. ސިފައިން ގެންދޭ އަޑި އަޑިން ރާއްޖެ ބޮއިކޮޓުކުރަން ކުޅޭ ގޭމުތައް ހުއްޓާލާ!
ތިޔަ
01 February 2024
ކާފަރަކު މުސްލިމަކަށް ހެޔޮ ހިތުން އެއްޗެއް ނުދޭނެ. ތީގެ އަޑީގައި އޮންނާނެ ފޮރުވިފައިވާ ސިއްރެއް އަދި ބޭޒާރުވާނެ. އެކުން ދިނަސް ތިލާރި އާސަންދައިން އަނބުރާ ދާނީ އެބައިމީހުން އަތަށް
ޖިއޯޕޮލިޓިކްސް
01 February 2024
ޖިއޯ ޕޮލިޓިކްސް ނޭންގޭ ބަޔަކަށް މިކަން ނުވިސްނޭނެ. ބޫޓާން އާއި ދިވެހިރާއްޖެ އަށް ބޮޑުކޮށް ދޭން އިންޑިއާ އަށް މަޖުބޫރުވޭ. ޖިއޯ ޕޮލިޓިކްސް އާއި އެކްސްޓާނަލް ޕޮލިސީ އަކީ ސިކުނޑިން ކުޅެންޖެހޭ އެއްޗެއް. ފައިބުނޑަށް ނުވެއްޓިވެސް ގުޅުން ބާއްވާ މަންފާ ހޯދާނެ އުކުޅުތައް ހުންނާނެ. ރައީސް މުޢިއްޒު އަށް ސެލިއުޓް.