ވިޔަފާރި / ޑޮލަރު

ބިރު ކަނޑާލައިފައި ޑޮލަރު ހަމައަކަށް އެޅުވުމުގެ ވަގުތު!

ކަޅު ބާޒާރުގައި މީހަކު ޑޮލަރު މާރުކުރަނީ. ޑޮލަރުގެ އަގު މިހާރު ހުރީ 18ރ. އިން މަތީގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޑޮލަރުގެ މައްސަލަ ފާލުން ނެއްޓިފައި އޮންނަތާ އެތައް އަހަރެކެވެ؛ ޑޮލަރުގެ ވިޔަފާރި ރެގިއުލޭޓު ނުކުރެވި، މިހާރު އެ މައްސަލަ އެ އޮތީ، ފަށާނެ ކޮޅެއް މެދެއް ނުފެންނަ ހިސާބުގަ އެވެ. އެންމެން ވެސް ގަބޫލުކުރާ ގޮތުގައި، އަދި ސިޔާސީ އަދި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަނާ ގޮތުގައި މިކަމަށް ބޭނުން ވަނީ ބިރުކަނޑާލައިފައި އެކަން ކުރުމެވެ. އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅުތައް އަވަސް ކުރުމެވެ.

އާ ސަރުކާރު ވެސް ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަތައް ހައްލު ކުރުމުގެ ވައުދުތަކާ އެކު އެވެ. އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ވިސްނުންފުޅުގައި ޑޮލަރުގެ ހައްލުތަކެއް އެބައޮތެވެ. އެކަމަކު، އެއީ، ކުރިން ވެސް މިކަން ހައްލު ކުރަން ރޭވިފައި ހުރި ކަންތައްތަކާ ދާދި އެއްގޮތް ކަންތައްތަކެކެވެ.

ޑޮލަރުގެ މައްސަލަ އަށް މިދިޔަ ސަރުކާރުން ވެސް އެކި ފިޔަވަޅުތައް އަޅަން ނިންމައި، އެކަން ތަންފީޒު ކުރަން އެމްއެމްއޭ އިން ބޮޑު ޕްލޭނެއް ވެސް ހެދި އެވެ. އެކަމަކު ޕްލޭނުގައި ހުރި އެއްވެސް ކަމެއް ހަގީގަތަކަށް ނުވި އެވެ. އެތެރޭގެ ފައިސާގެ މުއާމަލާތްތައް ދިވެހި ރުފިޔާ އިން ހިންގުމާއި އިގްތިސާދީ ގިނަ ކަންކަމުގައި ރުފިޔާ ބޭނުންކުރުމާއި، މިސާލަކަށް ތެރޭގައި ދިވެހި ރުފިޔާ އިން ޓެކްސް ދެއްކޭނެ ގޮތް ހެދުމާއި ކޮންމެ ކޮންމެ މީހަކަށް ޑޮލަރު އެކްސްޗޭންޖު ނުކުރެވޭ ގޮތް ހެދުން ފަދަ ގިނަ ކަންތައްތަކެއް ރޭވި އެވެ. އޭގެ ތެރޭގައި؛

- ޑޮލަރަށް ނޯންނަން ޖެހޭ ޑިމާންޑް ދުއްވާލުން. އޭގެ ތެރެއިން މުހިންމު އެއް ކަމަކީ އެތެރޭގެ ފައިސާގެ މުއާމަލާތްތައް ދިވެހި ރުުފިޔާ އިން ހިންގުން. - ރުފިޔާގެ ޑިމާންޑް އުފުލޭ ކަންކަން ތައާރަފުކުރުން. އިގްތިސާދީ ގިނަ ކަންކަމުގައި ރުފިޔާ ބޭނުންކުރުން، މިސާލަކަށް ތެރޭގައި ދިވެހި ރުފިޔާ އިން ޓެކްސް ދެއްކޭނެ ގޮތް ހެދުން. - ޑޮލަރުގެ އެކްސްޗޭންޖް ނިޒާމް ހަރުދަނާކުރުން. އަދި ފޮރިން އެކްސްޗޭންޖްގައި އުޅޭ މީހުންނަކީ ވަކި ކޮންޑިޝަންތަކެއް ހަމަވާ ބަޔަކަށް ހެދުން. - ރާއްޖެ އިން އާންމުކޮށް މުދާ ގަންނަ ގައުމުތަކާ އެކު ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ބައިލެޓެރަލް އެރޭންޖްމަންޓްތަކެއް ހެދުން. - ގިނައިން އިމްޕޯޓުކުރާ ބާވަތްތައް ދެނެގަނެ، އެކަމަށް ރާއްޖެ އިން ހައްލުތަކެއް ހޯދުން. މިސާލަކަށް ތެޔޮ ރާއްޖެއަށް އެތެރެކުރާ ވަރު މަދުކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުން.

އެކަމަކު މިއަދު ވެސް ރަސްމީ ރޭޓު 15.42ރ. ގައި އޮއްވާ އާންމުންނާއި ވިޔަފާރިތަކުން ޑޮލަރު ގަންނަން އާންމުކޮށް ޖެހެނީ 18ރ. އިން މަތިންނެވެ. ދޭތެރެއަކުން 17.80ރ. އަށް ވެސް ލިބެ އެވެ.

ޑޮލަރުތަކެއް މީހަކު ހިފައިގެން ހުއްޓާ. ޑޮލަރުގެ އަގު އަނެއްކާ ވެސް ދަނީ އުފުލެމުން--ފޮޓޯ:މިހާރު

ޑޮލަރުގެ މައްސަލަ މިދިޔަ ސަރުކާރަށް ހައްލުނުވި އެއް ސަބަބަކީ އެތައް ގުނައަކުން ފައިސާ ޗާޕުކުރުމެވެ. ވޭތުވެދިޔަ ތިން އަހަރު 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި ވިޔަފާރިވެރިއަކު ބުނީ، ޑޮލަރުގެ މައްސަލައިގައި ބޭނުންވަނީ މޮޅު ވާހަކަތައް ނޫން ކަމަށެވެ. އޭނާ ވެސް ހުރީ، މި ވާހަކަތައް އިތުރަށް ދައްކަން ބޭނުންނުވެ، ފޫހިވެފަ އެވެ. ސަބަބަކީ، މިއީ ހައްލެއް ނުލިބުނު މައްސަލައަކަށް ވާތީ އެވެ.

ކަޅު ބާޒާރު ކޮންޓްރޯލުކޮށްގެން ވެސް ތިބީ، ނުފޫޒު ގަދަ ވިޔަފާރިތަކެވެ. އެހެންވެ މައްސަލަ ހައްލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަނެއްކޮޅުން ރާއްޖެ އަށް ޑޮލަރު ވަންނަ މައި ވަސީލަތަކީ ޓޫރިޒަމް ދާއިރާ ކަމަށް ވާތީ، ޑޮލަރުގެ ކަންކަން ހައްލަކަށް ގެނައުމަށް ދެން އަޅަންޖެހޭ ފިޔަވަޅުތަކުގެ އަސަރު ވެސް ކުރާނީ ޓޫރިޒަމް ދާއިރާ އަށެވެ.

އިގްތިސާދީ މާހިރަކު ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ، ވިޔަފާރިވެރިން ރުއްސަންޖެހުން ކަމަށެވެ. އެހެންވެ، މިއީ ތަންފީޒު ކުރަން އެހާ ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާ ސަރުކާރުގެ ވިސްނުމުގައި ބޭންކިން ނިޒާމު ހަރުދަނާ ކުރަން ކަންކަން ރޭވުމަށް ނިންމާފައި އެބަ ހުރި ކަމަށާއި އެހެންވެ، އެކަން އަވަސްކޮށްގެން ބޭންކުތަކުގައި ބަހައްޓާ ފައިސާގެ އަދަދު އިތުރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައްސަލަ ހައްލުކުރަން އެންމެ ފުރަތަމަ ޖެހޭނީ ރިޒާވް ހަމައަކަށް އަޅުވާށެވެ. ދައުލަތުގެ ރިޒާވް ކޮންމެ މަހަކު ނުހިފެހެއްޓި ބަދަލު ވަމުން ދާ ނަމަ، ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ. އެމްއެމްއޭގެ ރިޒާވް އެއް ވަރެއްގައި ނުހިފެހެއްޓޭ. މިދިޔަ އަހަރު ބޭނުން ކުރެވޭ ރިޒާވްގައި ހުރި ވަރު 90 ޑޮލަރަށް ވެސް ދަށަށް ދިޔަ -- ފޮޓޯ: މިހާރު

"މިކަން ހައްލުވާނީ ރިޒާވް އިތުރުވެގެން. އަނެއް ކަމަކީ ދައުލަތުގެ ދަރަނި ހައްލުކުރުން. މިހާރު އޮތީ އިގްތިސާދީ ވަރަށް ހީނަރު ހާލަތެއްގައި. ރިޒާވް ވެސް އޮތީ ވަރަށް ދަށްކޮށް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 177 ޑޮލަރެވެ. އޭގެ ކުރީ މަހު 90 މިލިއަން ޑޮލަރަށް ވެސް ވެއްޓުނެވެ.

ބޭންކިން ނިޒާމާއި އިންވެސްޓްމަންޓްތައް ގެންނަން ޖެހޭ

ރައީސް އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ވަރަށް މުހިންމު އިންވެސްޓްމަންޓްތަކެއްގެ ވާހަކަތަކެއް ދެއްކެވި އެވެ. އެސްއީޒެޑްގެ މަޝްރޫއުތަކާއި ބަންކަރިންގެ ހިދުމަތްތަކަކީ ޑޮލަރުގެ މައްސަލައިގެ ހައްލުގެ ފެށުން ކަމަށް ވުން ވަރަށް ގާތެވެ. އެކަހަލަ ބިޔަ އިންވެސްޓްމަންޓްތަކުން ރާއްޖެ އަށް އިތުރަށް ޑޮލަރު ޕަމްޕް ނުކޮށް ޑޮލަރުގެ މައްސަލަ މުޅިން ހަމައަކަށް އެޅުވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. ހަމަ އެހެންމެ، ދެން އޮތް އަނެއް ކަމަކީ ބޭންކްތަކުގައި އެ ޑޮލަރު ބެހެއްޓޭނެ ނުވަތަ މާރުކުރެވޭނެ ނިޒާމެކެވެ.

އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ ބޭންކްތަކުގައި ޑޮލަރު ބެހެއްޓުމުގެ ވާހަކަތައް ދައްކާ އިރު، ބޭންކިން ސެކްޓަރުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު ވެސް އުފައްދަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ބައެއް އިންވެސްޓަރުންނަށް ދިމާވާ އެއް މައްސަލައަކީ ރާއްޖޭގައި އެކައުންޓެއް ހުޅުވުމުގެ މާ ބޮޑު ނީޑެއް ނެތުން ކަމަށެވެ. ސަބަބަކީ އެ ވިޔަފާރިތަކަށް ބޭނުންވާ ލޯނާއި އެނޫން ހިދުމަތްތައް އެހާ ފަސޭހަކަމާ އެކު ހަމަޖައްސައި ނުދެވޭތީ އެވެ.

"ބޭންކްތަކުގައި ރާއްޖޭގެ މީހުން ލާރި ބަހައްޓަން ބޭނުން ވާނީ މާކެޓް ސޮލިއުޝަންތަކެއް ހޯދިގެން. އިންޓެންސިވައިޒް ކުރެވިގެން. މިސާލަކަށް ސިންގަޕޫރު ނޫނީ ދުބާއީގެ ބޭންކްތަކުގައި ރާއްޖޭގެ ބައެއް ވިޔަފާރިތަކުން އެބަ ފައިސާ ބަހައްޓާ. ކީއްވެގެންތޯ އެކަން ކުރަނީ. އެއީ އެތަންތަނުން ރަނގަޅު ރޭޓުތައް ލިބޭތީ،" އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން އަންނަނީ ޑިވެލޮޕްމެންޓް ބޭންކެއް ގައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް ހާމަ ނުކުރި ނަމަވެސް، އެކަން ރައީސް އޮފީހުން އޮތީ އިއުލާނުކޮށްފަ އެވެ.

"ބޭންކުތަކުގައި ރާއްޖޭގެ މީހުން ލާރި ބަހައްޓަން ބޭނުންވާނީ މާކެޓު ސޮލިއުޝަންތަކެއް ހޯދިގެން. މީ އިންޓެންސިވައިޒް ކުރެވިގެން. މިސާލަކަށް ސިންގަޕޫރު ނޫނީ ދުބާއީގެ ބޭންކްތަކުގައި ރާއްޖޭގެ ބައެއް ވިޔަފާރިތަކުން އެބަ ފައިސާ ބަހައްޓާ. ކީއްވެގެންތޯ އެކަން ކުރަނީ. އެއީ އެތަންތަނުން ރަނގަޅު ރޭޓުތައް ލިބޭތީ."

"މިހާރު" އާ ވާހަކަދެއްކި ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، އެމްއެމްއޭއިން އުސޫލު ބަދަލުކޮށްގެން ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުން ފައިސާ ބޭންކްތަކުގައި ބަހައްޓަން މަޖުބޫރު ކުރުމުގެ ކުރިން، ރާއްޖޭގެ ބޭންކިން ސެކްޓަރަށް ވިޔަފާރިތަކުގެ އިތުބާރު، އަދި ބޭނުންވާ އިންޓަނޭޝަނަލް ބޭންކިން ލުއި ހިދުމަތްތައް ލިބެން ޖެހޭ ކަމަށެވެ. އެހެން ނޫނީ އެކަމުން ލިބޭނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ.

ބެލެންސް އޮފް ޕޭމެންޓަށް ބެލުމެއްނެތި ޕްރޮޖެކްޓްތައް

ސަރުކާރުތަކުން އެއްވެސް ބެލުމެއް ނެތި އެހާ ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް އެއް ފަހަރާ ފެށުމަކީ ޑޮލަރަށް އިތުރަށް ޕްރެޝަރު ބޮޑުވާ ކަމެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މަޝްރޫއުތައް ހިންގަނީ ސަރުކާރަކަށް އެއް ފަހަރާ ހިންގޭވަރަށް ވުރެ މާ ގިނައިން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޓީސީސީ އަށް ވެސް އެއްފަހަރާ 190 އެއްހާ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އިރު އެ ޕްރޮޖެކްޓްތަކަކީ އާމްދަނީއެއް ލިބޭ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ހޯދަން ޖެހެނީ ބޭރުންނެވެ. އެހެންވެ، ކޮންމެ ޕްރޮޖެކްޓަކަށް ބޭނުންވާ ސާމާނު ހޯދަން ޑޮލަރު ބޭނުންވެ އެވެ.

"އަޅުގަނޑުމެން ބެލެންސް އޮފް ޕޭމެންޓަށް ބަލައިގެން ޕްރޮޖެކްޓްތައް ހިންގަން ޖެހޭނީ. މާ ގިނަ ޕްރޮޖެކްޓްސް ހިންގަންޏާ އޭގެއިން ޑޮލަރުގެ ޑިމާންޑު ބޮޑުވެގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު. އޭނާ ވިދާޅުވީ، ޑޮލަރު މައްސަލަ އަށް އަވަސް ހެއްލެއް ހޯދުން މުހިއްމު ކަމަށް -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، މަޝްރޫއުތައް ހިންގާ އިރު އެކަމުން ބޭރު ފައިސާ ވަންނަ ކަންކަމަށް ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ. ހަމައެކަނި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން އިގްތިސާދު ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ރައީސް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވީ، ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަވަސްކޮށް، ޓޫރިސްޓުން ގެނެވޭ ވަރު އިތުރުކޮށްގެން އާމްދަނީ އިތުރު ކުރުމަށް އިސްކަން ދޭނެ ކަމަށެވެ. އެއާ އެކު އިގުތިސޯދުގައި ދައުރުވާ ޑޮލަރު އިތުރުކުރެވި، ދައުލަތުގެ ރިޒާވްގައި ޑޮލަރު ބަހައްޓާ ވަރު ވެސް އިތުރު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރު ޑޮލަރުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވެސް ވިދާޅުވި އެވެ. އެކަމަކު ތަފުސީލެއް ނުދެއްވަ އެވެ.

ޑޮލަރުގެ މުޅި މައްސަލައިގެ ހައްލަކީ ކުރަން ކެރުމެވެ. ހައްލަކީ ކޮބައިކަން އެނގޭ އިރު ވެސް، އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެންކަން އެންމެންނަށް ވެސް އެބަ އެނގެ އެވެ. ޑޮލަރުގެ ކަންކަން ހައްލުކުރަން ބޭނުންވާ ގާނޫނުތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ. މައްސަލައަކީ، ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ބޭނުން ގޮތަކަށް ޑޮލަރު މާރުކުރަން ދޫކޮށްލައިފައި އޮތުމެވެ. ލިބޭ ޑޮލަރު ރާއްޖޭގައި ނުޖެހި ދިއުމެވެ.

52 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޭސީ

07 February 2024

މުޅި އާޓިކަލްގަ ދައްކާފަ ހުރި ގިނަ ވާހަކަ ތަކައްވުރެ ނިންމަން ލިޔެފައިން ދެ ޖުމްލަ ކިޔާލީމަ މައްސަލަ ސާފު. ޓުއަރިޒަމް ހިންގާ އެސެޓު ރާއްޖޭގަ ބަހައްޓާފަ ވިއްކައިގެން ލިބޭ ފައިސާ ވަންނަނީ ކޮންމެސް އެހެން ގައުމެއްގެ އެކައުންޓަކަށް. ރިސޯޓު ތަކުގަވެސް ޑޮލަރުން މުއާމަލާތް ކުރުން ހުއްޓުވަންވީ. ޑޮލަރު މާރުކުރާ ތަނަކީ ބޭންކަށް ހަދަންވީ.

The name is already taken The name is available. Register?

ހަވިއެރ މިލޭ

06 February 2024

ރުފިޔާއިން ޓެކްސް ދައްކަން ޖެހޭ ގޮތް ހަދަން ވީ ރިސޯޓު އޯނަރެއް ވިޔަސް ކޮންތާކުން ދިވެހި ރުފިޔާ ހޯދާނީ ދިވެހި ރާއްޖެއިން ނޫން ގޮތަކަށް

The name is already taken The name is available. Register?

ޑޮލަރޭ

06 February 2024

މަހަމަ ހައިރާން ވެއްޖެ! އިއްޔެ ބމލ އަށް ގުޅީމަ މި ބުނަނީ ޑޮލަރެއް ނުވިއްކަމޭ! އެމް.އެމް.އޭ އަށް ގުޅީމަ މިބުނަނީ ހަމައެކަނި އެސްއޯއީ ތަކަށް އެކަންޔޯ ޑޮލަރު ވިއްކަނީ! ދެން އާންމު ރައްޔިތުމީހާ ބްލެކްމާރކެޓަށް ނުވަދެ ޑޮލަރު ގަންނާނެ ގޮތެއް ބުނެދީބަލަ؟ ނުވިތާކަށް ހުއްދަދީފަ ތިބޭ މަނީއެކްސްޗޭންޖަރސް ބްލެކްމާރކެޓަށް ވުރެ އަގުބޮޑުކޮށް ޑޮލަރުވިއްކަނީ! އަސްލު ބްލެކްމާރކެޓަކީ މި މަނީއެކްސްޗޭންޖަރސް މިޤައުމުގަ! މިއޮތީވާ ޤައުމެެއް! ހަވާލޭ ވަޠަން ޑޮލަރަށް!

The name is already taken The name is available. Register?

ބާބޫޖީ

06 February 2024

މިކަން ހައްލުވާން އަންނަނީ އެމެރިކާގެ ހުއްދަ ހޯދައިގެން އަލާ ފިލާވަރަށް ކޮންމެ ދުވަހަކުވެސް ޑޮލަރު މިކޮޅުގައި ޗާޕް ކޮއްގެން. ތަޖްރިބާކާރަކަށް ، ތަޖްރިބާވޭނަކަށް ނުވިޔަސް މިއީ މިކަމަށް އޮތް ހައްލު. މިހާރު މިގައުމުގެ ގާނޫނު ތަންފީޒް ކުރުން މިއޮތީ ހައްދުން ނެއްޓިފަ. ދެން އެއްވެސް އުންމީދެއްނެތް.

The name is already taken The name is available. Register?

ކޮރަލް

06 February 2024

ޑޮލަރުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގަ އެވެ. ދިވެހީން ވެސް ޑޯލޮރު ހޯދަން އާދޭސްކުރަން ޖެހެނީ ބިދޭސީ އަކާ އެވެ. ޑޮލަރު އަގު ބޮޑު ކޮށްގަނެ ވިއްކާ ބިދޭސީން ތަހުގީގު ނުކޮށް ޑިޕޯޓް ކުރަން ވީ އެވެ. އޭޓީއެމް ތަކުން ބިދޭސީން ނަށް ޑޮލަރު ނުނެގޭ ގޮތް ހަދަން ވީ އެވެ. ޑޮލަރު އޭޓީއެމް ގެ 90 ޕަސެންޓް ބިދޭސީންނެވެ.

The name is already taken The name is available. Register?

ބޮޑު ބަންޑާރައިން

06 February 2024

ޑިޕޯޓް ކުރަންވީ ނޫނެވެ. އެހެން ޤައުމުތަކުންވެސް ހަދާ ގޮތަށް އެމީހުންނަށް ހަރުކަށި އަދަބު ދީ ދިގު މުއްދަތަކަށް ޖަލަށް ލާނީއެވެ. ދިވެއްސަކު ބޭރު އެއްވެސް ގައުމެއްގައި އެގައުމުގެ ޤާނޫނާއި ޚިލާފުވެއްޖެ ނަމަ ސަހަލު ގޮތަކަށް ސަލާމަތްވޭތޯއެވެ.

The name is already taken The name is available. Register?

އަލި ދީދީގެ ފުތާ

06 February 2024

ރިސޯޓް ތަކުގެ މަހު މުސާރަ ބޭންކުން މާރު ކުރަން ޖެހޭނެ. ހެސްކިޔާފަ ބްލެކުން މާރުކޮއްފަ ފައިދާ އިން މުސާރަ ދެނީ.

The name is already taken The name is available. Register?

ޢަދި

06 February 2024

ރިސޯޓް ތަކިން މުސާރަދެނީ ޑޮލަރުން އެކަމު އަތައް ބޭންކަށް މުސާރަ ޖަމާކުރުން މުހިންމު

The name is already taken The name is available. Register?

އަޅި އަލީ

06 February 2024

ބިދޭސީނަށް ދޮލަރު ބޭރު ކުރެވޭ އަދަދދު ލިމިޓް ކުރަންވީ! މިސާލަކަށް ލޭބަރަކު އެބަ ބޭރުކުރޭ 10ހާސް 20 ހާސް ޑޮލަރު މަހަކު! ވޯކް ވިސާގަ އިންނަ މުސާރައް ވުރެ ބޮޑު އަދަނެއް ނޫނަތަ ނުބައްދަލު އަދަނެއް ބޭރު ނުކުރެވޭގޮތަ ހަދާނޭންވީ! ރެމިޓެންސް ޓެކްސް އަލުން ގެނެސްދޭންވީ! ބޭރު މަސައްކަތްތެރިމން މިގައުމުގަ ހަދަރު ކުރާނެ ކަންކަން ހޯދައި ދޭންވީ! މިސާލަކަށް ރިސޯޓް ތަކުގަ މަސައްކަތް ކުރާ މީހުން އެކޮމަޑޭސަން ރަށްރަށުގައ އަޅަން ފުރުސަތު ދޭންވީ!

The name is already taken The name is available. Register?

ލައިޓް

06 February 2024

ޒަރޫރީ ބޭނުންތަކަށް ޑޮލަރުގަންނަން ޖެހޭމީހުނަށް އަދި ކުދި ވިޔަފާރިތަކަށް ޑޮލަރު ވިއްކާ، ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް 1200 ދޮލަރު ދިނުމުން ވަރަށް ބޮޑުތަން ހައްލުވާނެ ! މިވަގުތަށް އެއީވެސް ބޮޑު ހައްލެއް. އެ ވަރު މިހާރުވެސް އެބަ ވަދޭ ކޮރަޕްޝަނާއި ހެދި ވިއްކަން ނުހުންނަނީ.

The name is already taken The name is available. Register?

ރަސްމީކަރެންސީ

06 February 2024

ރާއްޖޭގެ އޮފިޝަލް ކަރެންސީ އަކީ ޔޫ.އެސް ޑޮލަރުކަމަަށް ކަނޑައެޅުމުން ހުރިހާ ކަމެއް ހައްލު ވެދާނެ. އެންމެނަށްވެސް އެބަ އެނގޭ މި ޤައުމުގައި ރުފިޔާ އަކީ ބޭކާރު އެއްޗެއްކަން، ބަރޯސާވާންޖެހިފައިވަނީ ޑޮލަރަށްކަން. އެހެންކަމަށްވާއިރު ޔޫ.އެސް ޑޮލަރު ރަސްމީ ކަރެންސީ ގޮތުގައި ކަނޑަ ނާޅަންވީ ސަބަބެއް ނެތް.

The name is already taken The name is available. Register?

ގައުމީ ބޭންކު

06 February 2024

މިގައުމުގެ ގައުމީ ބޭންކުގަ ޑޮލަރު އެކައުންޓެއްގަ ފައިސާ ބެހެއްޓުމުގެ އެއްވެސް ބޭނުމެއްނެތް. އެންމެ ކުޑަމިނުން ވިޔަފާރިކުރާމީހަކައްވެސް އެމީހާގެ ޑޮލަރު އެކައުންޓުން ދެފަހަރު ހަމައައް ވިޔަފާރީގެ ކަންކަމައްވެސް ފައިސާ ދެއްކުން އޮންނަނީ ވަރައް އުދަނގޫކަމަކައްވެފަ. އެއްފަހަރު އެކަންވިއްޔާ ދެވަނަ ފަހަރު އެކައުންޓު ބްލޮކް ކޮއްލަފާނެ ދެންއެވީ ބޭންކުފަހަތުންދުވަން އަނެއްކާވެސް ކުޑަދުވަސްކޮޅެއްވާނީ.

The name is already taken The name is available. Register?

ކޮރަލް

06 February 2024

ބިދޭސީން ނަށް ވ ފަސޭހަ ކަމެކެވެ. އަދި ވިސާ ނުދައްކާ މީހުންނަށ މާ ފަސޭހަ އެވެ. ދިވެހީންނަށް ވ އުނދަގޫ ކުރެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454