ކުޅިވަރު / އެފްއޭއެމް ކޮންގްރެސް

އެފްއޭއެމްގެ ކޮންގްރެސްގެ އެންމެ މުހިންމު ސެޝަން މީޑިއާ އަށް ސިއްރުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި މާދަމާ ބާއްވާ ކޮންގްރެސްގެ މުހިންމު ނަންބަރުތައް މީޑިއާ އަށް ސިއްރު --. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

07 ފެބުރުއަރީ 2024 - 14:18

މާދަމާ ބާއްވަން ހަމަޖައްސާފައިވާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގެ އެންމެ މުހިންމު ސެޝަން މީޑިއާ އަށް ސިއްރުކޮށްފި އެވެ.

މާދަމާގެ ކޮންގްރެސްއަކީ ހަތަރު އަހަރު ވަންދެން ނުހަދައި ދޫކޮށްލި ކޮމިޓީތައް އެކުލަވާލަން ބާއްވާ ކޮންގްރެސް އެކެވެ.

ހާމަކުރަން ޖެހޭ ކަންކަން ސިއްރު ކުރުމުގެ ސަގާފަތެއް އޮންނަ އެފްއޭއެމުން، މީޑިއާ އަށް ފޮނުވި ކުރު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ، ކޮންގްރެސް ފަށައިގެން ރައީސް ބައްސާމް އަދީލް ޖަލީލްގެ ވާހަކަ ނިމެންދެން ކޮންގްރެސް ބާއްވާ ހޯލްގައި ނޫސްވެރިންނަށް ތިބެވޭނެ ކަމަށެވެ.

އެފްއޭއެމުގެ މެންބަރު ކްލަބްތަކަށް ފޮނުވާފާއިވާ އެޖެންޑާގެ ހަތްވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން ޖުޑިޝަލް ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމީޓީތަކަށް މެންބަރުން އައްޔަން ކުރާނެ އެވެ. އެޖެންޑާގެ އަށްވަނަ ނަންބަރުގައި ބުނެފައި ވަނީ އިލެކްޓޯރަލް ކޮމިޓީ އަދި އިލެކްޓޯރަލް އެޕީލްސް ކޮމިޓީ އަށް މެންބަރުން އައްޔަން ކުރުން ހިމެނޭ ކަމަށެވެ. ކޮންގްރެސްގެ އެންމެ މުހިންމު އައިޓަމްތަކަކީ އެއީ އެވެ. އެކަމަކު އެ ސެޝަނަށް މީޑިއާ އަށް ހުޅުވާނުލާން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން ކުރިން ބޭއްވި ކޮންގްރެސްއެއްގައި ބައްސާމް؛ އޭނާގެ ވާހަކަ އަށް ފަހު މީޑިއާ އަށް ކޮންގްރެސް ބާއްވާ ހޯލަށް މީޑިއާ އަށް ނުވަދެވޭނެ --. ފައިލް ފޮޓޯ:ނިޝާން އަލީ | މިހާރު

ނަމަވެސް ކޮންގްރެސް ހިނގާދިޔަ ގޮތުގެ މައުލޫމާތު މީޑީއާތަކަށް ފޯރުކޮށްދޭނެކަމަށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުރިން އޮންލައިންކޮށް ބާއްވަން ނިންމި، ކޮންގްރެސް މިހާރު ބާއްވާނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގަ އެވެ. މާދަމާ ހެނދުނު 9 ޖަހާއިރު ފަށަން ހަމަޖެހިފައިވާ ކޮންގްރެސް ފިޒިކަލް ބައްދަލުވުމެއްގެ ގޮތުގައި ބާއްވަން ނިންމީ ކްލަބްތަކުން އެގޮތަށް އެދިފައިވާތީ ކަމަށް އެފްއޭއެމުން ބުންޏެވެ.

"ކުރިން އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން؛ މި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން މުރާޖާކޮށް މި ބަދަލު ގެނެވުނީ ގިނަ ކްލަބްތަކުން މިގޮތަށް އެދިފައިވާތީ އެވެ.،" އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.

ހަތަރު އަހަރު ވީ އިރު ވެސް ކޮމިޓީތައް އުފައްދާފައި ނެތް މައްސަލަ މިފަހުން ފެންމަތިވީ، މިދިޔަ ބުދަ ދުވަހު ބާއްވާގޮތަށް ކުރިން ހަމަޖައްސި އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅި އަހްމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރަން އޭނާ އެފްއޭއެމަށް ހުށަހެޅުމުންނެވެ. އިސްތިއުނާފް ކޮމިޓީގެ އިތުރުން އެތިކްސް ކޮމިޓީ އާއި ޑިސިޕްލިނަރީ ކޮމިޓީ ވެސް އުފައްދާފައެއް ނުވެ އެވެ.

އިލެކްޓޯރަލް ކޮމިޓީ ކުރިން އޮތީ އެކުލަވާލާފަ އެވެ. ނަމަވެސް އެ ކޮމިޓީ އަލުން އެކުލަވާލަން ނިންމީ، އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުރި އަހްމަދު އަހްމީމު އިސްތިއުފާ ދީފައި ވުމުންނެވެ. އޭނާ އިސްތިއުފާ ދިނީ އިންތިހާބާ ގުޅޭ މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454