ގޮދަން ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
11 ފެބުރުއަރީ 2024 - 19:27
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގުދަން ކުރަން ބޭނުންކުރާ ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ސަރަހައްދުގަ އެވެ.
އެ ހާދިސާ ހިނގައިގެން އުޅޭ ކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Fire incident in Hulhumale’ phase 2. Informed Fire & Rescue @MNDF_Official @hdcmaldives pic.twitter.com/WrDZcIAxxf
— ރުކުމާ (@RukumaA) February 11, 2024
އެ ކޮންޓެއިނަރުގައި ހުރީ ހާޑްވެއާ ސާމާނުތަކެއް ކަމަށާއި އެތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަލިފާން ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ވަނީ ނިއްވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރުބާދު
11 February 2024
ބޯހަލާކު.. ރޯވިތާ ބައިގަޑިއިރުފަހުން ނިވުނީ އެކަމުވެސް ގެއްލުންވެފަހުރިކަމައް. "އަލިފާން ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ވަނީ ނިއްވާލައިފަ އެވެ. އެ ކޮންޓެއިނަރުގައި ހުރީ ހާޑްވެއާ ސާމާނުތަކެއް ކަމަށާއި އެތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ."