ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފުލާގެ ފޮޓޯއެއް.
19 ފެބުރުއަރީ 2024 - 06:17
ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފި އެވެ.
ވަރުންގެ އަންހެނުން ނަތާޝާ ދަލާލް ބަލިވެއިންކަން އޭނާ އިއުލާންކުރީ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ނަތާޝާގެ "ބޭބީ ބަންޕަށް" ވަރުން ބޮސްދޭތަނެވެ. އަދި ވަރުން ގެންގުޅޭ ކުއްތާ ވެސް އެމީހުން ކައިރީގައި އިނެވެ. މި ފޮޓޯ ނަގާފައި ވަނީ ބޮންބޭގައި ހުންނަ ވަރުގެ ދެމަފިރިންގެ ގޭގަ އެވެ.
"ވީ އާ ޕްރެގްނެންޓް. އެންމެންގެ ދުއާ އާއި ލޯބި ބޭނުންވޭ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
ވަރުން އާއި ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ލޯބީގެ ގޮތުން ގުޅުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެމީހުންނަކީ ސްކޫލް ދުވަސްވަރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.
އެ ދެމީހުން ކައިވެނިކުރީ ޖެނުއަރީ 24، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުން
19 February 2024
ވަރުންނަށް ދަރިޔަކު ލިބުނިއްޔާ އަހަރެމެންނަށް ކޮންކަމެއް.
ހަހަ
19 February 2024
ލޮލް ކޮންކަމެއް ކަން އިނގެ އެންނު ކޮމެންޓް ކުރާ އިރުގަ