ނ. ވެލިދޫގެ މަގެއް މަތީގައި ބަޔަކު މަޑުކޮށްލައިގެން: އެ ރަށުގައި 100 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ވިޒިޓް ވެލިދޫ ފޭސްބުކް ޕޭޖް
19 ފެބުރުއަރީ 2024 - 10:53
ނ. ވެލިދޫ ކައުންސިލުން 100 ހައުސިން ޔުނިޓްގެ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ހިންގަން ނިންމައި، އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
މި ޕްރޮޖެކްޓް ވާނީ ރަށު ކައުންސިލަކުން މިހާތަނަށް ހިންގާނެ އެންމެ ބޮޑު ޕްރޮޖެކްޓަށެވެ. އަދި ރަށު ކައުންސިލަކުން ހިންގާނެ ފުރަތަމަ ހައުސިން ޕްރޮޖެކްޓަށެވެ.
އާބާދީގައި 2،700 އެއްހާ މީހުން ދިރިއުޅޭ ވެލިދޫ ކައުންސިލުން ވަނީ ދެ ގޮތަކަށް މި ޕްރޮޖެކްޓް ހިންގަން ޕްލޭން ކޮށްފަ އެވެ. އެއީ، 3-4 ކޮޓަރީގެ ރޯހައުސް ނުވަތަ އެޕާޓްމަންޓް އިމާރާތްކުރުމެވެ؛
• 100 ޕަސެންޓް ރޯހައުސް އިމާރާތްކުރުން.
• 100 ޕަސެންޓް އެޕާޓްމަންޓް އިމާރާތްކުރުން.
• 50 ޕަސެންޓް ރޯހައުސް އަދި 50 ޕަސެންޓް އެޕާޓްމަންޓް އިމާރާތްކުރުން.
ނ. ވެލިދޫގެ މަގަކުން ބަޔަކު ހިނގާފައި ދަނީ: އެ ރަށުގައި 100 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ވިޒިޓް ވެލިދޫ ފޭސްބުކް ޕޭޖް
ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް، ކުރި ސާވޭއެއްގެ މައްޗަށް ޕްލޭންކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެ ސާވޭގެ ތަފާސްހިސާބުތަކުގެ އަލީގައި ރޯހައުސް އާއި އެޕާޓްމަންޓް، މި ދެ ބާވަތުގެ ހައުސިން އަށް އާންމުންގެ ޝައުގުވެރިކަން ހުރިކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދެ ބާވަތުގެ ބޯހިޔާވަހިކަން ގާއިމްކޮށްދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން މުޖުތަމައުގެ އެކި ކްލަސްޓާތަކުގެ މީހުންނަށް ހާއްސަކޮށް ބޯހިޔާވަހިކަން ހަމަޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި އިސްރަށްވެހިންނާއި ހުސްހަށިބައި ޒުވާނުންނާއި އަލަށް ކައިވެނިކުރާ ޒުވާނުންނާއި އާއިލާ އެކު ދިރިއުޅެން ބޭނުންވާ މީހުން ވެސް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަށް ލިބޭ ތަރުހީބަށް ބަލައި މުސްތަގުބަލުގައި ޕެންޓްހައުސް އާއި ލަގްޒަރީ އެޕާޓްމަންޓްތައް ހެދުމުގެ ވިސްނުން ވެސް ކައުންސިލުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28 ގެ ކުރިން ވެލިދޫ ކައުންސިލަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެ ކައުންސިލްގެ އިއުލާނުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޔަޅޭ
19 February 2024
އެންމެ ފަހުން ވެލިދޫ ހިއްކިތަނުން ގޯތި ދިން މީހުންގެ ތެރޭގައި ހައްގު ނުވާ މީހުން އެބަތިބި
ވޯލް
19 February 2024
ޕެންޓްހައުސް އޭ؟؟ ރަށުގައި އޮތް ބޯހިޔާވަހުކަމުގެ ދަތިކަން ފިލުންތަން ތިޔަ އުޅެނީ؟ މި އާޓިކަލް ކިޔާލީމާ ވާއެއް ނުވާއެއް ނޭންގޭ.
ޕެންޓު ހައުސް އިސްމާޢީލް
19 February 2024
ޕެންޓްހައުސް ހަދަނީ ލަގްޒަރީ އެޕާޓްމަންޓްތައް ހަދާ ތަންތަނުގެ އެންމެ މަތީގައި ކަމަށް މަށަށް މިހާތަނަށް އެގިފަ އޮތީ.މި ޖެހެނީ މަގޭ ވިސްނުން ބަދަލު ކުރަންތާއެވެ.
ސަލީމު އިދުރީސް
19 February 2024
ބަލަ ކައިރި ރައްތަކު މީހުން ގެނެސް ރަސްމާލެ އައްއެޅީމަ 2700 އާބާދީއައް އެކަނި ހިދުމަތް ފޯރުކުރުވެސް ވާނީހަދަކައް ނޫންތޯ؟ ވެލިދުއާ ފުރިފައޮތް ހޮޅުދޫނޫނީ ތިއަތޮޅުގަ ދެހާހުން މަތީ އާބާދި އޮތްރަށެއް ނޯންނާނެ! ވެލިދޫމީހުނައް ވެސް ދަތިކޮއްގެން ހިޖުރަ ކުރަން މަޖުބޫރު ކުރާގޮތައް ސަރުކާރު ޕުލޭނު ހުރީ