ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު ރިތުރާޖް ސިންގް.
20 ފެބުރުއަރީ 2024 - 11:48
ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރެއް ކަމަށްވާ ރިތުރާޖް ސިންގް މިއަދު މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 59 އަހަރުގައި ރިތުރާޖް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެނިކޮށް ރޭ މެންދަމު އެވެ.
ރިތުރާޖް އަކީ އިންޑިއާގައި މިހާރު އެންމެ މަގުބޫލު ހިންދީ ޑްރާމާ ކަމަށްވާ، ސްޓާ ޕްލަސް އިން ގެނެސްދޭ "އަނުޕާމާ"ގައި ވެސް ރޯލެއް ކުޅޭ އެކްޓަރެކެވެ. އޭނާ އެ ޑްރާމާގެ ކާސްޓާ ގުޅުނީ ވެސް ވަރަށް ފަހުންނެވެ.
އާންމުކޮށް ހިންދީ ޑްރާމާތަކުގައި އޭނާ ކުޅެނީ ބައްޕަ ނުވަތަ ބޮޑުބޭބެ ކަހަލަ މީހުންގެ ރޯލުތަކެވެ.
ރިތުރާޖް ރޯލުތައް ކުޅުނު މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ދިޔާ އޯރު ބާތީ ހަމް"، "ހިޓްލަރު ދީދީ"، "އާހަޓް"، "އަދާލަތު"، "ކަހާނީ ގަރް ގަރް ކީ"، "ބޭއިންތެހާ" އަދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ވެސް ހިމެނެ އެވެ. އަދި އިންޑިއާގެ މަޝްހޫރު ވެބް ސީރީޒެއް ކަމަށްވާ "އަބޭ"ގެ ރޯލެއް ވެސް އޭނާ ކުޅުނެވެ.
އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް ރޯލުތައް ކުޅެފަ އެވެ. އޭގެ ތެރޭގައި "ބަދުރީނާތު ކީ ދުލްހަނިޔާ"، "އާޝިގީ"، "ތަޑަޕް" އަދި "ސަތުޔަމެވަ ޖަޔަތީ" ހިމެނެ އެވެ.
ރިތުރާޖް މަރުވި އިރު އޭނާގެ އަނތްބަކާއި ދެ ކުއްޖަކު ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
20 February 2024
ރިތުރާޖް ސިންގު މަރުވިޔަސް، އަދިވެސް، ރިތުރާޖް ކުމާރާއި، ރިތުރާޖް ޕަޓޭލު، އަދި، ރިތުރާޖް ކަޕޫރު ސަލާމަތުން، ހެޔޮ ހާލުގަ ދުނިޔޭގަ އެބަ ތިބި.
ހެޔޮ މަށަށް
20 February 2024
ދެން މަށަށް ކީއް؟
އާމިރާ
21 February 2024
ކަމަކަށް ނުވާ ކަމެއް ނޭނގެ ވަދެ މި ހަބަރަށް ތި ކޮމެންޓް ކުރަނީ. ގައިމު މަދުވެގެން ތިރީސް ސިކުންތު ހަޔާތުން ތި ދުއްވާލީ، ދެން ތި ކިޔަނީ މަށަށް ކީއް ހޭ؟