ޚަބަރު / ރާއްޖެ-ޗައިނާ

މައްސަލަ ބޮޑުވި ޗައިނާގެ ރިސާޗް ވެސަލް މާލޭގައި ބަނދަރުކޮށްފި

މައްސަލަ ބޮޑުވި ޗައިނާގެ ރިސާޗު ވެސަލް އޮތް ސަރަހައްދު.

އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" މާލެ ކައިރީގައި މިއަދު ބަނދަރުކޮށްފި އެވެ.

ކަނޑު އުޅަނދުތައް ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއަދު ހެނދުނު މި އުޅަނދު ވަނީ މާލެ ކައިރީގައި ބަނދަރުކޮށްފަ އެވެ. މީގެ އިރުކޮޅެއް ކުރިން އެ އުޅަނދު އޮތް ކަމަށް ދައްކަނީ ތިލަފުށި ކައިރީގަ އެވެ.

ފޮރިން މިނިސްޓްރީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ކްލިއަރެންސް ދިނީ އެ އުޅަނދަށް ބޭނުންވާ އަސާސީ ބައެއް ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާއި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ވެސް ރާއްޖެއިން ހިދުމަތް ދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު: ޗައިނާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އުޅަނދަކީ ރިސާޗް އުޅަނދެއް.--

މިކަމުގެ ސަބަބުން ވަރުގަދަ ވަނީ ރާއްޖެ އާއި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އެކަނި ނޫން ކަމަށާއި އެހެން ގައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް މިކަމުން ފެންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބުނަނީ މި ކަހަލަ އުޅަނދުތަކުން އެއްކުރާ މައުލޫމާތު މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ، މިދިޔަ މަހުގެ ކުރީކޮޅު މި އުޅަނދު ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ވަރަށް ބޮޑަށް ދެކޮޅު ހެދުމުން ލަންކާ އިން ވަނީ މި އުޅަނދު ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން ވެސް އެއް އަހަރަށް މަނާކޮށްފަ އެވެ.

މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރު ޖުލައި 21 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާ އިން ދީފައިވާ ޔަގީން ކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓްކުރި ގޮތުގައި، ފުން ކަނޑުގައި ސާވޭތައް ހަދާ އުޅަނދުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރުމުން އެކަން އިންޑިއާ އިން ގާތުން ބަލައި މޮނިޓަކުރާނެ އެވެ.

29 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމެރިކާ

22 February 2024

ތި އުޅަނދުގަ ހުންނާނެ އެތާ އޮވެގެންވެސް ރާއްޖޭގެ ވަރަށް ބޮޑުބައެއް ކަވަރު ކުރެވޭނެ ސާމާނު. ލަންކާގެ ހަމްބަންތޯޓާ ބަނދަރަށް ނުވެއްދީ ކޮންމެސް ސަބަބަކާހެދި. އުޅަނދަށް ބޭނުންވާ ސާމާނު ރާއްޖެއިން ނޫންތާކުން ނުލިބުނީތަ؟ އިންޑޮނޭސިޔާން ނުލިބުނު ކީންޗެއްބާ ރާއްޖެއިން ތި ހޯދަނީ؟

The name is already taken The name is available. Register?

އަލިމަނިކުފާނު

22 February 2024

އަސްތާ ތިޔަޖެހުނީ ބޮޑުކަމަކާ. ދެން ހީވާނީ ބަޔަކު ދެލޮލަށް ހިކިމިރުސް އެޅިގެން އުޅޭހެން. ޔަގީނޭ ހަމަނިދިވެސް ނުނިދޭނެކަން. ނިދީގައިވެސް ގޮވެނީ ޗައިނާ ބޯޓޭ ޗައިނާ ބޯޓޭ ޗައިނާ ބޯޓޭ

The name is already taken The name is available. Register?

ބޫލުބުލީ ބުލައްޔާ

22 February 2024

ބުރިޓިޝް މީހުން އިންޑިޔާއަށް ހެދިގޮތައް އިންޑިޔާއިން ރާއްޖެޔާއި ދެޭތެރޭ ކަންތައް ކުރަނީ ބުލީ ކުރަނީ (ހާރުވަނީ). މީ ސައިކޮލޮޖިކަލް ގޮތުންވާ ކަމެއް އިންސާނުންނަށް.

The name is already taken The name is available. Register?

ސުބޭބު

22 February 2024

ދެން އިންޑިޔާ އެކަނިތަ މިގައުމުގެ އެނބުރި ނަގަންވީ

The name is already taken The name is available. Register?

ބުރުގާ

22 February 2024

އާދޭ އާދޭ! ޗައިނާ އާދޭ! "ޖެހިލުންނުވެ އެކަނިވެސް އާދޭ!

The name is already taken The name is available. Register?

ލައުރާ

22 February 2024

ތޭންކިޔޫ ފޯ ދަ ޗައިނާ

The name is already taken The name is available. Register?

ބޮލާލު

22 February 2024

އިންޑިއާގެ ކަމަކީ ނަފުރަތު އުފައްދާ މިސަރަހައްދުގެ ގައުމުތައް އެއްބަޔަކު އަނެއްބަޔަކު ޖައްސުވާ ތޯޅުވާ ގައުތަކުގެ ކަންކަމަށް ނުފޫޒު ފޯރުވާ އިންޑިއާގެ މައްޗަށް އިގުތިސާދީ ހުރިހައި ކަމަކަށް ބަރޯސާ ކުރުވައިގެން ގައުމުތައް ހިންދެމި ލެވުނަ ނުދީ މުޅި އިގުތިސާދު އިންޑިއާ އަށް ޑައިވާޓް ކޮށްގެން އޮބިއަޅައިގެން ދާއިމަށް ގެންގުޅުން. ނަމަވެސް ގައުތައް މިހާރު ބޭނުންވަނީ އެކަން ނިމުމަކަށް ގެނަސް އެންމެން ގުޅިގެން ތަރައްގީއާއި ވިޔަފާރީގައި ކުރިއަށްދާން.

The name is already taken The name is available. Register?

ލިޓިލްކިންގް

22 February 2024

މިސަރަހައްދުގެ ގައުމުތަކާއި ބެހި ބުލީ ކުރާކަށް އިންޑިއާ މިސަރަހައްދުގައި އޮންނާނެ ކަމެއްނެތް. ޢިންޑިއާ ދާންވީ ބުރިޓިޝް އޮތް ސަރަހައްދަށް. ބުރިޓިޝް އަށް އެނގޭނެ އިންޑިއާ ހަމަމަގަށް އަޅުވަން.

The name is already taken The name is available. Register?

ބޮކި

22 February 2024

އިންޑިއާ ނޭވީގެ ރިސާރޗް އުޅަނދެއް މިރާއްޖޭގެ ކަނޑުތަކުގައި ނިމިދިޔަ ސަރުކާރުގެ 5 އަހަރު ދައުރު ނިމެންދެން އުޅުނުއިރު ކަލޭމެން އުޅުނީ ފަޔަށްހިނިއަރައިގެން މިހާރު ޗައިނާ ރިސާރޗް އޯކޭދޯ.....

The name is already taken The name is available. Register?

ވިޔާ

22 February 2024

އިންޑިޔާހެން މުޅި ރާއްޖޭގެ ކަނޑުގެ އަޑި ކުރަހާ މެޕް ކުރާކައް ނޫން ޗައިނާ އުޅަދު އައީކީ އަދި ސަރުކާރުން ވެސް ވަނީ ޔަގީންކަންދީފަ. އެ އުޅަދު ދާނީ ދާގޮތައް އޭގެ މަންޒިލައް. އަދި އިންޑިޔާ އިން ކިތަންމެ ވަރަކައް ބެލިޔަސް ވާނެ ކަމެއް ނޯންނާނެ. އެއްވެސް ކަމެއް ކުރަން އައި އެއްޗެއް ނޫން ވިއްޔަ

The name is already taken The name is available. Register?

އުމަރުބެ ބަނޑދ

22 February 2024

ދަރީންނޭ ގައުމެނެތް .......... ރަސްމާލެ އަދި ހުޅުމާލޭން 70 ހެކުޓަރު ލަންކާމީހުންނައް ، ތިނަދޫ އެއަޕޯޓު އަޅާތީ 12 ފަޅުރައް އެކުންފުންޔާށް، ވިލިދިލީ އެއަޕޯޓް އަލާތީ 17 ފަޅުރައް އެމީހުންނައް ، ކަނޑު ޗައިނާމީހުންނައް ، ދެން ދިވެހިންނައްއޮތީ ކޯޗެއްބާ///؟؟؟

The name is already taken The name is available. Register?

ނިއުޓް

22 February 2024

ގައުމިއްޔަތު

The name is already taken The name is available. Register?

ލޯޖެހި

22 February 2024

ތި ހުރިހާ ތަނެެއް ވެސްދިނީ 50 އަހަރައް ރިޒޯޓް ތައް ދޭ އުސޫލުން. ރިޒޯޓްތައް ވެސްދީފަ ހުންނަނީ 99 އަހަރައް ކުއްޔައް. ރިޒޯޓް ހަދައިގެން ވާނެ ގެއްލު މެއް ނޯންނާނެ އެހެން ނޫނީ ބޮޑެތި ލޯނުނަގަން ޖެހޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454