ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށް ދިން އިންޒާރު --
23 ފެބުރުއަރީ 2024 - 21:32
ރާއްޖޭގެ ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް ބަޔަކު ހެކްކޮށް، އިންޑިއާގެ ލޯގޯއެއް ޖަހައި އިންޒާރު ދީފި އެވެ.
ގާނޫނު ތަންފީޒު ކުރާ ގިނަ އިދާރާތަކެއްގެ ބެލެނިވެރިފަރާތް ކަމުގައިވާ ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފައިވަނީ، އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދެވެ. އެ ވެބްސައިޓް އަނބުރާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އަދިވެސް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށް ބުނެ ހެކްކަރުން އިންޒާރު ވެސް ދީފައިވެ އެވެ.
މީގެކުރިން ވެސް ސަރުކާރުގެ ބައެއް ވެބްސައިޓްތައް އިންޑިއާގެ ހެކަރުން ކަމަށް ބުނެ ހެކް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ވެބްސައިޓް ވެސް ހިމެނެ އެވެ.
މިކަން ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވި މައްސަލާގަ އެވެ.
އެކަމުގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި މި ފެށުނު އަރާރުމާ އެކު ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތަކަށް ވެސް ސައިބަ ހަމަލާތަކެއް ދިނުމުން ނުވަދޭވޭ ގޮތްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
25 February 2024
އެންސީއައިޓީ ފެެއިލް..
ޤައުމީ މަސްލަޙަތު
24 February 2024
މީގެން އެނގޭހާ ކަމަކީ މިރާއްޖޭގެ ވެބްސައިޓުތަކާ އެކިއެކި އެއްޗެހީގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހިއްޖެކަން. އަދި ވަކިން ޚާއްސަކޮށް އިންޑިއާ، ނޫނީ އިންޑިއާ މީހުން ފޮނުވާ ކުންފުނިތަކަށް މިރާއްޖޭގެ ސިސްޓަމްތައް ލިމިޓުކޮށް ފާރަވެރިވާން ޖެހިއްޖެކަން.
އަހުސަން
24 February 2024
ތިބާވަތުގެކަންތައްތައް އާންމުކޮށް ކޮށްއުޅެނީ ތަނުގެތެރެއިިން· މަގުސަދަކީ ފައިސާކޮޅެއްހޯދުން·
ބުޅާގޯނި
24 February 2024
އިންޑިޔާ އަކީ ދުނިޔޭގަ ލެއްވިހާނުބައި ކަންކަން ކުރާގައުމެއް އިންޑިޔާގެ އުދަގޫ ވަރަށް ބޮޑުވެއްޖެއެވެ މަސް ދޯނިތަކަށް ވެސް އަރަނީ ނުވިތާކަށް މިސަރުކާރުގެ ގަޔަށް ބޮލަށް ވެސްއަރަނީ ރާއްޖޭގަވެސް އެބަތިބި އިންޑިޔާގެ ވެބްސައިޓް ތައް ހެކްކުރެވޭ ވަރުގެމީހުން ދިވެހިންނަކީ ތިހާ ވިޔާނުދާ ބައެއްނޫން ރާއްޖޭގެ ވެރިކަމެއް އިންޑިޔާ އަކަށް ނުލިބޭނެ މީގެޒިމްމާ ނަގަންޖެހޭނީ ރީނދޫ ބައިގަނޑު އެމީހުން ހިތްވަރު ދެނީ އިންޑިޔާއަށް ތޫޗީޒް ބަޅީހޭ މަސްތު މަސްތު
ތިވާނީ
24 February 2024
އިންޑިއާގެ އެންޓި-އިންޑިއާ ކެމްޕޭން ހަޖަމުނުކުރެވޭ ބައިގަނޑުގެ ކަމަކަށް ތިވާނީ. އެއީ ވަރަށް ޒާތެއްގެ ބައެއް. ކިރިޔާވެސް ބާރުކޮޅެއް ގެއްލޭ އިރަށް ރަތަށް އަރާނެ.
ހަސަނާ1
24 February 2024
ތެދު މައުލޫމާތު ހާމަ ކުރޭ. މޯދީ ލަކްޝަދްވީޕަށް ކޔރި ފޮޓޯއާއެކު ހިންދޫ ހައްދަފަހަނައަޅާފައިވާ ބީޖޭޕީ އެކްޓިވިސްޓަކު ރާއްޖެއަށް ޓޫރިސްޓުން ދެނެއް ނުދާނެޔޭ، ޗައިނާއާ ގުޅިގެން ކަލޭމެންނަކަށް އެއްކަމެއްނުކުރެވޭނޭ ކިޔައި ކީ ހަޑި އެއްޗެއްސަށް ދެތިން ޑެޕިއުޓީ މިނިސްޓަރުން އަދި މުޅި ގައުމީ ރައްޔިތުން ރައްދު ދޭން ފެށީ. މިކަން ފެށީ އިންޑިއާއިން. ހަގީގަތް އޮޅުވާނުލާ
ލޮލް90
25 February 2024
ޕާޓީއެއްގެ އާދައިގެ އެކްޓިވިސްޓެއް ދެއްކި ސުންޕާ ވާހަކައަކަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ރައްދު ދޭކަށް ނުޖެހޭ! ބޭއަދަބީކޮށް އެހެން ޤައުމެއްގެ އެންމެ އިސް އެކަކާ މެދު ބަސް ބުނީ ގޮސް ހަމަ ޗައިނާ ދަށުވާން. ކުޅަނދުރު ހަތައަށް އޮށްގާ އުކާ ކަހަލަ ގަޅިން ހަސަނުމެންތީ.
ލަދުމާ
24 February 2024
ހޭނެތިގެން މީހަކު ނުވެއްޓުނިއްޔާ ރަނގަޅެއްނޫން. އިންޑިއާ ފުރައްސާރައަކުން ރާއްޖޭގެ ހޯމް މިނިސްޓްރީ ސައިޓް ވެސް ސަލާމަތް ނުވޭ އެކަމަކު މި ހަބަރުގެ ވައަތްފަރާތުން ތިރިއަށް ބަރިބަރިއަށް އިނޑިއާގެ ބޮލީވުޑް ހަބަރު.
އިބްރާ1
24 February 2024
އަމިއްލައަށް ވެބްސައިޓްގެ ޑައުންކޯށްލާފަ އިންޑިއާމީހުން ބޮލޮގަ އަޅުވަނީ. ތީ ނަފުރަތު އުފައްދަން ކުޅޭ ޑްރާމާއެއް. ކާކު ހެކްކޮށްފަ ހެކްކުރީ ތިމަންނައޭބުނާނީ. ފޭކްނުޖައްސާ ރީތިކޮށް ގޭމްކުޅެލަބަލަ.
ކޮރަލް
24 February 2024
އިންޑިޔާ އަށް ދޭން ނުޖެހޭ މައުލޫމާތު ތަކެއް ވަނީ ދެވިފަ އެވެ. ކޮންމެ ބަޔަލު ސަރުކާރު ހިންގަން އަޔަސް ގައުމީ ސަލާމަތައް ނުރައްކާ ވާ ފަދަ އޮފީސް ތަކުގެ މައުލޫމާތު ދޭކަށް ނުވާނެ އެވެ. އަދި ގައުމީ ސަލާމަތައް ނުރައްކާ ވާފަދަ ބިމެއް ނުވަތަ ސަރުކާރުގެ އިމާ ރާތެއް ކުއްޔަށް ވިއަސް ދޭކަށް ނުވާނެ އެވެ.
ހަހަ
24 February 2024
މަށަކަށް ނުފެނޭ ސަރުކާރު އެއްވެސް ވަރަކަށް މީން ކަމެއް ކުއްވެރިކޮށް އަޅާލާތަނެއް. ބޯޓުތަކަށް އެރީމަވެސް ހަމަ ހައްޕު. މަތިން އިންޑިއާ އައުޓް. އަޑިން ފްރެންޑްސް.