ކުދިންތަކެއް ރާޅާ އަޅަން ތައްޔާރުވެފައި: ރައީސް ވިދާޅުވި ގޮތަށް ސާފު ބޯޑު އުފުލުމަށް ނަގާ ފީ ވަނީ ކުޑަކޮށްފައި.
25 ފެބުރުއަރީ 2024 - 22:07
ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސާފު ބޯޑު މޯލްޑިވިއަން އެއާލައިނަށް އެރުވުމަށް ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވައުދުވެވަޑައިގެންނެވި ގޮތަށް އޭގެ ފީ އެ އެއާލައިނުން ކުޑަކޮށްދީފި އެވެ.
ސާފިން ބޯޑު ގެނައުމަށް ނަގާ ފީ ކުޑަކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދުނީ "ރައީސްގެ ޖަވާބު" ސިިލްސިލާގައި ގދ. ގައްދޫ، އަހުމަދު ރަޝީދެވެ.
މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ގދ. ގައްދު އަށް ކުރެއްވި ދަތުރުފުޅުގައި އަހުމަދު ރަޝީދުގެ ކަންބޮޑުވުމަކީ، ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމުގެ ތެރެއިން ކުރަމުން އަންނަ ކަމަކަށް ވިޔަސް ސާފު ބޯޑު އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބޮޑު ފީއެއް ނަގާ މައްސަލަ އެވެ. އެހެންވެ، އޭގެ ދަތިތައް ކުރިމަތިވާ ކަމަށް އޭނާގެ ސުވާލުގައި ފާހަގަކުރި އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ސާފު ބޯޑު އުފުލުމަށް މޯލްޑިވިއަން އެއާލައިނުން ނަގާ ފީ ބޮޑުކަމަށް އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެކަމުގެ މަޝްވަރާކުރައްވައި ވީހާ ވެސް ލުއި ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
އޭގެ ހަތަރު ދުވަސް ފަހުން އެ އެއާލައިނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސާފު ބޯޑު އުފުލުމަށް ނަގާ ފީ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އޭގައިވާ ގޮތުން އެންމެ ބޮޑު ސައިޒުގެ ގޮތުގައި ހިމެނޭ 86 އިންޗި އަދި ފުޅާމިނުގައި 24 އިންޗި އާއި އުސްމިނުގައި 6-10 އިންޗި ހުންނަ ސާފު ބޯޑުން ނަގާ ފީގެ އަގުން ވަނީ 33 ޕަސެންޓަށް ދަށްކޮށްފަ އެވެ.
Surf into our Revamped New Surfbag Categories with price reductions. Catch the latest updates #Maldivian #Surfbag #New Category pic.twitter.com/MUZMFY8XNL
— MaldivianAero (@MaldivianAero) February 25, 2024
އަދި ކުޑަ ސާފު ބޯޑުގެ ގޮތުގައި ބަލާ، ދިގު މިނުގައި 86 އިންޗި އާއި ފުޅާމިނުގައި 24 އިންޗި އަދި އުސްމިނުގައި ފަސް އިންޗިއަށް އަށް ވުރެ ކުޑަ ސާފު ބޯޑުން ނަގާ ފީ 66 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 21, 2024
21 ފެބްރުވަރީ 2024
ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު، ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ކަނދު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށް ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/2n2bcgUhx4
'ރައީސްގެ ޖަވާބު' އަކީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ޕްރޮގްރާމެކެވެ. ރައީސް އޮފީހުގެ އެ ޕްރޮގްރާމު، ކޮންމެ ދުވަހަކު ވެސް ހިންގަ އެވެ. މިހާރު ވަނީ ރައްޔިތުން ބޭނުންވާ ހިޔާލާއި ޝަކުވާ އަދި ސުވާލުތައް ސީދާ ރައީސަށް ހުށަހެޅޭ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ގެ ނަމުގައި ވެސް އިފުތިތާހުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭެިފިރަަ
26 February 2024
ކޮއްމެވެސް ކުއްޖަކު އެދިބަލަ ފުލައިޓުން ދާ އިންސާނުންގެ އަގު ހެޔޮ ކޮއްދޭން
ފަހުދު.
26 February 2024
މަ ހައްޕު
ހުސެން ވަހީދު
26 February 2024
މިސަރުކާރުން މިހާރުވެސް ކުޅިވަރުތަކަށް މާ ބޮޑަށް އަހައްމިއްޔަތު ދީފި.
އަބްދުﷲ މަޝްއޫދު
26 February 2024
މުއިއްޒް ވަރެއް ނެތް. އަހަރުމެން ސާފް ކުރާ ކުދިންނަށް ބޮޑު ހަދިޔާއެއް ތިދެއްވީ
އަދުހަމްް
26 February 2024
ރައީސް މުއިއްޒުގެ ސްޕީޑް ހަމަ ހަބޭސްް
އަލިފުޅު3
26 February 2024
މޯލްޑިވިއަން ކޮންމެ ފުލައިޓެއްގަ 'ރައީސް ޔާމީނު' ޖަހާފަ ހުސްގޮނޑިއެއް ބައިންދަން ފެނޭ.
އަހްމަދ
26 February 2024
ދިވެހި ރައްޔިތުންނަށް ވުރެ ސާފް ބޯޑު އުފުލާ އަގު ކުޑަކުރުންތޯ މުއިއްޒުއަށް މުހިންމުވީ؟
ތެފައާސާ.
26 February 2024
ޝުކުރިއްޔާ ރައީސް. މިފަދަ ބޮޑެތި އަދި އާންމު ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު ފަސޭހައާއި ކުރިއެރުން އަންނަފަދަ ވައުދުތައް ފުއްދުމަށް ރައީސް ތިޔަދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން ފާހަގަކޮށް އިޚުލާސްތެރި ޝުކުރު ބަރުތީލަކުރަން!!
އޮނަރަބްލް އަފީފު ދީދީ
26 February 2024
ދައުލަތުގެ ވިޔަފާރި ކުންފުންޏަކުންނތިގޮތަށް "ރައީސް ވިދާޅުވެގެން" ކަންކުރާނަމަ ކުންފުނީގައި ބޯޑެއް އަދި މެނޭޖްމަންޓެއް އޮތުމުގެ ބޭނުމެއްނެތް. # ތިއީ ތިކަންހިގާގޮތްނަމަ "ސްރީލަންކަން އިން އައްޑުއަށް އަންނަ ގެސްޓްމީހާ ހުވަދޫއަށް ދިއުމަށް ބޭނުންވާ ކެނެކްޓިވިޓީ ނުދިނުމާއި، ޔޯރޮޕުން ކ.މާލެއަށް އަންނަ ގެސްޓްމީހާ މާލެއަންނަ ޓިކެޓްގެ އަގަށްވުރެން ބޮޑުއަގެއް އައްޑުއަށް ދިއުމަށް މޯލްޑިވިއަން އިން ނަގަނީވެސް ރައީސް ވިދާޅުވެގެން" ކަން އެބައިގޭ.
މޮޔަފީފު ދީދީ
26 February 2024
އަފިފޫ، ކަލޭ ބޮލުގެ މައްސަލަ އެބައުޅެއޭ! ތިދަމާ ފަތިވަރު ހުއްޓާލާފަ ދިރިއުޅުމަށް މަސައްކަތެއް ކޮށްބަލާށޭ!
ޝަރީފާއްތަަ
26 February 2024
ވައުދެއް ފުއްދުނީ ދެއްތޯ. ހަދަ ޓޯއީއޭ... މީހަކު މޮޔަވެދާނެ.