ފްލެޓްތަކުގެ މައްސަލާގައި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް، ބޭއްވި ބައްދަލުވުމެއް.-- ފޮޓޯ: ފަޔާޒް މުސާ / މިހާރު
28 ފެބުރުއަރީ 2024 - 12:33
ކުރީގެ ސަރުކާރުން ޝަރުތުހަމަނުވާ މީހުންނަށް 4،000 ފްލެޓް ނުހައްގުން ދޫކުރި ކަމަށް ބުނާ މައްސަލާގައި މުއައްސަސާތައް ހާޒިރުކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓުގައިވާ 60 ޕަސެންޓަކީ ނުހައްގުން ފްލެޓް ލިބުނު މީހުން ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނު (އޭސީސީ) ގެ ތަހުގީގުން ދައްކަ އެވެ. އެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ.
އެ މައްސަލާގައި އާންމު ފަރާތަކުން ފޮނުވި ސިޓީއަކާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލަ ބަލަމުން އަންނައިރު އިއްޔެ އިއްޔެގެ އަޑު އެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
ކޮމިޓީގެ އެޖެންޑާގައިވާ ގޮތުން މިއަދު އޮތީ ފްލެޓުގެ ކަންކަން ކުރިއަށް ގެންދިޔަ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެއީ އޭސީސީ އާއި ހައުސިން މިނިސްޓްރީ އަދި ކުރީގެ ހައުސިން މިނިސްޓްްރީގެ ބޭފުޅުންނެވެ.
އެ ބައްދަލުވުން ސިއްރުކުރިއިރު މީގެ ކުރިން ބައްދަލުވުންތައް ބޭއްވީ ލައިވްކޮށްގެންނެވެ.
މި މަހުގެ 12ގައި އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ބައެއް މީހުންގެ ޝަރުތު ހަމަނުވަނީސް އެ މީހުންނަށް ފްލެޓް ދީފައިވާ ކަމަށް ކަނޑައެޅި ގޮތް ސާފުކޮށްދޭން ވެސް އޭސީސީގައި އެދިފަ އެވެ. އަދި މައްސަލަ ނެތް މީހުންގެ ލިސްޓު ދިނުމަށް ވެސް އެ ކޮމިޓީން ފާސްކުރި އެވެ.
އެގޮތަށް ފާސްކުރަން ޖެހުނީ އެ ލިސްޓު ދޭން އެންގުމުން އޭސީސީން ފޮނުވި ލިސްޓުގައި ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއްކަން ވެސް ސާފުވާން ނެތިގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހަދާ 4000 ފްލެޓްއާ ގުޅިގެން އޭސީސީއަށް އެކަނި ވެސް 300 ޝަކުވާ ހުށަހެޅި އެވެ. އެހެންވެ، ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވާ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރުމާ އެކު ހަމަ އެ ދުވަހު އޭސީސީން ވަނީ ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވައިފަ އެވެ.
އޭސީސީގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓަށް ހުށަހަޅާފައިވާ 4،048 ފޯމެއް ބެލިއިރު އޭގެ ތެރެއިން 60 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވަނީސް، ފްލެޓް ދީފައިވެ އެވެ.
އެ މައްސަލާގައި އޭސީސީން ވެސް ލަފާ ދީފައި އޮތީ މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރާށެވެ. އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ޕޯޓަލްގެ އެކްސެސް ލިބުމާ އެކު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ބާކީ ތިބި މީހުންނާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮކުން
28 February 2024
އޭސީސީ ގަނަތެޅުވީމަ ލިބެނީ ކޯއްޗެއް
ސޮނިކް
28 February 2024
ރައްޔަތުންގެ މިހާ ހައްސާސީ މައްސަލައެއްގައި ކޮން ސިއްރުބައްދަލުވުމެއްތޯ. މިއީ ގައުމީސަލާމަތާއިބެހޭކަމެއްނޫނޭ. މިކަމުގައި އަކުރުން އަކުރައް އެބައެގެންޖެހެޔޭ ރައްޔަތުމީހާއަށް މިވެގެންއުޅެނީކީއްކަން. ބިންވެރިޔާ ސްކީމްގެ 9000 ގޯތި އޯކޭ. ދެކޮޓަރި އޯކޭ. ތިނެއްވީމަ އޯކޭނުވިސަބަބު ކީއްވެ ސިރިޔާތުގަ އެވާހަކަ. މިއުޅެނީ މުއިޒުއަށް މާވަހަރެއް ފެނިގެންތޯ ވޯޓަށް ދުންއަޅަން. މަޖުލިސް ކީއްވެތޯ އެކްޓިވް ނުވެގެން މިއުޅެނީ. 5 އަހަރުގެ ވެރިކަން ވެރިކަމަކަށް ނުވަނީބާ
ޝައްކު
28 February 2024
ފްލެޓް ލިސްްޓްގައި ހިފައިގެން އެމްޑީޕީން ތިހާވަރަށް ތި ދަމަނީ ފްލެޓް ދިނުމުގައި އެމްޑީޕީން އުސޫލުން ބޭރުން ވަކި ބަޔަކަށް ދީފައިވާތީ އެފަދަ މީހުން ލިސްޓްން އުނިވެދާނެތީކަމަށް ވަރަށް ބޮޑަށް ބެލެވޭ. އެހެންނޫންނަމަ، މިނިވަން މުއްސަސާއަކުުން ނިންމާ ނިންމުމަށް އިހްތިރާމްކޮށް، އެފަރާތުގެ ރިކޮމެންޑޭޝަންސްތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުުރަން އެއްބާރުލުން ދީގެން ތިބެންވީނޫންތޯ؟!
ައަބަދު ލީކު
28 February 2024
އަސްލު ވީގޮތް: ފްލެޓް ޝަރުތުތައް ރައީސް ބަދަލު ކުރި. ބަދަލު ކުރަން ބުނީ އަނގަ ބަހުން. އާގަވައިދު ގެޒެޓް ނުކޮށް އޮތީ. ފްލެޓް ދީފަހުރީ ރައީސް ފަހުން ކަނޑައެޅި ގޮތައް.
އޮނަރަބްލް އަފީފު ދީދީ
28 February 2024
ރާއްޖެބައިވެރިވެފައިވާ އިންސާނީ އަސާސީޙައްޤުކަށަވަރުކޮށްދޭ ބައިނަލްއަޤުވާމީ އެތައްމުޢާހަދާއާއި، ދައުލަތުގެ ޤާނޫނުއަސާސީއާއި އާއި ޤާނޫނުތަކާއި ޙިލާފަށް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެތެރެއިން" އިބްރާހިމްގެ މުޅިސަރުކާރު ބައިވެެރިވެގެންހިންގާފައިވާ "ނުޙައްޤު އަމަލެއް" ތަންފީޒު ކުރާން މަޖިލީހުގެތެރެއިން މިވަރަށް ބާރުއަޅާން މިޖެހެނީކީއްވެ!؟ ސަރުކާރާއި، އޭސީސީ އަދި ހިއުމަންރައިޓްސް ކޮމިޝަންގެ ޒިންމާތަކަށް މިގޮތަށް މަޖިލިސްވަދެގަތުން ރަނގަޅެއްނޫން.
އޮނަރަބްލް އަފީފު ދީދީ
28 February 2024
އާސަންދަފަދަ އެންމެހާދިވެހިންނަށް އެހިދުމަތްބޭނުންކުރާން ފުރުސަތުއޮތް އަސާސީހިދުމަތް ހޯދާފަރާތްތަކުގެ މައުލޫމާތު އާންމުނުކުރިކަމުގައިވިޔަސް ދައުލަތްދަރަނިކޮށް އެތައްހާސްމިލިޔަން ރުފިޔާނަގައިގެން "ދައުލަތުންހިންގާ ސޯޝަލްހައުސިންގ ސްކީމްތަކުން ފުލެޓްލިބޭފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަކީ އެމީހުންގެ ޒާތީ މައުލޫމާތު އާންމުކުރުމުގެ ބޭނުމަށްވުރެންބޮޑަށް ފުލެޓްވައްކަން ހުއްޓުވުމަށްޓަކާ ކުރާންޖެހޭކަމަކަށް ވާތީ" މިކަން ކުރަން ސަރުކާރުން ނިންމާންޖެހޭ.
މިނިވަން މުވައްސަސާ
28 February 2024
މިނިވަން މުވައްސަސާ މި ބުނާ ބަހުގެ މާނަ ފުރަތަމަ އެނގެން އެބަޖެހޭ. މިނިވަން މުވައްސަސާއަކަށް ސަރުކާރުގެ މިނިސްޓްރީއެއްގެ މުވައްޒަފުން ހާޒިރު ކުރެވޭނަމަ އެ ތަން ނުވާނެ މިނިވަން މުވައްސަސާއާބެހޭ ތަނަކަށް. އެތަން ވާނީ އޮތިއްޔާ އޮތްހައި ތަނަކާ ބެހޭ ތަނަކަށް. ހަމަ ގައިމުވެސް މިނިސްޓްރީތަކަކީ މިނިވަން މުވައްސަސާތަކެއް ނޫން.
ގަމާރުން
28 February 2024
ގަމާރުންނަކަށް ނޭނގޭނެ، މިނިވަން މުވައްސަސާގެ މާނައެއް. އެހެންވީމާ، އަނގަ މަޑުން ލައިގެން ހުރިއްޔާ މީހާގެ ގަމާރުކަން އެހެން މީހުންނަށް ބޭޒާރުނުވެ އޮންނާނީ.
ދަރެސް
28 February 2024
މަޖިލިހުން މަސައްކަތް އެ ކުރަނީ ލިސްޓްތައް ހޯދައި އެއަށް ނުފޫޒު ފޯރުވަން. މި ވީހާތަނަށް މަޖިލީހަށް ދިން ހުރިހާ ލިޔުމެއް ހުރީ ލީކް ކޮށްލާފަ. ޢެސެްޓް ރިކަވަރީ ކޮމިޝަނުން ދިން އެމްއެމްމޕީއާރސީ ލިސްޓް، މަރު ކޮމިޝަނުން ދިން ތަހްޤީޤު ރިޕޯޓް ލީކުކޮށްލި. ހިނގަަމުންދާ ތަހްޤީޤެއްގެ ލިސްޓް ދޭކަށް ނުޖެހޭ.
ސިއްރުސިއްރުން
28 February 2024
ރައްޔިތުންނާއި ގުޅިފައިހުރި މިފަދަ ބޮޑެތި ކަންތައްތައް ސިއްރުނުކުރެވޭނެ.