ސައިކަލެއް ވޭނަކަށް އަރާ ވަރަށް ބޮޑަށް ސައިކަލަށް ގެއްލުންވެފައި. އެ ސައިކަލު ދުއްވަން އިން މީހާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން.
04 މާޗް 2024 - 09:07
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައި ވާއިރު ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
މި އެކްސިޑެންޓުވެފައި ވަނިކޮށް ފެނުނީ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލު ގޮސް ޖެހުނު ބާރުމިނުގައި އޭގެ ބައިތައް ވަކިވެ އޮތީ ފުނޑުފުނޑު ވެފަ އެވެ. އަދި ސައިކަލު ގޮސް ޖެހުނު ވޭނުގެ ފަހަތް ވެސް އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.
މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 March 2024
މަޑުން ދުއްވާ ބަޔަކު ހުއްޓުވާ ބާރަށް ދުއްވާ ބަޔަކު ނުހުއްޓުވާ ބަޔަކު އުޅޭނެ އެވެ.
ޙައވާ
04 March 2024
ވ ބާރަށް ދުއްވުނީކަންނޭގެ، ވޭން އޮތަންވެސް ބަލަންޖެހޭ، 4 ފުރޮޅީ އުޅަނދުތައް ޕާކް ކުރުން....
ސުޖީތު
04 March 2024
ތި ވޭނުގަ ދަންމަރެއް ކަހަލަ އެއްޗެއް ދިއްލާފަ ހުރި ނަމަ ދަންވަރު ތިކަހަލަ އެކްސިޑެންޓު ނުހިނގާނެ
ސަލީމު އިދުރީސް
04 March 2024
ދަންމަރެއް ނޫން ބިގަރެއް ދިއްލިއަސް ފެންނާނީ ހަމަ ހޭގަ ހުރެގެން! ފާކުކޮއްފަ ހުންނަ ވެހިކަލަކީ އެއްޗެއް ދިއްލަން ޖެހޭއެއްޗެއްނޫން! މަޑު ކުރުމާ ޕާކުރުމާ އެއީ ދެކަމެއް! ވޭނުގެ ވެރިފާތައް ބަދަލު ލިބެންޖެހޭނެ!
ޢެޑްމުންޑޯ
04 March 2024
ދަންވަރު 2:30 ގައި ބާރުސްޕީޑްގައި 19 އަހަރު ޒުވާނަކު ޕާކްކޮއްފައި އޮތްވޭނެއްގައި ޖެހި އެކްސިޑެންޓް ވީމާ ދެން އިތުރު ތަފްސީލް ބޭނުމެއްނުވޭ ،
ހޮޓްކިންގ
04 March 2024
ތިމަގުގާ އިތުރު އެޖްސިޑެންޑްވެ މީހަކު މަރުވެސް ވެދާނެ. އެހާވެސް އަނދިރި. މީހުން އާބާދުވިޔަސް މީހުން ހިނގާ މަގުތައް އަދިވެސް ދިއްލާ ނުލާ.
ހަސަނު
04 March 2024
ތަންކޮޅެއް ބާރަށް ދުއްވުނީ ދޯ...
ބަލަންތިބޭ
04 March 2024
ޒުވާނުންނަށް ބަލާއިރު ، އަނެއް ހެން ބާރެއް ނޫން....
ރަސްހޮޅި
04 March 2024
ތިޔަވާނީ ކޮންމެވެސްް "ފުޓުބޯޅަ ކުލަބެއް"ގެ ސޮރަކަށް! އެހެންވީމާ ދައުލަތުގެ ހަރަދުން ބޭސްކޮށްދީފަ ދައުލަތުން އޭނާއަށް އާ ސައިކަލެއް ގަނެދޭންޖެހޭނެ.
ހަސަންރަހާ
04 March 2024
ވޭން ގެ ވެރިފަރާތުނެ ގެއްލުމުގެ ބަދަލަށްވެސް 2، 3 މިލިއަން ރުފިޔާ ވަރު ދޭން ޖެހޭނެ!
ހަޖަމްޖަރީ
04 March 2024
ތިޔަ ވޭނުގަ ޖެހޮފަ މައިތިރިވިކަން ރަނގަޅުތާ. އެހެން މީހަން ސަލާމަތް ވިކަން ނަސީބެއްނު
ތައް ފަސްފަހެތިން ޑަފައި
04 March 2024
މަޑުން ދުއްވަބަލ ޕްލީޒް. ހެޔޮނުވާނެ.
ޕާކު
04 March 2024
ޕާކުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ހުޅުމާލޭގައި ފްލެޓްތަކުގެ މެދުގައި ހެދި ޕާކުގައި މިހާރު މަގުމައްޗަށްވުރެ ގިނަ ސައިކަލް އެބަދުއްވާ. ދުއްވަނީ ވަކި ފެންވަރެއްގެ ވަކި ގިންތިއެއްގެ ބައެއް ނޫން، އަނގައިން ތަރައްގީވެފައި ކަމަށް ދައުވާކުރާ މަތިމައްޗަށް ކުލަ އުނގުޅައިގެން ތިބޭ މީހުންނާއި، ކުލަކުލައިގެ ޔުނީފޯމު އަޅައިގެން ތިބި މީހުންނާއި، ސަލާމަތީ ކަންކަން ބަލާ މީހުން. ދުނިޔޭގެ ކޮންތަނެއްގައިތަ މީހުން އެއްވާ ޕާކުތަކުގައި އިންޖީނުލީ އުޅަނދު ދުއްވަނީ؟
ޒިބްރާ
04 March 2024
މީ މޯޑީސް ތަފާތުވާނެ ދުނިޔޭގެ ކޮންތާކުބާ ފޯނުބޭނުންކުރަމުން މަޑުމަޑުން ޒިބްރާކްރޮސް ހުރަސްކުރަނީ
ކަލޯގަޔާ!
04 March 2024
ތިބުނި ގޮތަށް ދުއްވާތަން ވީޑިއޯކޮށް ފުލުހަށް ރިޕޯރޓް ކުރޭ، ނުވަތަ ސޯޝަލް މީޑިއާ އަށް ލާށެވެ! އޭރުން ގައިމުވެސް އެކަން ހުއްޓުވަން ތިބާއަށް ކުރެވެން އޮތް ކަންތައް ކުރެވުނު ކަމުގެ ހިތްހަމަޖެހުން އިޙުސާސް ކުރެވޭނެ އެވެ.